ޔުނައިޓެޑުން ލީގަށް ޓާގެޓް ކުރަނީ 2028 ވަނަ އަހަރު

Mar 11, 2025, 10:10 AM
ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަމުގެ އެންމެ އިސް ފަރާތް، ރެޓްކްލިފް..-- ފޮޓޯ: ގެޓީއިމޭޖަސް

ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަމުގެ އެންމެ އިސް ފަރާތް، ރެޓްކްލިފް..-- ފޮޓޯ: ގެޓީއިމޭޖަސް

ލަންޑަން (މާޗް 11) - މެންޗެސްޓާ ޔުނައިޓެޑް އަލުން އާރާސްތުކޮށް ހުރިހާ ގޮތަކުން ރަނގަޅަށް ހިނގަމުން އަންނަ ކްލަބަކަށް ހަދައި، ކުރާ މަސައްކަތުގެ ތެރެއިން ދެން އެ ޓީމުން އިނގިރޭސި ޕްރިމިއާ ލީގު ހޯދަން ސީދާ ޓާގެޓެއް ކަނޑައަޅާފައިވަނީ 2028 ވަނަ އަހަރު ކަމަށް އެ ކްލަބްގެ އެއް ހިއްސާދާރު، ޖިމް ރެޓްކްލިފް ބުނެފި އެވެ.

މިދިޔަ އަހަރުގެ މާޗް މަހު، އިނގިރޭސިވިލާތުގެ މަހުޖަނެއް ކަމަށްވާ ރެޓްކްލިފް ވަނީ ޔުނައިޓެޑްގެ 25 ޕަސެންޓް ހިއްސާ ގަނެފަ އެވެ. ޔުނައިޓެޑުގެ ހިންގުމުގެ ކަންކަމުގައި އުޅުމުގެ ރޯލެއްގައި ހަރަކާތްތެރިވާ ގޮތަށް އެއްބަަސްވުން ހެދި، ރެޓްކްލިފް ވަނީ އެ ކްލަބްގެ ފުޓްބޯޅައާ ގުޅުން ހުރި ކަންކަމުގެ ކޮންޓްރޯލް ނަގައިފަ އެވެ.

ޔުނައިޓެޑްގެ މަގާމުގައި އަހަރެއް ހޭދަކުރުމަށް ފަހު، ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި، ރެޓްކްލިފް ވަނީ ވަރަށް ތަފްސީލްކޮށް އެ ކްލަބްގެ ކަންތައްތަކާ ގުޅޭގޮތުން ވާހަަކަ ދައްކައިފަ އެވެ. އެ ގޮތުން، ހަރަދުކުޑަކުރަން އެ ކްލަބުން އަޅާ ފިޔަވަޅުތައް ނާޅާނަމަ، ކްލަބް ހިންގާނެ ފައިސާ މި އަހަރުގެ ނިޔަލަށް ހުސްވުމުގެ ބިރު އޮތް ކަމާއި ޔުނައިޓެޑުން ފާއިތުވި އަހަރުތަކުގައި ކުޅުންތެރިން ގަންނަން ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވި ގޮތަށް ބަލާއިރު، ބައެއް ކުޅުންތެރިންނަށް ހައްގުނުވާ މިންވަރުގެ ފީއެއް ދައްކައި މުސާރަ ދެމުން އަންނަ ކަމަށް ވެސް ރެޓްކްލިފް ވަނީ ބުނެފަ އެވެ.

އެންމެ ބޮޑު ޕްލޭނަކީ، ޔުނައިޓެޑް ޒަމާނުއްސުރެ ވެސް އޮތްގޮތަށް ކާމިޔާބު ހޯދާ ކްލަބެއްގެ ގޮތުގައި ހެދުން ކަމަށް ރެޓްކްލިފް ވަނީ ބުނެފަ އެވެ. އެ ގޮތުން، ރެޓްކްލިފްގެ ވިސްނުމަކީ، ތިން އަހަރު ތެރޭ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރުމެެވެ.

"އަހަންނަކީީ ޖާދޫ ހަދާ މީހެއް ނޫން، އެކަމަކު، ޓައިމްފްރޭމެއްގެ ތެެެރެއިން އަހަރެމެން އެބަޖެހޭ ހާސިލްކުރަން ޖެހޭ ކަމެއް ބާއްވަން. ޓާގެޓް ވާން ޖެހޭނީ ޕްރިމިއާ ލީގަށް، އެއީ އަހަރެންގެ ވިސްނުން، އަހަރެމެންގެ ކްލަބް، މިއީ އަހަރެން ދެކޭގޮތުގައި ދުނިޔޭގެ ވެސް އެންމެ ބޮޑު ކްލަބް، މި ކްލަބްގެ 150 ވަނަ އަހަރީ ދުވަސް އަންނައިރު، ބޮޑު ޓާގެޓެއް އޮންނަން ވާނީ، އެހެންވީމަ، އެހާތަނަށް މި އޮތް ޓާގެޓަކީ ޕްރިމިއާ ލީގު،" 2028 ވަނަ އަހަރު ލީގު ހޯދުމަށް ކަނޑައަޅާފައި އޮތް ޓާގެޓަށް އިޝާރާތްކޮށް ރެޓްކްލިފް ބުންޏެވެ.

މި ވަގުތު ޔުނައިޓެޑުން ލީގުގެ 14 ވަނައިގައި އޮތް ނަމަވެސް، ރަނގަޅު އިންވެސްޓްމަންޓްތަކާއި ނިންމުންތަކުގެ ތެރެއިން ހާލަތު ވަރަށް އަވަހަށް ބަދަލުކުރެވޭނެ ކަމަށް ރެޓްކްލިފް ގަބޫލުކުރެ އެވެ.

ރެޓްކްލިފް ބުނީ އެހެން ޓީމުތަކުން ވެސް ޓްރާންސިޝަން ޕީރިއަޑް ތެރޭގައި، ޓީމުގެ ހާލަތު ބަދަލުކުރަން ވަގުތު ނެގި ކަމަށެެވެ. އެ ގޮތުން، ބަލާއިރު، ލިވަޕޫލްގެ ކޯޗުކަމާ 2015 ވަަނަ އަހަރު ޔާގަން ކްލޮޕް ހަވާލުވެ، ޓީމެއް އެކުލަވާލަން، ތިން އަހަރެއްހާ ދުވަސްނެގި ކަމަށާއި އޭގެ ފަހުން، ލިވަޕޫލުން އައީ ހުރިހާ ތަށްޓެއް ހޯދައި، މި ވަގުތަށް ބަލާއިރު ވެސް ލީގުގެ ކުރީގައި މަގާމު ދަމަހައްޓަމުންކަން ރެޓްކްލިފް ފާހަގަކުރި އެވެ.

އަދި، އާސެނަލަށް ބަލާއިރު، މީގެ ފަސް އަހަރު ކުރިން މިކޭލް އާޓެޓާ ހަވާލުވިއިރު، އޮތް އާސެނަލާއި މި ވަގުތު އެ ކްލަބް ހިނގަމުން އަންނަ ގޮތަށް ބަލާއިރު، ކުރިއެރުން ހޯދަން ވަގުތު ބޭނުންވާނެ ކަމަށް ރެޓްކްލިފް ވަނީ ބުނެފަ އެވެ.

ޔުނައިޓެޑްގެ ފުޓްބޯޅައިގެ ކަންކަމާ ހަވާލުވެ، މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ހާލަތު ނިޔާކުރި ގޮތްތަކަށް ބަލައި، ނިންމުނު ބައެއް ކަންކަން ގޯސްކަމަށް ވެސް ރެޓްކްލިފް ވަނީ ބުނެފަ އެވެ. އެ ގޮތުން، އެރިކް ޓެން ހާގްގެ ކޮންޓްރެކްޓް އާ ކުރުމުގައި ކަންކަން ދިޔަ ގޮތާއި ސްޕޯޓިން ޑިރެކްޓަރަކަށް ޑޭން އެޝްވޯތު މަގާމަށް ހަމަޖެއްސުމަކީ އެންމެ ރަނގަޅަށް ނިންމުނު ކަންކަމެއް ނޫން ކަމަށް ރެޓްކްލިފް ވަނީ ބުނެފަ އެވެ.

އެކަމަކު، މި ވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި ރުބެން އަމޮރިމް އަށް ދިމާވެފައިވާ ހާލަތްތަކުގައި ވެސް އޭނާ ކުރާ މަސައްކަތުން އުންމީދީ މަންޒަރުތަކެއް ފެންނަ ކަމަށާއި ޔުނައިޓެޑްގައި ގިނަ އަހަރުތަކެއް އަމޮރިމް ހުންނާނެ ކަމަށް ރެޓްކްލިފް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox