އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު އިންޑިއާ އަށް

އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު އިންޑިއާ އަށް

އޭޝިއަން ކަޕުގައި މި މަހު ފިލިޕީންސްއާ ދެކޮޅަށް ނުކުންނަ ގައުމީ ފުޓްބޯޅަ ޓީމުން މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗަށް އިންޑިއާ އަށް ފުރައިފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުން އިންޑިއާ އަށް ދެކޮޅަށް މި ހަފުތާގައި ނުކުންނައިރު، މިއީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ފިލިޕީންސްއާ ދެކޮޅަށް މި މަހުގެ 25 ވަނަ ދުވަހު ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ.

އިންޑިއާ އަށް ދިއުމަށް ގައުމީ ފުޓްބޯޅަ ޓީމު މާލެއިން ފުރީ ދެ ފްލައިޓެއްގަ އެވެ. ޓީމުން މެޗު ކުޅޭ ޝިލޯން އަށް ދާނީ ކަލްކަތާ މަގުން އެއް ފްލައިޓެއްގަ އެވެ.

ޝިލޯން އަށް ދިއުމަށް ދަތުރު ދިގުވާތީ އެފްއޭއެމް އިން އެދުމުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން އިން ވަނީ މި މެޗު ކަލްކަތާ އަށް ބަދަލުކުރެވޭތޯ މަސައްކަތްތަކެއްކޮށްފަ އެވެ. އެކަމަކު، އެކަން ކުރެވެން ނެތުމުން ފަހުން ނިންމާފައިވަނީ، ކުރިން ރޭވި ގޮތަށް ޝިލޯންގައި ކުޅޭށެވެ. ރާއްޖޭން މީގެ ކުރިން ވަނީ، ޝިލޯންގައި ކުޅެފަ އެވެ. އެއީ، 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގަ އެވެ. އޭރު ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން މި ވަގުތު ވެސް ގައުމީ ޓީމުގައި އެބަތިބި އެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުތަކުން އިންޑިއާ ވަނީ 15 މެޗުން މޮޅުވެފަ އެވެ. ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން، މި ދެ ޓީމު ބައްދަލުކުރީ 2021 ވަނަ އަހަރު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މެޗުން އިންޑިއާ ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.

ފިލިޕީންސް މެޗުގެ ކުރިން އިންޑިއާ ދެކޮޅަށް ކުޅެން ލިބުން އެއީ ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ އެކަންކަމަށް މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ދެކެ އެވެ.

އިންޑިއާ އަށް ގައުމީ ފުޓުބޯޅަ ޓީމުން މިއަދު ފުރިއިރު، ގައުމީ ޓީމާ ރޭ ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު ވަނީ ބައްދަލުކުރައްވައިފަ އެވެ.

ކޮލިފައިންގެ ހަ މެޗުގެ ތެރެއިން، ފަސް މެޗެއް މި އަހަރު ކުޅޭއިރު، ފުރަތަމަ ތިން މެޗު ވެސް އޮތީ ރަށުންބޭރުގަ އެވެ. އެއީ، ޖޫން 10 ގައި އީސްޓް ޓިމޯއާ ކުޅޭ މެޗާއި އޮކްޓޫބަރު، 9 ގައި ތަޖިކިސްތާނާ ކުޅޭ މެޗެވެ. ރާއްޖޭގައި ފުރަތަމަ މެޗު ކުޅޭނީ އޮކްޓޫބަރު 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި، ނޮވެމްބަރު 18 ގައި ފިލިޕީންސާ ކުޅުމަށް ފަހު، އަންނަ އަހަރު މާޗް 31 ގައި އީސްޓް ޓީމޯއާ ބައްދަލުކުރާނެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މި ފަހަރު ރާއްޖެ މި ހިމެނޭ ގްރޫޕްގެ ތިން ޓީމާ މީގެ ކުރިން ރާއްޖޭން ވަނީ ކުޅެފަ އެވެ. ފިލިޕީންސާ ދެކޮޅަށް ކުޅުނީ ރާއްޖޭގައި ކުރިއަށްދިޔަ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގަ އެވެ. އެ ފަަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 3-2 އިން ބަލިވެފަ އެވެ. އަދި ފިލިޕީންސާއި ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެ ފަހަރު މެޗުތައް ކުޅެފައިވަނީ، ސެންޓްރަލައިޒްކޮށް ޔޫއޭއީގަ އެވެ.

ތަޖިކިސްތާނާ ދެކޮޅަށް ވަނީ ތިން މެޗެއް ކުޅެފަ އެވެ. އެއީ، 1998 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ 3-0 އިން ބަލިވި މެޗާއި 2011 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި 0-0 އިން އެއްވަރުވި މެޗު އަދި 2015 ވަނަ އަހަރު ރާއްޖެ 2-0 އިން ބަލިިވި މެޗެވެ.

އިންޑިއާ މެޗުގެ ފައިނަލް ސްކޮޑު:

ހުސެއިން ޝަރީފް (ހުސެން) - ގޯލްކީޕަރު (މާޒިޔާ)

ސަމޫހު އަލީ (ސަމުއްޓެ) - ޑިފެންޑަރު (މާޒިޔާ)

ހުސެއިން ސިފާއު ޔޫސުފް (ކުރޯ) - ޑިފެންޑަރު (މާޒިޔާ)

މުހައްމަދު އިރުފާން (އިރޭ) - މިޑްފީލްޑަރު (މާޒިޔާ)

އަލީ ފާސިރު (ސަންޓޭ) - މިޑްފީލްޑަރު (މާޒިޔާ)

ނާއިޒު ހަަސަން (ދާދު) - ފޯވާޑް (މާޒިޔާ)

ހަމްޒާ މުހައްމަދު (ހަމްޕު) - ފޯވާޑް (މާޒިޔާ)

ހަސަން ރާއިފް އަހުމަދު (ހަންނަ) - ފޯވާޑް (މާޒިޔާ)

ހައިޝަމް ހައިސަން (ބިޑި) - ފޯވާޑް (މާޒިޔާ)

އަހުމަދު އައިހަމް - މިޑްފީލްޑަރު (މާޒިޔާ)

ހަސަން ނަޒީމް (ޗޯޓު) - ފޯވާޑް (މާޒިޔާ)

އިޔާން އަބްދުލް އަލީމް (ޗިކީ) - ގޯލްކީޕަރު (މާޒިޔާ)

ހަސަން ޝިފާޒް (ޑުންގާ) - ޑިފެންޑަރު (މާޒިޔާ)

އިބްރާހިމް އުސާމާ ހަސަން އަބްދުލް މަޖީދު (އުކާ) - ޑިފެންޑަރު (ބުރު ސްޕޯޓްސް ކްލަބް)

މުހައްމަދު ނިޒާމް (ޕީކޭ) - ޑިފެންޑަރު (ސުޕަ ޔުނައިޓެޑް ސްޕޯޓްސް)

އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) - ފޯވާޑް (ކްލަބް އީގަލްސް)

ހުސެއިން ނިހާން (ނިހާޓް) - މިޑްފީލްޑަރު (އޮޑި ސްޕޯޓްސް ކްލަބް)

މުހައްމަދު ނާއިމް - ފޯވާޑް (ބުރު ސްޕޯޓްސް ކްލަބް)

އަހުމަދު ރިޒުވާން (ރިޒޭ) - ފޯވާޑް (ކްލަބް އީގަލްސް)

ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) - މިޑްފީލްޑަރު (ކްލަބް އީގަލްސް)

މުހައްމަަދު ޔާމީން - ގޯލްކީޕަރު (ޔުނައިޓެޑް ވިކްޓަރީ)

އަހުމަދު ނޫމާން (ހެލްމެޓް) - ޑިފެންޑަރު (އޮޑި ސްޕޯޓްސް ކްލަބް)

މުޒްދާން ހަސަން - ފޯވާޑް (އޮޑި ސްޕޯޓްސް ކްލަބް)

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox