އެންމެންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ބުނެ އައި ސަރުކާރަށް އަދި އެންމެ ފްލެޓެއްގެ ބިންގާ ވެސް ނޭޅޭ: އައްބާސް

ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް މަޖިލީހުގެ ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް މަޖިލީހުގެ ވާހަކަދައްކަވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް މި ފަސް އަހަރު ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރަށް ދެ އަހަރު ވާން ގާތްވާއިރު، އަދި އެންމެ ފްލެޓެއްގެ ބިންގާ ވެސް ނޭޅޭ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒުގެ އެ ވައުދު ފުއްދޭނެތޯ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް މިއަދު ސުވާލު އުފައްދަވައިފި އެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން އައްބާސް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް މި ވެރިކަމުގައި 85،000 އަށްވުރެ ގިނަ ފްލެޓު އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެޑައިގެންނެވި ކަމަށެވެ. އަދި ދައުރު ނިމޭއިރު ބޯހިޔާވަހިކަމަށް ޖެހިފައިވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރު ވެގެންދާއިރު، ދެ އަހަރާ ކައިރި ކުރަމުންދާއިރު، އަދި އެންމެ ފްލެޓެއްގެ ބިންގާ ވެސް އެޅިފައި އިން ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" އައްބާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއުއެއްގެ އަމަލީ މަސައްކަތް މި ސަރުކާރުން އަދި ނުފަށާއިރު، މިދިޔަ ސަރުކާރުން ދޫކުރި 4000 ފްލެޓު ވެސް މި ސަރުކާރުން އުޅެނީ ސިޔާސީ ކަމަކަށް ހަދައިގެން ކަމަށެވެ.

"އެންމެ ކުޑަވެގެން ނިމިދިޔަ ސަރުކާރުން 4000 ފްލެޓެއްގެ ކަންތައް އެއީ ސިޔާސީ ކަމަކަށް ހަދައިގެން ގޮސް ހައްގުވެެރިންނަށް ނުލިބި، ހައްގު ނޫން މީހުންނަށް ލިބި، މިއަދާ ހަމައަށް ވެސް ލިބެނީ ކޮން ބަޔަކަށް ކަން ނުލިބެނީ ކޮން ބަޔަކަށް ކަން، ލިބެނީ ކޮން ދުވަހެއްގައި ކަން، ނިމެނީ ކޮން ދުވަހެއްގައި ކަން މިއަދާ ހަމައަށް ވެސް އަދި ނޭނގޭ،" އައްބާސް ވިދާޅުވި އެވެ.

"ސުވާލަކީ އެ ވިދާޅުވާ 85،000 ފްލެޓު ރައްޔިތުންނަށް ފެންނާނެތޯ،"

އައްބާސްގެ މި ސުވާލަށް ހައުސިން މިނިސްޓަރު އަބްދުالله މުއްތޮލިބު ޖަވާބެއް ނުދެއްވަ އެވެ. ސަބަބެއް ކަމަށް ވިދާޅުވި މިއަދު ސުވާލުކުރަން ހުށަހެޅުނު ދާއިރާގެ ތެރެއަށް ނުފެތުމެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލު ކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދެވެ. އެގޮތުން ބޯހިޔާވަހިކަމަށް ޖެހިފައި ތިބި ހުރިހާ އެންމެންނަށް މި ވެރިކަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

އެކަމަށްޓަކައި ބޯހިޔަވަހިކަަމަށް އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަދި ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް، 65،000 ގެދޮރު ޔަގީންވާނެގޮތަށް، ގައުމީ ތަރައްގީގެ މައި ތަނބުގެ ގޮތުގައި ގްރޭޓާ މާލޭ ސަރަހައްދު އިތުރަށް ތަރައްގީކުރަން ވައުދުވެ ވަޑައިގެން އެ ގޯތި ތަކުގައި ރައްޔިތު މީހާ ބޭނުންވާ ޑިޒައިނަކަށް، އަދި އުސްމިނަކަށް ދައުލަތުގެ ހަރަދުގައި ގެ އަޅައިދޭނެ ކަމަށް ވެސް ރައީސް ވައުދުވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox