މިއަދަކީ މަސައްކަތްތެރިންގެ ހައްގުތައް ދިފާއު ކުރަން އަޒުމް ކަނޑައަޅަން ލިބޭ ފުރުސަތެއް: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވަނީ -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވަނީ -- ފޮޓޯ: އެމްޑީޕީ

މެއި ޑޭ އަކީ މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ތެދުވުމަށް އަޒުމު ކަނޑައަޅަން ލިބޭ ފުރުސަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ހުރިހާ މަސައްކަތްތެރިންނަށް މެއި ޑޭ ގެ ތަހުނިޔާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް ކުރީގައި އޮތް ނުރައްކާތެރި މާހައުލުގެ ތެރެއިން ކުރެވުނު މަސައްކަތްތައް މިއަދު ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބުތައް ވެސް މިއަދު ހަނދާން އައު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"[މެއި ޑޭ އަކީ މަސައްކަތްތެރިންގެ] އެ ހައްގުތައް ސަރުކާރު އިސްވެ ހަނިކުރަމުންދާ ދަނޑިވަޅެއްގައި، އެ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތް ކުރުމުގެ އަޒުމު ކަނޑައަޅަން ލިބޭ މުހިންމު ފުރުސަތެއް،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީ އަކީ މަސައްކަތްތެރިންގެ ވާހަކަދައްކައި އެ ހައްގުތައް ހޯދައިދިނުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ޕާޓީއެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގުތިސާދެއް ބިނާ ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި 1، އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ މަސައްކަތްތެެރިންގެ ދުވަހެވެ. މި ދުވަހާ ގުޅުވައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިން އެމީހުންގެ ހައްގުތައް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުގައި އަޑު އުފުލަ އެވެ.

އެގޮތުން މާލޭގައި ވެސް މިއަދު މަސައްކަތްތެެރިންގެ ޔޫނިއަންތަކުން ހާއްސަ ހަރަކާތެއް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox