ބީޑަބްލިއުއެފްގެ ބަހެއް ނުލިބުމުން، ބެޑްމިންޓަން އެސޯސިއޭޝަނާ މެދު ގޮތެއް ނިންމަނީ

Apr 25, 2025, 3:38 AM
ބީޑަބްލިއުއެފްގެ ބަހެއް ނުލިބުމުން، ބެޑްމިންޓަން އެސޯސިއޭޝަނާ މެދު ގޮތެއް ނިންމަނީ

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ބަހެއް ހޯދައިގެން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި އަލިމަގެއް ނުފެނި، ވަރަށް އަވަހަށް ރާއްޖޭގެ ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ކޮމީޓީގެ ދައުރު، މިދިޔަ އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. އެކަމަކު، މި ވަގުތު ވެސް ރަސްމީ ހައިސިއްޔަތުން ބެޑްމިންޓަން އެސޯސިއޭޝަނުން، އެންމެ އިސް ފަރާތެއްގެ ގޮތުގައި މުއާމަލާތު ކުރަމުން އަންނަނީ، އެ ހިންގާ ކޮމިޓީގެ ނައިބު ރައީސް އަހުމަދު ޝާކިރު މޫސާ އެވެ. ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްގެ ވެބްސައިޓް ބުނާގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ، ޝާކިރު އެވެ. އަދި، ޖެނެރަލް ސެކްރެޓަރީ އަކީ، މުހައްމަދު ނަސީރު އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލް ދަށަށް ގެންނަން ނިންމައިފަ އެވެ. އެ މައްސަލައާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ކޯޓުން ނިންމީ ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށެވެ. އެ ނިންމުން އިސްތިއުނާފުކުރަން ހައި ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހުށަހަޅައިގެން ކުރިއަށް ނުދިޔަ އެވެ. ރާއްޖޭގެ ބެޑްމިންޓަނުގެ ކުރިމަގާ ގުޅޭގޮތުން، ރާއްޖޭގެ ކުޅިވަރުގެ އިސް ފަރާތްތަކުން، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްއާ މަޝްވަރާ ކުރި ނަމަވެސް ކުރިއެރުމެއް ނުލިބުނެވެ.

"ވަރަށް ގިނަ ދުވަސްވީ ވާހަކައެއް، ވަރަށް ގިނަ ދުވަސްވީ ކަމެއް. ވަރަށް ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، ކުރިމަތިވަމުން ދިޔަ ކަމެއް،" އެއް އަހަރަށް ވުރެ ގިނަ ދުވަސް ދިގުލައި ގޮސްފައިވާ ބެޑްމިންޓަން އެސޯސިއޭޝަން މައްސަލައާ ބެހޭގޮތުން، މިނިސްޓަރު ރާފިއު (ރާއްޕެ)، މިދިިޔަ ހޯމަ ދުވަހުގެރޭ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހެޅިގެން ދިޔަ ކަމަށާއި އަދި ބެޑްމިންޓަން އެސޯސިއޭޝަނުން އެކި ކަންކަމުގައި ކޯޓަށް ގޮސް، މައްސަލަތަކެއް ވެސް ބެލިގެންދިޔަ ކަމަށެެވެ. އަދި، ހަމައެއާ އެކު، ސްޕޯޓްސް މިނިސްޓްރީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އިން އިސްނަގައިގެން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ނެޝަނަލް ސްޕޯޓްސް ކައުންސިލްއާ ވާހަކަ ދެކެވިގެން، ބީޑަބްލިއުއެފްއާ ވާހަކަ ދެކެވިގެން، ގިނަ މަޝްވަރާތަކެއް ހިނގި ކަމަށް ރާފިއު ވިދާޅުވި އެވެ.

ބީޑަބްލިއުއެފް އިން ފުރަތަަމަ އެދުނު ގޮތަށް، ތިން މެމްބަރުންގެ ކޮމިޓީއަކާ އެކު ކުރިއަށްދާން ސްޕޯޓްސް ކޮމިޝަނަރު، ތޮލާލް، ލަފާދެއްވި ކަމަށް ރާފިއު ވިދާޅުވި އެވެ.

"ދެން ބީޑަބްލިއުއެފް އިން ބުނީ ތިން މެމްބަރުންގެ ކޮމިޓީއެއް ނަގަން. އިންޓަރިމް ކޮމިޓީއެއް ނަގަން. ބީޑަބްލިއުއެފް އިން އެދުނީ މިހާރުގެ އެކްސްކޯގެ މެމްބަރަކާ އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާ ބީޑަބްލިއުއެފްގެ މެމްބަރަކާ ހުންނަން، އެކަމަކު، އެ އަށް ކޮމިޝަނާ އަށް އެއްބަހެއްނުވެވުނު، ސަބަބަކީ ސިވިލް ކޯޓުން ނިންމާފައިވަނީ މިހާރު އޮތް ހިންގާ ކޮމިޓީގެ ދައުރު ނިމިފައިވާ ކަމަށް. މައްސަލަ ވެސް ހުށަހެޅީ ބެޑްމިންޓަން އެސޯސިއޭޝަނުން، ބީޑަބްލިއުއެފް އިން ހުށަހެޅި މިހާރު އޮތް ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ ކަމަށް ކޯޓުން ކަނޑައެޅުމުން، އެ މީހުންނަށް މި ހައްގު ނުލިބޭނެ ކަމަށް ކޮމިޝަނަރު ނިންމި،" ރާފިއު ވިދާޅުވި އެވެ.

އޭގެ ފަހުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލް އަދި އޮލިމްޕިކް ކޮމިޓީ މަޝްވަރާކޮށްގެން ނިންމީ ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ދަށުން ކުރިއަށްދިއުމަށެވެ. އެކަމަކު، އެ ގޮތަށް ހުށަހެޅިގެން، ބީޑަބްލިއުއެފްގެ ޖަވާބެއް ނުލިބުނެވެ.

"މިއީ އަޅުގަނޑުމެން ވެސް ވަރަށް ކަންބޮޑުވާ ކަމެއް، މި ލީ އެފަޓް، އަޅުގަނޑުމެން މި އުޅުނީ، އިންޓަނޭޝަނަލް ބޮޑީއާ އެކު، އެ ބޭފުޅުންގެ ވެސް އިންވޯލްވްމަންޓަކާ ވެސް އެއްކޮށް އެސޯސިއޭޝަންގެ އިންތިހާބީ ކަންތައްތައް ކުރިއަށްގެންދިއުމަށްޓަކައި،" ރާފިއު ވިދާޅުވި އެވެ.

ބީޑަބްލިއުއެފް އިން ޖަވާބެއް ނުދިނުމުން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ، ރާއްޖޭގެ ގާނޫނާއި އެއްގޮތަށް ކުރިއަށްދިއުމަށް ސްޕޯޓްސް މިނިސްޓްރީގެ ލަފަޔާ އެކު ކުރިއަށްދާން ނިންމައިފަ އެވެ.

"އޮލިމްޕިކް ކޮމިޓީން ހުށަހެޅި ހުށަހެޅުން ވެސް އެ ފަސް މެމްބަރުންގެ ކޮމިޓީން އެ ބޭފުޅުންގެ ނަން އަނބުރާ ގެންނަވާފައި. އެހެންވީމަ، އަޅުގަނޑުމެންނަށް ކުރިއަށްދެވެން މި އޮތީ ހަމަ ސީދާ އަޅުގަނޑުމެންގެ ގާނޫނާއި ގަވާއިދު އޮތްގޮތުގެ މަތިން. އެ ގޮތުގެ މަތިން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން މި ވަނީ، ނެޝަނަލް ސްޕޯޓްސް ކައުންސިލްގައި އެދިފައި. ނެޝަނަލް ސްޕޯޓްސް ކައުންސިލްގެ އެޑްވައިޒް ލިބުމުން، އެކަން އެގްޒެކިއުޓް ކުރަން،" ރާފިއު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ، ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ސްޕޯޓްސް ކައުންސިލްގެ ލަފާ ލިބުމާ އެކު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި، މި މައްސަލަ ހައްލުކުރުމުގެ ފިޔަވަޅުތައް ރާއްޖޭގެ ގާނޫނާ އެއްގޮތަށް ފެށިގެންދާނެ ކަމަށެވެ.

ބެޑްމިންޓަން ކޮމިއުނިޓީގެ ގިނަ ބަަޔަކު ތުހުމަތު ކުރާ ގޮތުގައި، ބީއޭއެމްގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިދިއުމުގައި، އެސޯސިއޭޝަންގެ ރައީސްކަން އެންމެފަހުން ކުރެއްވި މޫސާ ނާޝިދު (މޫސަ)ގެ ދައުރު އެބައޮތެވެ. ތިން ދައުރު ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވި މޫސަ މަގާމުން އިސްތިއުފާދިނީ މިދިޔަ ޖުލައި މަހު އެވެ. އެއީ، މަގާމުގެ ދައުރު ހަމަވިތާ ތިން މަސް ފަހުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުރެ މޫސަ ކުރެއްވި ކަންތައްތަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ތަހުގީގު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox