‏މޮޓްރޮއްލާގެ ފަހުގެ ބަޖެޓް ފޯނަށް ސުޕަ ފާސްޓް ‏‏ޗާޖިން ލައިފި

މޮޓްރޮއްލާ އާ ފޯން

މޮޓްރޮއްލާ އާ ފޯން

މޮޓްރޮއްލާއިން 2025 ވަނަ އަހަރު ނެރެން ތައްޔާރުކުރަމުންދާ ‏‏އާ މޮޓޯ ޖީ ސްޓައިލަސް (ބަޖެޓް) ފޯނުގައި ސުޕަ ފާސްޓް ‏‏ޗާޖިން ހިމަނާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

‏‏ހަތަރު ސަތޭކަ ޑޮލަރުގެ މި ފޯނުގައި ހިމެނޭ 5،000 މިލީއެމްޕަޔާގެ ‏‏ބެޓެރީ އެއްކޮށް ޗާޖުވާން ނަގާނީ އެންމެ 15 މިނެޓްކަމަށް ‏‏އެ ކުންފުނިން ބުނެފައިވެ އެވެ‏‎.‎

‏މި ފޯނުގައި ހިމެނޭ އެހެނިހެން ހާއްސަ ކަންތައްތަކުގެ ތެރޭގައި ‏‏6.7 އިންޗީގެ ސުޕަ އެޗްޑީ ޕީއޯއެލްއީޑީ ސްކްރީނެއް ހިމެނެ އެވެ. ‏‏މި ސްކްރީނުގެ އުޖާލާކަން 3،000 ނިޓްސްއަށް އަރައެވެ. ‏‏މީގެ އިތުރުން މި ފޯނުގައި ސްނެޕްޑްރެގަން 6 ޖެން 3 ‏‏ޕްރޮސެސަރާއި 8 ޖީބީ ރޭމް ހިމެނެ އެވެ‏‎.‎

‏ކެމެރާގެ ގޮތުގައި މި ފޯނުގައި ހިމެނެނީ 50 މެގަޕިކްސެލްގެ ‏‏މައި ކެމެރާއަކާއި، 13 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ‏‏ކެމެރާއެކެވެ. އަދި ސެލްފީ ކެމެރާގެ ގޮތުގައި 32 ‏‏މެގަޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވެއެވެ‏‎.‎

‏މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހާއްސަ ކަމަކީ އޭގައި ‏‏ހިމެނޭ ސްޓައިލަސް އެވެ. މި ސްޓައިލަސް ބޭނުންކޮށްގެން ‏‏ފޯނުގައި ކުރެހުމާއި ލިޔުން ފަދަ ކަންކަން ކުރެވޭނެއެވެ. އަދި ‏‏އެންޑްރޮއިޑްގެ އެންމެ ފަހުގެ ފީޗަރ ކަމަށްވާ "ސާކަލް ޓު ‏‏ސާޗް" ވެސް މި ސްޓައިލަސް މެދުވެރިކޮށް ‏‏ބޭނުންކުރެވޭނެ އެވެ‏‎.‎

‏މޮޓޯރޯލާއިން ބުނާ ގޮތުގައި މި ފޯނުގެ ބެޓެރީ ދެމިހުންނާނީ ‏‏40 ގަޑިއިރު ވަންދެނެވެ. އަދި ބެޓެރީ ހުސްވުމުން އަލުން ‏‏ފުލް ޗާޖުކުރުމަށް ބޭނުންކުރެވޭނީ މޮޓޯރޯލާގެ 68 ވޯޓްގެ ‏‏ޓާބޯ ޕަވަރ ޗާޖަރެވެ. މީގެ އިތުރުން މި ފޯނުގައި 15 ވޯޓްގެ ‏‏ވަޔާލެސް ޗާޖިން ވެސް ހިމެނެއެވެ‏‎.‎

ފަސް ސަތޭކަ ‎‏ޑޮލަރަށްވުރެ ކުޑަ އަގެއްގައި އެންމެ ރަނގަޅު ‏‏ސްޕެސިފިކޭޝަންތައް ހިމެނޭ ފޯނެއް ނެރުމަށް ގިނަ ‏‏ކުންފުނިތަކެއް ވާދަކުރަމުންދާއިރު، މޮޓޯރޯލާގެ މި އައު ފޯނަކީ ‏‏އެ ދާއިރާގައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފޯނު މާރުކޭޓް ‏‏ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެ އެވެ‏‎.‎

‏ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން މިހާރު އެންމެ ބޮޑަށް ‏‏އަހަންމިއްޔަތުކަން ދެމުންދަނީ ފޯނުތައް އަވަހަށް ޗާޖުކުރެވޭނެ ‏‏ގޮތްތަކަށެވެ. މިގޮތުން އޮންޕްލަސްގެ ސުޕަވޫކް ޓެކްނޮލޮޖީ ‏‏ބޭނުންކޮށްގެން 240 ވޯޓަށް ޗާޖުކުރެވޭއިރު، މޮޓޯރޯލާގެ ‏‏ޓާބޯޗާޖް ޓެކްނޮލޮޖީ އާންމުކޮށް 125 ވޯޓަށް ޗާޖުކުރެވެއެވެ. ‏‏އަގުހެޔޮ ފޯނުތަކުގައި މިފަދަ ޓެކްނޮލޮޖީތައް ހިމެނުމަކީ ވަރަށް ‏‏ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.‏

‏މޮޓޯ ޖީ ސްޓައިލަސްގައި ހިމެނޭ އެހެނިހެން ޚާއްޞަ ‏‏ކަންތައްތަކުގެ ތެރޭގައި އައިޕީ68 ފެންވަރުގެ ފެނާ ކުނޑިން ‏‏ރައްކާތެރިކަން ލިބިފައިވުމާއި، މިލިޓަރީ ގްރޭޑްގެ ‏‏ދެމެހެއްޓެނިވިކަން ހިމެނެއެވެ. މި ފޯނު ލިބެން ހުންނާނީ ދެ ‏‏ކުލައެއްގައެވެ. އެއީ ކަނޑުގެ ފުން ނޫކުލައާއި އުޖާލާ ‏‏ނޫކުލައެވެ.‏

‏މި ފޯނު ވިއްކަން ފަށާނީ އޭޕްރިލް 17 ވަނަ ދުވަހުންނެވެ. ‏‏128 ޖީބީގެ ސްޓޯރޭޖް ހިމެނޭ މޮޑެލްގެ އަގަކީ 400 ޑޮލަރެވެ. ‏‏ގޫގުލްގެ ޕިކްސެލް 9އޭ އާއި އެހެނިހެން އަގުހެޔޮ ފޯނުތަކާ ‏‏އަޅާބަލާއިރު މި ފޯނު ހުންނަ ފެންވަރު ދެނެގަތުމަށް ‏‏ޓެސްޓުތަކެއް ހަދާނެ ކަމަށް ފޯނު މާރުކޭޓް ދިރާސާކުރާ ‏‏ފަރާތްތަކުން ބުނެފައިވެ އެވެ.‏

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox