އެފްއޭއެމް ލީގު ކަޕް: ނިއު ރޭޑިއަންޓް ހިމެނޭހެން ފަސް ޓީމެއް ވާދަކުރާނެ

Apr 25, 2025, 3:38 AM
ނިއު ރޭޑިއަންޓުން 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއު ރޭޑިއަންޓުން 2022 ވަނަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ފުޓްބޯޅަ ސީޒަން ފެށުން އަންނަ އޮގަސްޓަށް ފަސް ވުމުން، މި އޮތް މުއްދަތުގެ ތެރޭގައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން ބާއްވާ އެފްއޭއެމް ލީގު ކަޕްގައި ނިއު ރޭޑިއަންޓް ހިމެނޭހެން ފަސް ޓީމެއް ވާދަކުރާނެ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން މި މަހަށް ކުރިން ތާވަލުކުރި ނަމަވެސް، ފީފާގެ އެންގުމުގެ ސަބަބުން އަންނަ އޮގަސްޓަށް ސީޒަން ފެށުން ފަސްކުރަން މަޖުބޫރުވި އެވެ. ޖޫން/ޖުލައި މަހު ގައުމީ ފުޓްބޯޅަ ޓީމަށް ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފައިން އޮތުމުންނާ އެކު، ފުޓްބޯޅަ ނުކުޅެ ގިނަ ދުވަސްވާތީ ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދަން، ވާދަވެރި މުބާރާތެއް ރޭވުމަށް އެފްއޭއެމުން ފީފާ އާއި ސަރުކާރާ އެކު މަޝްވަރާކޮށް، އޭގެ ފެހި ސިގްނަލް ހޯދައި، މަސައްކަތް ފެށި އެެެވެ.

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ޓާގެޓްކޮށްގެން ފުރަތަމަ މުބާރާތް އިއުލާނުކުރުމުން، ބައިވެރިވާނެ ކަމަށް އެންގީ ހަތަރު ވަރަކަށް ކްލަބަކުންނެވެ. އެއީ، ލީގު ޗެމްޕިއަންކަން އެންމެ ފަހުން ހޯދި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން، ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން، އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ އޮޑި ސްޕޯޓްސް ކްލަބުންނެވެ. މީގެ އިތުރުން، ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބައިވެރިވެވެން އޮތީ މާލީ އެހީތެރިކަމެއް އަދި ލިބިގެންކަން އެ ކްލަބުން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ. އެކަމަކު، ފަހުން، ވިކްޓަރީ މުބާރާތުގައި ބައިވެރިނުވާން ވަނީ ނިންމައިފަ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެ ވަނަ ޑިވިޝަންގެ ޓީމުތަކަށް ވެސް ދޭން އެފްއޭއެމް އިން ނިންމުމުން، އޭގެ ބޭނުންހިފައި މަހިބަދޫ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ ބައިވެރިވެފަ އެވެ. އެހެންކަމުން، އަންނަ މަހު ފަހުކޮޅު، ފަށަން ނިންމާފައިވާ އެފްއޭއެމް ލީގު ކަޕްގައި ކުޅެނީ ފަސް ޓީމެކެވެ. އެއީ، މާޒިޔާ، އޮޑި، ޓީސީ، ނިއު އަދި މަހިބަދޫ އެވެ.

މަސް ދުވަހަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ އެފްއޭއެމް ލީގު ކަޕް އަންނަ މަހު ކުރީކޮޅުގައި ފެށޭނެ ކަމަށް ބެލެވޭއިރު، މި މުބާރާތުގެ ހަރަދުތަކަށް، ފީފާ އިން ވަނީ 50،000 ޑޮލަރު (771،000 ރުފިޔާ) ދީފަ އެވެ. މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ޗެމްޕިއަން ޓީމަށް، 3000،000 ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. އަދި، ރަނަރަޕަށް 150،000 ރުފިޔާ ދޭއިރު، ފެއާޕްލޭ ޓީމަށް 50،000 ރުފިޔާ ދޭނެ އެވެ.

މީގެ އިތުރުން، މުބާރާތުގެ ގަވާއިދުގައި ހިމަނާފައިވާ ގޮތުން، މި މުބާރާތުގައި ބައިވެރިނުވާ ކްލަބެއްގެ ކުޅުންތެރިއަކަށް މުބާރާތުގައި ބައިވެރިވެފައިވާ ކްލަބަކަށް ކުޅެވޭނީ އެ ކުޅުންތެރިޔަކު ރަޖިސްޓްރީ ކޮށްފައިވާ ކްލަބުގެ ފަރާތުން މިމުބާރާތުގައި ބައިވެރިވިވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ހުއްދަ ލިޔުމުން އެފްއޭއެމް އަށް ހުށަހެޅުމުންނެވެ.

ކޮންމެ ޓީމެއްގައި ވެސް ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ހަތަރު ކުޅުންތެރިން ރަޖިސްޓްރީ ކުރެވޭނެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން އެ ކުޅުންތެރިޔާއަށް އެކުލަބެއްގެ ނަމުގައި ލިބިފައިވާ ހުއްދައިގެ ލިޔުމާއި އެކުޅުންތެރިއާގެ މެޑިކަލް ޗެކްއަޕް ރިޕޯޓް (ޕީސީއެމްއޭ)، ވޯކް ވިސާގެ ކޮޕީ މެޗުކުޅުމުގެ 24 ގަޑިއިރު ކުރިން އެފްއޭއެމް އަށް ހުށައަޅާފައިނުވާނަމަ އެ ކުޅުންތެރިންނަކީ މެޗު ކުޅުމަށް ޝަރުތު ފުރިހަމަވެފައިވާ ކުޅުންތެރިންނެއް ނޫން ކަމަށް ކަނޑައެޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox