އިޒްރޭލު ފަތުރުވެރިންގެ އަދަދުތައް ސިއްރު ކުރުމަށްފަހު މަހު ހިސާބުތައް ސަރުކާރުން އާންމުކޮށްފި

Apr 13, 2025, 5:07 AM
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ގޮވާލައި ރާއްޖޭގައި ކުރި މުޒާހަރާއެއް: އިޒްރޭލުގެ ފަތުރުވެރިން އައުން މަނާ ކުރާނެ ކަމަށް ސަރުކާރުން ބުނިތާ އަހަރެއްވާން ކައިރިވެއްޖެ -- ފޮޓޯ: އަދަދު ފައިލް

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ގޮވާލައި ރާއްޖޭގައި ކުރި މުޒާހަރާއެއް: އިޒްރޭލުގެ ފަތުރުވެރިން އައުން މަނާ ކުރާނެ ކަމަށް ސަރުކާރުން ބުނިތާ އަހަރެއްވާން ކައިރިވެއްޖެ -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ ހިސާބުތައް ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރިއިރު، އިޒްރޭލުން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ނުފެންނާނެ ގޮތަށް ސިއްރުކޮށްފި އެވެ.

ފަތުރުވެރިންގެ މަހު ހިސާބުތައް ހިފެހެއްޓުމަށްފަހު ނިމިދިޔަ ޖެނުއަރީ މަހުގެ ހިސާބުތައް ޓުއަރިޒަމް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު، ފެބްރުއަރީ މަހާއި މާޗު މަހުގެ ހިސާބުތައް އަދިވެސް އާންމެއް ނުކުރެ އެވެ.

ހިސާބުތައް އާންމު ކުރާއިރު، މީގެ ކުރިން އިޒްރޭލުން އަންނަ ފަތުރުވެރިންގެ އަދަދު ވަކިން ފާހަގަ ކުރެ އެވެ. ނަމަވެސް ޖެނުއަރީ މަހުގެ ހިސާބުތައް އާންމު ކުރިއިރު އިޒްރޭލުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ސިއްރުކޮށްފަ އެވެ.

މީގެ ކުރިން އާންމު ކުރާ ހިސާބުތަކުގައި އީސްޓް މެޑިޓެރޭނިއަން ޔޫރަޕުގެ ދެ ގައުމެއްގެ ހިސާބު ވަކިން ޖަހަ އެވެ. އެއީ އިޒްރޭލާއި ތުރުކީ އެވެ. އެކަމަކު ޖެނުއަރީ މަހުގެ ހިސާބުތައް އާންމު ކުރިއިރު އިޒްރޭލު އުނިކޮށް، އިތުރުކޮށްފައި ވަނީ ސައިޕްރަސް އެވެ.

އިޒްރޭލު ހިމެނޭ ގޮތަށް އެ ސަރަހައްދުގެ އެހެން ގައުމުތަކުގެ ހިސާބު ހިމަނާފައި ވަނީ "އަދާ އީސްޓް މެޑިޓެރޭނިއަން" ގެ ގޮތުގައި ޖުމުލަކޮށެވެ. އެހެންކަމުން އިޒްރޭލުން ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ސިއްރުވެފަ އެވެ.

ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަަށް ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ފަތުރުވެރިންގެ އަދަދު ޓުއަރިޒަމް މިނިސްޓްރީއިން ސިއްރު ކުރި ނަމަވެސް ރާއްޖެއަށް ޒިޔާރަތް ކުރާ ހުރިހާ ފަތުރުވެރިންގެ ތަފުސީލުތައް އިމިގްރޭޝަން ޑިޕާޓްމަންޓުން އާންމު ކުރެ އެވެ.

އެކަމަކު އިމިގްރޭޝަނުން މިހާތަނަށް އާންމުކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގެ ހިސާބުތައް އެކަންޏެވެ. އެ ހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ ދެ މަހު އިޒްރޭލުގެ 156 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ ޖެނުއަރީ މަހު އައި އިޒްރޭލުގެ 97 ފަތުރުވެރިއަކާއި ފެބްރުއަރީ މަހު އައި 59 ފަތުރުވެރިއެކެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި މިދިޔަ އަހަރު ވެސް 1435 މީހަކު ރާއްޖެ އައެވެ. އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އޮކްޓޯބަރު 23، 2023، ގައި އިޒްރޭލުން ނަސްލުހޭދު ކުރަން ފެށި ފަހުން އެ ގައުމުގެ 2196 މީހަކު ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެއީ އޮކްޓޯބަރު، 2023، ގައި އެތެރެވި 517 މީހުންނާއި އެ އަހަރުގެ ނޮވެމްބަރުގައި އެތެރެވި 54 މީހުންނާއި ޑިސެމްބަރު މަހު އެތެރެވި އިޒްރޭލުގެ 34 މީހުން ހިމަނައިގެންނެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އިޒްރޭލުގެ ވެރިން. އާންމު ރައްޔިތުން ނުހިމެނޭ ގޮތަށް އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭންކުރުން. އެއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން. އޭގެ ތެރޭގަ ސިފައިން ވެސް ނުހިމެނޭ ގޮތަށް. މުޅި އިޒްރޭލަކީ ސިފައިން ދެއްތޯ ގާތްގަނޑަކަށް. އެހެންވީމަ އެ ހިމެނިއްޖިއްޔާ އިޒްރޭލުގެ ހުރިހާ ރައްޔިތުން ހިމެނިގެންދާނެ،" ނޮވެމްބަރު، 2024، ގައި އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox