ޗައިނާގެ ޓެކް ކުންފުނި، ޓެކްނޯއިން އާދަޔާހިލާފު ތުނި، ސްމާޓްފޯނު އުފައްދައިފި އެވެ.
ޓެންކޯގެ "ސްޕާކް ސްލިމް" ފޯނުގެ ބޯމިނަކީ 5.75 މިލިމީޓަރެވެ. އެޕަލްގެ އައިފޯން 16 އާއި 16އީގެ ބޯމިނަކީ 7.8 މިލިމީޓަރެވެ. އެހެންކަމުން މި ފޯނަކީ މިހާރު ބާޒާރުގައި ހުރި ފަހުގެ ގިނަ ފޯނުތަކަށްވުރެ ތުނި ފޯނެކެވެ.
ރީސައިކަލް ކުރެވިފައިވާ އެލުމިނިއަމް އާއި ސްޓެއިންލެސް ސްޓީލް ބޭނުން ކޮށްގެން އުފައްދާފައިވާ މި ފޯނު ތުނިވިޔަސް، އެހެން ފީޗާތައް ވަރުގަދަ އެވެ.
އޮކްޓާ-ކޯ ޕްރޮސެސަރެއް އެކުލެވޭ މި ފޯނުގައި ހުރީ 6.78 އިންޗީގެ 3ޑީ ކާވްޑް އެމޯލެޑް ޑިސްޕްލޭ އެކެވެ. ފަންސާސް މެގަޕިކްސެލްގެ ދެ ކެމެރާ ފަހަތުގައި ހުންނައިރު، މި ފޯނުގެ ސެލްފީ ކެމެރާގައި 13 މެގަޕިކްސެލްގެ ހުރެ އެވެ.
ފޯނުގެ ބެޓެރީއަކީ 5,200 މިލި-އެމްޕިޔާރު އަވަރގެ ބެޓެރީއެކެވެ. އަދި ހަލުވިކޮށް ޗާޖު ވެސް ކޮށްލެވެ އެވެ.

އާދައިގެ ފަންސުރެއްގެ ފަލަމިނަށްވުރެވެސް މިފޯނު ތުނި -- ފޮޓޯ: ޓެކްނޯ
ސްމާޓްފޯނު އުފައްދާ ކުންފުނިތަކުން މީގެ އަހަރުތަކެއް ކުރިން މަސައްކަތްކުރަމުން އައީ ވީހާވެސް ތުނި ފޯނުތައް އުފެއްދުމަށެވެ. ނަމަވެސް ފަހުން ގިނަ ކުންފުނިތަކުން ސަމާލުކަން ދޭން ފެށީ ކެމެރާ މޮޑިއުލް ފަދަ އެހެނިހެން ފީޗާތަކަށެވެ.
މޯބައިލް އިންޑަސްޓްރީގެ އެންމެ މުހިންމު ޓްރޭޑް ޝޯ ކަމަށްވާ މޯބައިލް ވޯލްޑް ކޮންގްރެސް މާޗު 3 އިން 6 އަށް ސްޕެއިންގެ ބާސެލޯނާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޝޯގައި ސްޕާކް ސްލިމް ފޯނު ދައްކާލާނެ އެވެ.








