ޗެލްސީގެ އެކައުންޓްތަކުގެ ތަފްސީލްތައް ޔުއެފާ އިން ބަލަނީ

Apr 2, 2025, 7:50 AM
ޗެލްސީގެ އެކައުންޓްތަކުގެ ތަފްސީލްތައް ޔުއެފާ އިން ބަލަނީ

ލަންޑަން (އޭޕްރީލް 2) - ޗެލްސީން ދާދި ފަހުން އާންމުކުރި، 2023-2024 ވަނަ ސީޒަނުގެ މާލީ ހިސާބުތަކާ ބެހޭ ރިޕޯޓްގައި، 128.4 މިލިއަން ޕައުންޑް، ޕްރީ ޓެކްސް ޕްރޮފިޓް ހިމަނާފައިވާތީވެ، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން އެ ކްލަބްގެ އެކައުންޓްތަކުގެ ތަފްސީލްތައް ބަލަން ނިންމައިފި އެވެ.

މިއީ، 2022 ވަނަ އަހަރު ޓޮޑް ބޯލީ އިސްވެ ހުރެ ގާއިމްކުރި ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަތް ފަހުން އެ ޓީމުން އަހަރީ ހިސާބެއްގައި، ޕްރީ ޓެކްސް ޕްރޮފިޓެއް ހިމެނި ފުރަތަަމަ ފަހަރެވެ.

ޗެލްސީގެ މި ޕްރޮފިޓް އައުމުގެ އެންމެ ބޮޑު އަސްލަކީ، އެ ކްލަބްގެ އަންހެން ޓީމާއި ފިރިހެން ޓީމުގެ ހަރަދުގެ އޮނިގަނޑަށް ގެނައި ބޮޑު ބަދަލެވެ. އެ ގޮތުން، އަންހެން ޓީމު ކްލަބްގެ ހިއްސާދާރުންގެ ގޮތުގައި އޮތް ވަކި ކުންފުންޏަކުން ހިންގާ ގޮތަށް ވިއްކާލިއިރު، އެ ޑީލުގެ ތެރެއިން، ކްލަބްގެ ވިޔަފާރިތަކާ ގުޅުންހުރި ދެ ހޮޓަލެއް ވެސް ވިއްކާލި އެވެ.

ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ގަވާއިދުގައި ހިމެނޭ، އެސޯސިއޭޓް ޕާޓީ ޓްރާންސެކްޝަންސް (އޭޕީޓީ) އިން ޗެލްސީން މި ހިންގި މުއާމަލާތް މަނާ ކުރާ ކަމަށް ގަވާއިދުގައި ލިޔެފައިނެތެވެ. އެހެންކަމުން، އެ ގަވާއިދުގެ ތެރެއިން ޗެލްސީގެ މި ކަންކަމަަށް ތަހުގީގެއް ހިންގޭނެ ތަނެއް ނެތެވެ. އެކަމަކު، ޔުއެފާގެ ފައިނޭންޝިއަލް ގަވާއިދުގެ ތެރެއިން، އޭޕީޓީގެ ކަންކަން ބެލޭނެ ނިޒާމުތަކެއް ހެދިފައިވާއިރު، ޗެލްސީގެ މި ކަންކަން ބަލަން، އެ ކްލަބްގެ އެކައުންޓްތަކުގެ ތަފްސީލް ހޯދަން، ޔުއެފާ އިން ވަނީ ނިންމައިފަ އެވެ.

ޗެލްސީގެ އަންހެން ޓީމު ވިއްކާލީ 2022/2023 ސީޒަނުގެ ތެރޭގައި، 76.6 މިލިއަން ޕައުންޑް އަށެވެ. މީ ޑީލުގެ ސަބަބުން، ޕްރިމިއާ ލީގުގައި ކްލަބްތަކުގެ ދަރަނި ތިން އަހަރު ތެރޭ، 105 މިލިއަން ޕައުންޑް ވުރެ ބޮޑު ނުވާނެހެން ކޮންޓްރޯލް ކުރަން ހިމަނާފައިވާ އުސޫލުގެ ތެރެއަށް ޗެލްސީ ފެތެ އެވެ. އެކަމަކު، ޔުއެފާ އިން ހަދާފައިވާ ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދު ތަން ދެނީ، ތިން ސީޒަން ތެރޭ 75 މިލިއަން ޕައުންޑަށް ވުރެ ބޮޑުނުވާނެހެން ކްލަބްގެ ދަރަނި ކޮންޓްރޯލް ކުރާ ގޮތަށެވެ.

ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް އަތުން، 2022 ވަނަ އަހަރު ޗެލްސީ ގަންނަން ކޮންސޯޓިއަމް ގްރޫޕުން ހެދި ޑީލަށް ބަލާއިރު، ކްލިއާލޭކް ކެޕިޓަލް އިން ޗެލްސީގެ 61.5 ޕަސެންޓް ހިއްސާ ގަތެވެ. ބާކީ 38.5 ޕަސެންޓް ހިއްސާ އަކީ ޓޮޑް ބޯލީ އާއި ހަންސްޖޯގް ވައިސް އަދި މާކް ވޯލްޓާ އަށް އެއްވަރަށް ބަހާލައިފައިވާ ހިއްސާތަކެކެވެ. އެއީ، ގާތްގަނޑަކަށް، ކޮންމެ މައިނޯރިޓީ ހިއްސާދާރަކަށް 13 ޕަސެންޓް ވަރެެވެ.

ބޯލީ އިސްވެ، އުފެއްދި ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަތީ 5.2 ބިލިއަން ޑޮލަރަށެވެ. ބޯލީ އަކީ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި މި ގްރޫޕްގައި ހަރަކާތްތެރިވި ފަރާތެއް ނަމަވެސް، އެ ކްލަބުން އިސް މަގާމަށް ހަމަޖައްސަން ނިންމީ ބޯލީ އެވެ. އެއީ، ކުޅިވަރު ކްލަބްތައް ހިންގުމުގައި އޭނާގެ ތަޖުރިބާ އަށް ބަަލައިފަ އެވެ. ޗެލްސީ އަށް މިހާތަނަށް ބެއްޔަސް މި މެނޭޖްމަންޓުން ވަނީ ކުޅުންތެރިން ގަންނަން އެކަނި ވެސް އެއް ބިލިއަން ޑޮލަަރަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox