މުބާރާތެއް ބޭއްވޭތޯ އެފްއޭއެމް އިން ފީފާ އާއި ސަރުކާރާ އެކު މަޝްވަރާކުރަނީ

Apr 7, 2025, 8:30 AM
ްއެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ސުޖާއު: މުބާރާތެއް ބޭއްވޭތޯ ސަރުކާރާއި ފީފާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ްއެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ސުޖާއު: މުބާރާތެއް ބޭއްވޭތޯ ސަރުކާރާއި ފީފާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައި.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މާދަމާ ފަށަން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަލަންޑަރު ކުރި ނަމަވެސް އެ ގޮތަށް ކުރިއަށް ނުގޮސް، ސީޒަން ފެށުން ފަސް ކުރަން ޖެހުމުން މި މުއްދަތުގެ ތެރޭގައި، ޓީމުތަކަށް ވާދަވެރި މުބާރާތެއް ބޭއްވުމަށް އެފްއޭއެމުން ފީފާ އާއި ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

ހަތަރު ފަހަރެއްގެ މަތިން ފަށަން ތާވަލުކުރި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށް އެންމެ ފަހުން އެފްއޭއެމް އިން ބުނީ އަންނަ އޮގަސްޓް މަހު ކަމަށެެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން، އަހުމަދު މުއިއްޒު ސޮއިކުރައްވާ ކްލަބްތަކަށް، މިދިޔަ މަހުގެ 28 ވަނަ ދުވަހު، ފޮނުވި ސިޓީގައި ބުނެފައިވަނީ ކްލަބްތަކުގެ އެދުމުގެ މަތިން އާ ސީޒަން މި މަހު 8 ގައި ބޭއްވުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

އެކަމަކު، މިދިޔަ މަހު 16 ގައި ކްލަބްތަކާއެކު ބޭއްވުނު ބައްދަލުވުމުގައި ފީފާއިން ވަނީ ކަލަންޑަރު ތާވަލަށް ބަދަލު ގެނައުމުގެ ހިޔާލު ހުށަހަޅާފައި ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަދި، އެފްއޭއެމް އިން ވަނީ ޓްރާންސިސަނަލް ލީގެއް މި އަހަރުގެ އޭޕްރީލް/މެއި މަހު ބޭއްވުމަށްފަހު އޮގަސްޓު މަހު އާ ސީޒަން ފެށުމަށް ހުށަހަޅާފައި ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

އެކަމަކު، ކުރު ސީޒަން އެއް ފެށުމުގައި ދިމާވެދާނެ މައްސަލަތައް ފީފާއާ ހިއްސާކޮށް ލަފައަކަށް އެދުމުން ފީފާއިން ވަނީ ކުރު ސީޒަނެއްގެ ބަދަލުގައި އޮގަސްޓު މަހު ލީގު ފެށުމަށް ހުށަހަޅާފައި ކަމަށް އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ. އެހެންވެ، އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވި މެމޯގައި ބުނީ ސީޒަން ފަސްވުމާ އެކު ވާދަވެރި ފުޓުބޯޅަ މުބާރާތެއް ވީ އެންމެ އަވަހަށް ބޭއްވުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

ވާދަވެރި މުބާރާތެއް ބޭއްވުމަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން، "އަދަދު ސްޕޯޓްސް" އިން މިއަދު ސުވާލުކުރުމުން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، މުހައްމަދު ސުޖާއު ވިދާޅުވީ، މުބާރާތެއް ބޭއްވޭތޯ ފީފާ އާއި ސަރުކާރާ އެކު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.

ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަނީ ޕްރެޒިޑެންޓްސް ކަޕް ތޯ ސުވާލުކުރުމުން، ސުޖާއު ވިދާޅުވީ، ސީދާ ވަކި މުބާރާތެއްތޯ ބުނެވޭނީ މަޝްވަރާތައް ފައިނަލް ވުމުން ކަމަށާއި، މަސައްކަތް ކުރަމުން އަންނަނީ ފީފާގެ ވެސް ރުހުންހޯދައިގެން ސަރުކާރާ ގުޅިގެން ފުޓްބޯޅައިގެ ހަރަކާތްތައް ފެށޭތޯ ކަމަށެވެ.

ރާއްޖޭގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތެއް ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އޭގެ ފަހުން، ފުޓްބޯޅަ ސީޒަން ފަށަން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެއްބާރުލުމާ އެކު، ސްޕޯޓްސް މިނިސްޓްރީން ވަނީ ފުޓްބޯޅަ ކްލަބްތަކަށް ނުވަ މިލިއަން ރުފިޔާ ފޯރުކޮށްދީފަ އެވެ. އެ ފައިސާ އިން ގިނަ ކްލަބްތަކުގައި ހުރި މާލީ ބައެއް މައްސަލަތައް ހައްލުކޮށް ޕްރީ ސީޒަން ވެސް ފަށާފައިވަނިކޮށް، ބައެއް ކްލަބްތަކުން ވެސް އެދޭތީ ކަމަށް ބުނެ، ފީފާގެ ގަވަރްނަންސް މެނޭޖަރު، މިސްރުގެ އަހުމަދު ހައްރާޒު އަޑީގައި ހުރެ، މި ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފަ އެވެ.

އެކި ފަހަރު މަތިން މީގެ ކުރިން ވެސް ރާއްޖެ އައިސްފައިވާ ހައްރާޒު ވަނީ، މިދިޔަ މަހު ރާއްޖެ އަށް ކުރި ޒިޔާރަތުގައި، އެފްއޭއެމްގެ ކޮންގްރެސްގެ އިތުރުން، ކްލަބްތަކާ އެކު، ވޯކްޝޮޕެއްގައި ވެސް ބައިވެރިވެފަ އެވެ.

ފީފާ އިން މިދިޔަ އަހަރުގެ އޮގަސްޓް މަހު، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމްގެ ކަންކަން ހަމަމަގަށް އެޅުވުމަށް، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެނަ އެވެ. އެންމެ ފުރަތަމަ އެކުލަވާލި، ފަސް މެމްބަރުންގެ ކޮމިޓީ މީގެ ދެ މަސް ދުވަހު ކުރިން ވަނީ ތިން މެމްބަރުންނަށް ކުޑަވެފަ އެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މެންޑޭޓް ދީފައި އޮތް ނޯމަލައިޒިން ކޮމިޓީ އަށް މިހާތަނަށް އައިއިރު، ފުޓްބޯޅަ ފަށައިގަންނަން ނަތީޖާއެއް ފެންނަ މަަސައްކަތެއް ނުކުރެވޭތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox