ފުޓްބޯޅައިގައި ވާނެ ގޮތެއް ބުނަން ނޭނގޭނެ: އާޓެޓާ

Mar 5, 2025, 5:37 AM
ފުޓްބޯޅައިގައި ވާނެ ގޮތެއް ބުނަން ނޭނގޭނެ: އާޓެޓާ

އަމްސްޓެޑަމް، ނެދަލެންޑްސް (މާޗް 5) - ޖެހިޖެހިގެން ދެ މެޗުގައި ލަނޑެއް ނުޖެހި، ރޭގެ މެޗަށް އައިސް ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ޕީއެސްވީ އައިންދޯވަން އަތުން 7-1 އިން އާސެނަލް މޮޅުވުމުން ޔަގީނުން ވެސް އެނގޭ އެއްޗަކީ އެއްވެސް މީހަކަށް ފުޓްބޯޅައިގައި ވާނެ ގޮތެއް ބުނަން ނޭނގޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އަނިޔާގެ ސަަބަބުން އާސެނަލްގެ ގިނަ އެޓޭކަރުންތަކެއް ކުޅުމާ ދުރުގައި ތިބިއިރު، ރޭގެ މެޗުގައި ޕީއެސްވީއާ ދެކޮޅަށް އާސެނަލް ނުކުތުމުގެ ކުރިން އެންމެ ފަހުން، އިނގިރޭސި ޕްރިމިއާ ލީގުގައި، ކުޅުނު ދެ މެޗުގައި ވެސް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ.

ރޭގެ މެޗަށް ފަހު އާޓެޓާ ބުނީ، ގިނަ ބަޔަކަށް ގަބޫލު ނުކުރެވުނު ކަމުގައި ވިޔަސް ރޭގެ މެޗަށް އައިއިރު ގިނަ ގޯލުތަކެއް ޖެހިދާނެ ކަމުގެ އުންމީދު އޭނާ އަށް އޮތް ކަމަށެވެ.

"މިއީ ފުޓްބޯޅައިގެ ބިއުޓީ އަކީ، މިތާގައި ތިބި މީހުން އަތަށް ސިޓީ އުރައެއް ދީފައި، މާދަމާ ވާނެ ގޮތެއް ބުނަން އަހަރެން އަހައިފިއްޔާ އެކަކަށް ވެސް އެ ކަމެއް ނުވާނެ. އެ ގޮތަށް ފުޓްބޯޅައިގެ ފުރިހަމަ ކަަމަކީ، ވާނެ ގޮތެއް ބުނަން ނޭނގޭނެ. އެކަމަކު، ކުރަމުން އައި މަސައްކަތްތަކަށް ބަލާފައި އަހަންނަށް ގަބޫލުކުރެވުނު މިއަދު (ރޭ) ގޯލު ޖެހޭނެއޭ،" އާޓެޓާ ބުންޏެވެ.

"ނިމުނު މެޗެއްގެ ވާހަކަ އެ ހިސާބުން އެ ނިމުނީ، ކޮންމެ މެޗަކީ ވެސް އާ މެޗެއް، މީގެ އޮތީ އިސް އުފުލައިގެން ކެރިގެން ތިބެ މަސައްކަތް ކުރުން،"

ޕީއެސްވީ އަތުން އާސެނަލް މޮޅުވި މެޗަކީ، އެ ކްލަބްގެ ތާރީހުގައި ޗެމްޕިއަންސް ލީގުގައި ރަށުންބޭރުގައި އެ ޓީމު ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. އަންނަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅޭ ލެގުން ޕީއެސްވީން ހަތް ގޯލުގެ ފަރަގަކުން މޮޅުވެގެން ނޫން ގޮތަކަށް އާސެނަލް ކަޓުވާލުމަކީ ވާނެ ކަމެއް ނޫނެވެ. އެކަމަކު، އާޓެޓާ ބުނީ، ޔޫރަޕްގެ ކޮންމެ މެޗެއްގައި ވެސް ކެތްތެރިކަމާ އެކު މަސައްކަތްކޮށް ނަތީޖާ ނެރެން ރަނގަޅު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox