ޔުނައިޓެޑް ވިކްޓަރީ އިން ޕްރެކްޓިސް ނުފަށާތީ ކުޅުންތެރިން ބޮޑު ހާސްކަމެއްގައި

ޔުނައިޓެޑް ވިކްޓަރީ އިން ޕްރެކްޓިސް ނުފަށާތީ ކުޅުންތެރިން ބޮޑު ހާސްކަމެއްގައި

ސަރުކާރުން ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް މިހާތަނަށް ލިބިފައިނުވާތީ އެ ކްލަބުން ފަރިތަކުރުން ފަށާފައިނުވުމާ އެކު އެ ކްލަބްގެ ކުޅުންތެރިން އެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޔުނައިޓެޑް ވިކްޓަރީ އަށް ފައިސާ ނުލިބިވަނީ އެ ކްލަބުން ފުރިހަމަ ކުރަން ޖެހޭ ބައެއް ލިޔެކިޔުންތައް މިހާތަނަށް ވެސް ފުރިހަމަ ކޮށްފައިނުވާތީ އެވެ. އަދި އެ ކްލަބުން އަންނަނީ އެ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ސްޕޯޓްސް ކޮމިޝަނާ އޮފީހާ އެކު މަސައްކަތްތަކެއް ކުރަމުންނެވެ.

"އަދަދު ސްޕޯޓްސް" އާ ވާހަކަ ދެއްކި ޔުނައިޓެޑް ވިކްޓަރީގެ ބައެއް ކުޅުންތެރިން ބުނެފައިވަނީ، ކްލަބުން ފަރިތަކުރުންތައް ފަށާނެ ދުވަހެއް މިހާތަނަށް ވެސް އަންގާފައިނުވާ ކަމަށެވެ. އަދި ފަރިތަކުރުންތަށް އެންމެ އަވަހަށް ފެށޭނީ ވެސް ސަރުކާރުން ދޭން ޖެހޭ ފައިސާ ލިބުމުން ކަމަށް އެ ކްލަބުގެ މެނޭޖުމަންޓުން ކުޅުންތެރިންނަށް އަންގައިފައިވާ ކަމަށް ވެސް އެ ކުޅުންތެރިން ބުނެފައިވެ އެވެ.

"އަސްލު އަހަރެމެން މި ޖެހެނީ މި ސީޒަނުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ވެސް ނެތި. އެހެން ހުރިހާ ކްލަބަކުން އެބަ (ޕްރީ ސީޒަން) ޕްރެކްޓިސް މިހާރު ކުރޭ. އެހެންވެ، އެންމެ ފަހުން ވެސް އެކަމުގެ ވާހަކަ ކްލަބް މެނޭޖްމަންޓާ ދެއްކީމަ މި ބުނަނީ ޕްރެކްޓިސް ފެށޭނެ ދުވަހެއް އަދި ބުނަން ނޭނގެއޭ. ދެން ރިލީޒް ދޭން ބުނީމަ އެކަން ވެސް ކޮށްނުދޭ." ޝުއޫރު ފާޅުކުރި ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިޔަކު "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.

ސަރުކާރުން ދޭން ޖެހޭ ފައިސާ ޔުނައިޓެޑް ވިކްޓަރީ އަށް ލިބިފައިނުވަނީ އެ ކްލަބް އިން ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުމުގައި ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތައް ބަރާބަރަށް ފުރިހަމަ ކޮށްފައިނުވާތީ އެވެ.

ސަރުކާރުން ފުރަތަމަ ޑިވިޝަނުގެ 10 ކްލަބްގެ ތެރެއިން ނުވަ ކްލަބަށް މިހާތަނަށް ފައިސާ ދީފައިވެ އެވެ. އޭގެ ތެރެއިން، ކްލަބް ގްރީން ސްޓްރީޓްސް އަށް މިހާތަނަށް ދީފައިވަނީ އެއް ޕޭމަންޓެވެ.

ގްރީން ސްޓްރީޓްސް އަށް ވެސް ފައިސާ ލިބުން ލަސްވީ އެ ކްލަބުން އޭރު ފުރިހަމަ ކުރަން ޖެހޭ ބައެއް ލިޔެކިޔުން ފުރިހަމަ ކޮށްފައިނުވާތީ އެވެ. އެކަމަކު، ގްރީން ސްޓްރީޓްސް އިން ލިޔެކިޔުންތައް ފުރިހަމަ ކުރުމާއެކު ފުރަތަމަ ޕޭމާންޓް (5 ލައްކަ ރުފިޔާ) ވަނީ ޖަމާކޮށްފަ އެވެ. އަދި ދެ ވަނަ ޕޭމަންޓް އަންނަ ހަފުތާތެރޭގައި ޖަމާވާނެ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ކްލަބުން ވެސް މިހާރު ވަނީ ޕްރީ ސީޒަން ފަށައިފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ސިވިލް ކޯޓުން ވަނީ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 30،000 ރުފިޔާ ދައްކަން ހުކުމެއް ކޮށްފަ އެވެ.

ސިވިލް ކޯޓުން ޖެނުއަރީ މަހު ނުވަ ވަނަ ދުވަހު، ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް މި ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވަނީ، ޔުނައިޓެޑް ވިކްޓަރީން ބިދޭސީ ކުޅުންތެރިން ބިޒްނަސް ވިސާގައި ރާއްޖެ އަށް ގެނައުމަށް ފަހު، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން، އެ އާ ކުރަން ހުށަހަޅާފައިނުވާތީ އެވެ. އަދި މި ދައުވާގައި، އެ ބިދޭސީ ކުޅުންތެރިން، ފުރުވާލުމުގައި ވެސް އެންމެ ރަނގަޅަށް ޔުނައިޓެޑް ވިކްޓަރީން އަމަލުކޮށްފައިނުވާކަން ހުށަހަޅާފައި އޮތް ލިޔުންތަކުން އެނގޭ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އެ ގޮތުން، ކޯޓުން ޔުނައިޓެޑް ވިކްޓަރީގެ ގައިރުހާޒިރުގައި ހުކުމްކޮށްފައިވަނީ، މި މަހު ނުވަ ވަނަ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭ އިމިގްރޭޝަނަށް 30،000 ރުފިޔާ ދެެއްކުމަށެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު ސާބިއާގެ މިލޯސް ކޮވަސިޗް އާއި ބެލަރޫސްގެ އިވާން ވެރާސް އަށް އެ ކްލަބުން ދޭން ޖެހޭ މުސާރަ އާއި ފައިސާގެ އެހެނިހެން ކަންކަން ހަމަޖައްސައިނުދޭތީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގަލޮޅު ދަނޑުގެ ރޮސްޓްރަމްގައި ހަޅުތާލެއްކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ފަހުން، މިލޯސް ބުނީ ހަޅުތާލު ހުއްޓާލީ އެފްއޭއެމް އިން ޔުނައިޓެޑް ވިކްޓަރީއާ ވާހަކަދައްކައިގެން ކަންކަން ހައްލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox