އީދު ބަންދާ ދިމާކޮށް މަންޓާ އިން ފްލައިޓު އިތުރުކޮށްފި

މަންޓާ އެއާގެ ބޯޓެއް: އީދު ބަންދާ ދިމާކޮށް އެ އެއާލައިނުން އަޅާ ފްލައިޓުގެ އަދަދު ވަނީ އިތުރުކޮށްފައި

މަންޓާ އެއާގެ ބޯޓެއް: އީދު ބަންދާ ދިމާކޮށް އެ އެއާލައިނުން އަޅާ ފްލައިޓުގެ އަދަދު ވަނީ އިތުރުކޮށްފައި

ކުރިއަށް އޮތް އީދު ބަންދާ ދިމާކޮށް އެތެރޭގެ އުދުހުންތަކަށް ޑިމާންޑު ބޮޑުވާތީ މަންޓާއިން އުދުހޭ ރަށްތަކަށް އަޅާ ފްލައިޓުގެ އަދަދު އިތުރުކޮށްފި އެވެ.

މަންޓާ އެއާ އިން ބުނީ ފްލައިޓު އަޅާ އަދަދު އިތުރުކުރީ ދ. ކުޑަހުވަދޫ (ދާލު އެއާޕޯޓް)، ބ. ދަރަވަންދޫ (ދަރަވަންދޫ އެއާޕޯޓް)، ރ. އިފުރު (އިފުރު އެއާޕޯޓް) އަދި ޅ. މަޑިވަރު (މަޑިވަރު އެއާޕޯޓް) އަށް ކަމަށެވެ.

މަންޓާ އިން ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސަން އިތުރުކުރި ފްލައިޓްތައް އަޅާނީ އެ އެއާލައިންގެ ATR 72-600 ފްލީޓުންނެވެ.

މަންޓާ މެދުވެރިކޮށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އެ އެއާލައިންގެ ވެބްސައިޓު މެދުވެރިކޮށް ބުކިން ހެއްދޭނެ އެވެ. އަދި ބުކިން އެޖެންޓްސް މެދުވެރިކޮށް ވެސް ބުކިން ހެއްދޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އެއާ އަކީ އެތެރޭގެ އުދުހުންތަކަށް އަދި ރިސޯޓްތަކަށް ފަތުރުވެރިންގެ ޓްރާންސްފާ ހަމަޖައްސައިދީ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ ޓްރެކް ރެކޯޑެއް އޮތް އެއާލައިނެކެވެ.

މަންޓާ އެއާ އިން އަންނަނީ އެތެރޭގެ އުދުހުންތަކުގެ އިތުރުން އިންޑިއާގެ ބެންގަލޫރަށް ދަތުރުކުރަމުންނެވެ. އެ އެއާލައިނުން ބެންގަލޫރަށް ދަތުރުކުރަނީ ދާލު އެއާޕޯޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

Newsletter

Get the latest news delivered straight to your inbox