އައިޕީއެލް: ކަލްކަތާ ބަލިކޮށް މުމްބާއި އަށް ފުރަތަމަ މޮޅު

Apr 1, 2025, 7:46 AM
އައިޕީއެލް: ކަލްކަތާ ބަލިކޮށް މުމްބާއި އަށް ފުރަތަމަ މޮޅު

މުމްބާއި، އިންޑިއާ (އޭޕްރީލް 1) - ކަލްކަތާ ނައިޓް ރައިޑާސްގެ މައްޗަށް އަށް ވިކެޓުން ކުރިހޯދައި، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މި ފަހަރުގެ ސީޒަނުގައި، މުމްބާއި އިންޑިއަންސް އިން ފުރަތަަމަ މޮޅު ހޯދައިފި އެވެ.

ފަސް ފަަަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި މުމްބާއި، މި ސީޒަނުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ، ގުޖުރާތު ޓައިޓަންސް އާއި ޗެންނާއި ސުޕަ ކިންގްސް އަތުން ބަލިވެފަ އެވެ.

ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، މުމްބާއި އިންޑިއަންސް އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ފީލްޑް ކުރުމަށެވެ.

ކަލްކަތާ އިން ކުޅެން އަރައި، 16.2 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 116 ލަނޑެވެ. އެ ޓީމުގެ އެންމެ ސްކޯރިން ރަނގަޅީ، 26 ލަނޑު ހެދި، އަންގްރިޝް ރަގުވަންޝީ އާއި 22 ލަނޑު ހެދި ރަމަންދީޕު ސިންގް އެވެ. މި އިނިންގްސްގައި މުމްބާއި ޓީމުގެ ތަފާތަކީ، 23 އަހަރުގެ އަޝްވަނީ ކުމާރު އެވެ. އޭނާ ވަނީ އައިޕީއެލްގައި ކުޅުނު ފުރަތަމަ މެޗުގައި ހަތަރު ވިކެޓް ނެގި ހަމައެކަނި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

ޖަވާބުގައި ކުޅެން އަަރައި މުމްބާއި މޮޅުވީ، 12.5 އޯވަރުގެ ތެރޭގައި ދެ ކުޅުންްތެރިން ނުބައިވެގެން، 121 ލަނޑު ހަދައިގެންނެވެ. މުމްބައި ޓީމަށް އެންމެ ރަނގަޅު ސްކޯއެއް ހަދައިދިނީ، ނުބައިނުވެ، 41 ބޯޅައިން 62 ލަނޑު ހެދި ރިޔާން ރިކެލްޓަން އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ކަލްކަތާ އަށް މި ފަހަރުގެ ފެށުން އެންމެ ރަނގަޅެއް ނޫނެވެ. ފުރަތަމަ މެޗުގައި، އެ ޓީމު ވަނީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އަތުން ބަލިވެފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި، ރާޖަސްތާން ރޯޔަލްސް އަތުން މޮޅުވި ނަމަވެސް، ތިން ވަނަ މެޗުގައި އަނެއްކާ ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox