އެންމެން ހަމަހަމަވުމާއި، ބައެއް މީހުން އިތުރަށް ހަމަހަމަވުން

އެންމެން ހަމަހަމަވުމާއި، ބައެއް މީހުން އިތުރަށް ހަމަހަމަވުން

ބޭއިންސާފަށް ހޭނުމަށްވުރެ ނުރައްކާތެރިކަމެއް މުޖުތަމައުއަކަށް ކުރިމައްޗެއް ނުވާނެ އެވެ.

ރާއްޖޭގެ ގާނޫނުއަސާސީގެ ވިހި ވަނަ މާއްދާގައި އޮތީ "ގާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެކެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ." މިހެންނެވެ.

ގާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަވެގެންވާ ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ގެނެވިދާނީ ކޮން ހާލަތެއްގައިކަންވެސް ގާނޫނުއަސާސީގައި އޮތީ ލިޔެފަ އެވެ. ގާނޫނުއަސާސީގެ 17 ވަނަ މާއްދާގެ (ށ) ގައި އޮތީ "މުޖުތަމައުގެ އާންމު ހާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާއީ ގޮތުން ހާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ތަފާތުކުރުމެއް ކަމުގައެއް ނުވާނެއެވެ." މިހެންނެވެ.

ދައްކަން މިއުޅެނީ 'އާސަންދަ' އޭ ކިޔައިގެން މި ހިންގާ ސިއްހީ އިންޝުއަރެންސް ނިޒާމުގެ ވާހަކަ އެވެ. އެ ވާހަކައަށް ދިއުމުގެ ކުރިން އެހެން ވާހަކަ އެކެވެ. ބޭސްފަރުވާއާ ގުޅޭ ބޮޑެތި ކަންކަމުގައި ޒަމާނުއްސުރެ އަޅުގަނޑުމެން ހޭނިފައި ތިބީ އެކި މީހުންނަށް ދަންނަވައިގެން އެހީ ހޯދުމަށެވެ. ތީމުގެއިން ދެކޮޅު ޓިކެޓާއި، ދުއިސައްތަ ޑޮލަރު ދިނުމުން ދެން ލިޔަނީ ވިލާ ފައުންޑޭޝަނަށާއި އަލީފުޅު ތުއްތު ފައުންޑޭޝަނަށެވެ. މިއިން ކޮންމެ ތަނަކަށް ލިޔުނަސް އެކަމުގައި މެދުވެރިވެދޭން ބޮޑެތި ބޭފުޅުންގެ މަދަދު ހޯދަ އެވެ. އެކި ކަންކަމުގައި މާތްﷲ އަށް ދުއާ ދެންނެވުމަށް ވަލީވެރިންގެ ޒިޔާރަތްތަކަށް ނަދުރުބުނެ އެބޭކަލުން މެދުވެރިކޮށް އުޅުނު އުޅުމުން އުފެދިފައި އޮތް އާދައެއް ނޫންބާއޭ ވެސް ހީވެ އެވެ. މާތްﷲ އަށް ދުއާ ދެންނެވުމަށް އޮތް ސީދާ ފުރުސަތުވެސް ވަލީވެރި ބޭކަލަކާ ހަވާލުކޮށްގެން އުޅުނު އަޅުގަނޑުމެން ދިވެހީންނަށް، ބޭސްފަރުވާގެ އެހީއަށް ދެންނެވުމުގައި މެދުވެރިއަކަށްވަނީ މުޖުތަމައުގެ ބޮޑެތި ބޭފުޅުންނެވެ.

މި އާދަކާދަ މަތީގައި އަޅުގަނޑުމެން ތިއްބައި، ދެހާސް ނުވަވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް، ހުރިހައި ދިވެހި ރައްޔިތުންނަށް ބައިވެރިވެވޭ ސިއްހީ އިންޝުއަރެންސް ނިޒާމެއް ގާއިމުކުރެވުނެވެ. ތިން ސަތޭކަ ރުފިޔާ ދީފައި އަހަރަކު އެއްލައްކަ ރުފިޔާގެ ސިއްހީ ފަރުވާ ހޯދޭނޭ ނިޒާމެކެވެ. އޭގެ އެންމެ ދެއަހަރު ފަހުން އަޅުގަނޑުމެންގެ ދައުލަތުގެ ފުދުންތެރިކަން އިތުރުވީ ތޯއްޗެކެވެ. ދެން އައީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނެވެ. އެ ގާނޫނުގައި ކަނޑައެޅިގޮތުން ސިއްހީ އިންޝުއަރެންސް ހޯދުމަށް އަތުން ލޯ ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ އެވެ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އޮތީމާ ކޮންމެ މީހަކަށްވެސް އެ ހިދުމަތް ލިބޭނެ އެވެ. މިހާރުވެސް އިތުރަށް ތަރައްގީވެ ހިނގަމުން އެ ދަނީ އެ ނިޒާމެވެ.

ކޮންމެ ދިވެހިރައްޔިތަކަށްވެސް ހަމަހަމަކަމާއެކު ލިބޭނޭ ފުރުސަތެއްކަމަށް ގާނޫނުގައި އޮތަސް ތަންކޮޅެއް ބޮޑަށް ހަމަހަމަވުމުގެ ފުރުސަތު ބައެއް ބޭފުޅުންނަށް އަބަދުވެސް ފަހިވެފައި އޮވެ އެވެ. ދައުލަތުގެ އިސް ބޭފުޅަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެދުވެރިކޮށް ދެންނެވިއްޖެނަމަ އާސަންދަ ލިބުން އަވަސްވެޔޭ ކިޔާތީ އަޑުއިވެ އެވެ. އެއީ ކޮންމެ ސަރުކާރެއްގައިވެސް ކޮންމެވެސް ހަމައެއްގައ ހިނގާ ކަމެކެވެ. މި ސަރުކާރުން ކުރެއްވި ކަމަކީ ގިޔަރެއް މައްޗަށް ޖައްސާލުމެވެ. ކުރިން ނުރަސްމީކޮށް އޮތް އިންތިޒާމު ރަސްމީކޮށްލުމެވެ.

އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ ދެވަނަ މާއްދާގައި އެ ގާނޫނުގެ މަގުސަދުތައް ލިޔެފައި އެބައޮތެވެ. ފުރަތަމަ އަކުރުގައިވެސް އޮތީ އެ ގާނޫނުގެ މަގުސަދަކީ ދިވެހިރައްޔިތުންނަށް ހަމަހަމަކަމާއެކު، ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ގާނޫނީގޮތުން ކަށަވަރުކޮށްދިނުން ކަމަށެވެ.

ޖޯޖް އޯވެލްގެ މަޝްހޫރު ނޮވެލް "އެނިމަލް ފާމް" ގައި ކިޔައިދޭ އޫރުންގެ ސަރުކާރުގައި އޮތީ މި ހަމަ އެވެ. އެ ސަރުކާރުގެ ހަމަ ހުރިގޮތުން ހުރިހައި ޖަނަވާރުން ވެސް ހަމަހަމަ އެވެ. ބައެއް ޖަނަވާރުން ތަންކޮޅެއް ބޮޑަށް ހަމަހަމައީ އެވެ.

އާސަންދަ ހިންގާ ކުންފުނިން މިކުރީ މިކަހަލަ ކަމެކެވެ. ހުރިހައި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ދޭން އޮތް ހިދުމަތެއްގައި، ޕީއެންސީގެ މަޖިލިސް މެންބަރުން ތަންކޮޅެއް ބޮޑަށް ހަމަހަމަކޮށްލީ އެވެ. އެ ބޭފުޅުންނަށް ދަތިފުޅުނުވާނޭ ހުރިހައި އިންތިޒާމެއް ހަމަޖެއްސުމަށް އެއޮފީހުގެ ވަސީލަތްތައްވެސް އެ ބޭފުޅުންނަށް ހިދުމަތްތެރިކުރުވީ އެވެ. ގާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި، އިޖުތިމާއީ ސިއްހީ އިންޝުއަރަންސްގެ ގައުމީ ނިޒާމުގެ ގާނޫނުގެ ދެވަނަ މާއްދާ ވެސް އޮތް ތަނެއްގައި އޮތީ އެވެ.

ޖޯޖް އޯވެލް 1945 ވަނަ އަހަރު ލިޔުނު، އެނިމަލް ފާމް ގެ ވާހަކަ ނޭނގޭ މީހަކު ނޫޅޭނެ އެވެ. މިސްޓަރ ޖޯންސްގެ މެނަރ ފާމްގައި އުޅޭ ޖަނަވާރުތައް އިންސާނުންގެ އަނިޔާވެރިކަމުން މިނިވަންވުމަށް، އެ ފާމުގައި އުޅުނު އޫރެއްކަމަށްވާ، އޯލްޑް މޭޖަރ ގެ ލީޑަރޝިޕްގެ ދަށުން ހުރިހައި ޖަނަވާރުން މަސައްކަތް ކުރަން ފަށަ އެވެ. އެ ފާމުގެ ވެރިޔާ މިސްޓަރ ޖޯންސްގެ އަތުން ފާމް އަތުލުމަށްފަހު އެތަނުގެ ނަން "އެނިމަލް ފާމް" އަށް ބަދަލު ކުރެ އެވެ. އޫރުތަކުގެ ތެރެއިން ނެޕޯލިއަން އާއި ސްނޯބޯލް އެ ފާމުގައި ވެރިކަމުގެ ނިޒާމެއް ގާއިމުކޮށް އެ ވެރިކަމުގައި "ހުރިހާ ޖަނަވާރުންވެސް ހަމަހަމަ" ކަމަށް ބުނެ އެ އުސޫލުގެ ދަށުން ހަތް ގަވާއިދެއް އެކުލަވާލަ އެވެ. ނަމަވެސް ނެޕޯލިއަން އެސޮރުގެ ރޭވުންތަކާއި، ބާރުގެ ބޭނުންކޮށް ސްނޯބޯލް ބޭރުކޮށް، އަމިއްލަ ވެރިކަމެއް ގާއިމުކުރެ އެވެ. އަދި ސްކުއީލަރ މެދުވެރިކޮށް ޕްރޮޕެގެންޑާ ފަތުރައި، އޫރުތަކަށް ފައިދާވާގޮތަށް ގަވާއިދުތައް ބަދަލުކުރަމުން ގެންދެ އެވެ. ނެޕޯލިއަން ކުރާ ކަންކަމާމެދު ސުވާލު އުފައްދާ ޖަނަވާރުންނާއި، އެ ވެރިކަމާ ދެކޮޅުހަދާ ޖަނަވާރުތައް މަރާލަމުން ގެންދެ އެވެ. ސަރުކާރުގެ މައިގަނޑު ހަތް ގަވާއިދަށް އެންމެ ފަހަށް ގެނެވުނު ބަދަލަކީ، 'ހުރިހާ ޖަނަވާރުންވެސް ހަމަހަމައޭ، އެކަމަކު ބައެއް ޖަނަވާރުތައް ތަންކޮޅެއް ބޮޑަށް ހަމަހަމައޭ' މި އުސޫލެވެ.

އަޅުގަނޑުމެންނަށް މިއަދު ލިބިފައި މިއޮތީ، އެނިމަލް ފާމުގައި އުޅުނު ޖަނަވާރުންނަށް ލިބުނު ލަނޑެއް ނޫންތޯ އެވެ. ބާރުވެރިކަން އޮތް މީހުން ބޭރުކުރުމަށްފަހު މިގެނައި އިންގިލާބާއެކު މި އުފެއްދުނީ އެނިމަލް ފާމުގައި އެ ބުނާ އޫރުންގެ ސަރުކާރެވެ. މި ސަރުކާރުގައި ހުރިހައި ރައްޔިތުން ހަމަހަމަ އެވެ. އެ ރައްޔިތުންގެ ތެރެއިން ޕީއެންސީގެ މަޖިލިސް މެންބަރުން ތަންކޮޅެއް ބޮޑަށް ހަމަހަމައީ އެވެ. މި ބޭއިންސާފަށް އަޅުގަނޑުމެންގެ ނަފުސުތައް ހާނާނީތޯ ނުވަތަ މިކަމުގައި އިހުތިޖާޖުކޮށް، ގާނޫނުއަސާސީއާއި ގާނޫނުން ކަށަވަރުކޮށްދީފައި އޮތް ހައްގު މިންވަރު ހޯދުމަށް މަސައްކަތް ކުރާނީތޯ ނިންމުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox