ހުލާސާކޮށް އިއްޔެ: މާލޭގައި އީދު ނަމާދު ކުރާ މިސްކިތްތައް

Mar 27, 2025, 2:44 AM
މާފަންނު ސްޓޭޑިއަމްގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރަނީ. -- ފައިލް ފޮޓޯ: އަދަދު

މާފަންނު ސްޓޭޑިއަމްގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރަނީ. -- ފައިލް ފޮޓޯ: އަދަދު

މާލެ ސިޓީގައި މިފަހަރު ފިތުރު އީދު ނަމާދު ކުރާނީ 27 މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިފަހަރު އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 07:00 ޖަހާއިރު ކަމަށެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނީ މާފަންނު ސްޓޭޑިއަމުގައި ކަމަށްވާއިރު، ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ވިލިމާލެ ބޯލަދަނޑުގަ އެވެ. އަދި ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ސިންތެޓިކް ޓްރެކްގައި ކަމަށްވާއިރު، ފޭސް 2 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނީ ކްރިކެޓް ސްޓޭޑިއަމްގަ އެވެ.

ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑު ޖަމއާއަތް ކެންސަލްވެއްޖެނަމަ، އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަންތަން:

  • މާފަންނު ސްޓޭޑިއަމް (ބޮޑު ޖަމާއަތް) - މާލެ
  • އިސްލާމީ މަރުކަޒު - މާލެ
  • މަސްޖިދުލްމަލިކި ސަލްމާން - މާލެ
  • މަސްޖިދުލްފުރުގާން - މާލެ
  • މަސްޖިދުއްނޫރު - މާލެ
  • މަސްޖިދުއް ޝަހީދު އަލީ - މާލެ
  • ތައިބާ މިސްކިތް - މާލެ
  • ދުބުރި މިސްކިތް - މާލެ
  • ފަނޑިޔާރު މިސްކިތް - މާލެ
  • ބަންޑާރަ މިސްކިތް - މާލެ
  • މަސްޖިދު ސަލާހުއްދީން - މާލެ
  • މަސްޖިދު ޖަލާލުއްދީން - މާލެ
  • މަސްޖިދު އިބްރާހިމް - މާލެ
  • މަސްޖިދު އިސްކަންދަރު - މާލެ
  • ވަގުތީ މިސްކިތް (ބޮޑުގެ) - މާލެ
  • ރަންމިސްކިތް - މާލެ
  • ފައިފުހޭ މިސްކިތް - މާލެ
  • މާފަންނު އާ މިސްކިތް - މާލެ
  • ވިލިގިލި ބޮޑުޖަމާއަތް (ވިލިގިލި ބޯޅަދަނޑު) - ވިލިމާލެ
  • މަސްޖިދުއްސަލާމް ވިލިމާލެ
  • ހުޅުމާލެ ބޮޑު ޖަމާއަތް (ސިންތެޓިކް ޓްރެކް) - ހުޅުމާލެ
  • މަސްޖިދުއްޝައިހް ގާސިމް ބިން މުހައްމަދު އަލް ޘާނީ (ހުޅުމާލެ ފޭސް 1) - ހުޅުމާލެ
  • މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1) - ހުޅުމާލެ
  • މަސްޖިދު އަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1) - ހުޅުމާލެ
  • ހުޅުމާލެ ބޮޑުޖަމާއަތް (ކްރިކެޓް ސްޓޭޑިއަމް) - ހުޅުމާލެ ފޭސް 2
  • މަސްޖިދު ހަސަން އާދަމް - ހުޅުމާލެ ފޭސް 2
  • މަސްޖިދު އަބީބަކުރިނިއްސިއްދީގު - ހުޅުމާލެ ފޭސް 2

މުހައްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox