ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް މީހުންނަށް އިސްކަން ދޭންޖެހޭ ގޮތަށް ބޯހިޔާވަހިކަމުގެ ބިލެއް ހުށަހަޅައިފި

Apr 22, 2025, 3:14 PM
މާލޭގެ އިމާރާތްތައް ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް: ބިލުގެ ދަށުން ބޯހިޔާވަހިކަމާ ގުޅޭ ސާވޭއަކާއި ސިޔާސަތެއް ހަދަންޖެހޭ -- ފޮޓޯ: އަދަދު ފައިލް

މާލޭގެ އިމާރާތްތައް ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް: ބިލުގެ ދަށުން ބޯހިޔާވަހިކަމާ ގުޅޭ ސާވޭއަކާއި ސިޔާސަތެއް ހަދަންޖެހޭ -- ފޮޓޯ: އަދަދު ފައިލް

ދައުލަތުން ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް މީހުންނަށް އިސްކަންދޭންޖެހޭނެ ކަމަށް ބަޔާންކޮށް "ބޯހިޔާވަހިކަމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި އެ ބިލުގެ މަގްސަދެއް ކަމަށް ބުނެފައި ވަނީ ދެފުށް ފެންނަ ޖަވާބުދާރީކުރުވަނިވި ބޯހިޔާވަހިކަމުގެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމެވެ.

އެ ބިލުގައި މަގްސަދުތަކުގެ ގޮތުގައި މުހިންމު ފަސް ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ:

Advertisement
  1. ބޯހިޔާވަހިކަން ބޭނުންވާ މީހުންނާއި އެމީހުންގެ ދިރިއުޅުމުގެ ހާލަތު ދިރާސާ ކުރުން
  2. މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ހިންގުން
  3. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާ ފަރާތްތައް ރެގިއުލޭޓް ކުރުން
  4. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްގީ ކުރާ ތަންތަނުގައި ހުންނަންޖެހޭ އަސާސީ ވަސީލަތްތަކާއި މިންގަނޑުތައް ބަޔާން ކުރުން
  5. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުގެ މަސައްކަތް ބަލައި އިހުމާލުވެއްޖެ ނަމަ ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމް ކުރުން

އެ ބިލުގައި ބުނެފައިވާ ގޮތުން ބޯހިޔާވަހިކަމާ ގުޅޭ ދިރާސާތައް ސަރުކާރުން ކުރަންޖެހެ އެވެ. އަދި ބޯހިޔާވަހިކަން ބޭނުންވާ މީހުންްގެ ދަފުތަރެއް ވެސް އެކުލަވާލަންޖެހެ އެވެ.

އޭގެ އިތުރުން އެ ބިލުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތެއް ސަރުކާރުން އެކުލަވާލަންޖެހޭނެ ކަމަށެވެ. އެ ސިޔާސަތު އެކުލަވާކަންޖެހޭނީ އަދުގެ ޖީލާއި އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ފަދަ ގޮތަކަށެވެ.

އެ ބިލުގައިވާ ގޮތުން ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެކަމަކު ސިޔާސަތު ކަނޑައަޅާއިރު، ސަރުކާރުގެ ކަމާ ބެހޭ އިދާރާގެ ލަފާ ހޯދަންޖެހެ އެވެ. އަދި އެ ސިޔާސަތު ކޮންމެ ފަސް އަހަރަކުން އެއްފަހަރު މުރާޖައު ކުރަންޖެހެ އެވެ.

ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތުގެ އިތުރުން ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖީއެއް ވެސް ބިލުގައިވާ ގޮތުން އެކުލަވާލަންޖެހެ އެވެ. އެ ސިޔާސަތު އެކުލަވާލަންޖެހޭނީ ކަމާ ބެހޭ މިނިސްޓަރެވެ. ސްޓްރެޓެޖީ އެކުލަވާލާއިރު، ބިލުގައި ކަނޑައަޅާފައިވާ މަގްސަދުތައް ހާސިލުވޭތޯ މިނިސްޓަރު ބަލަންޖެހެ އެވެ.

ބިލުގައިވާ ގޮތުން އެ ބިލަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހަދަންޖެހެ އެވެ. އެ ސާވޭ އާންމުކޮށް ޝާއިއު ކުރަން ވެސް ބިލުން ލާޒިމު ކުރެ އެވެ. އަދި ބިލުގެ ދަށުން ހަދާ ފުރަތަމަ ސާވޭއަށްފަހު ކޮންމެ 10 އަހަރަކުން އެއް ފަހަރު އެ ސާވޭ ހަދަންޖެހެ އެވެ.

ސާވޭ ޝާއިއު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި، އެ ސާވޭގައި ބަޔާން ކުރާ ކަންކަމަށް އަޅާނެ ފިޔަވަަޅުތައް މިނިސްޓްރީން ކަނޑައަޅަންޖެހެ އެވެ. އަދި ޕްލޭނެއް ހަދައި އެއާ އެއްގޮތަށް ފިޔަވަޅުތައް ތަންފީޒު ކުރަން ބިލުން މަޖުބޫރު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox