އިދިކޮޅު ޓީމުގެ ކޯޗެއްގެ ކަރުގައި ހިފުމުން މެސީ އަށް އަދަބުދީފި

Feb 26, 2025, 3:14 AM
އިދިކޮޅު ޓީމުގެ ކޯޗެއްގެ ކަރުގައި ހިފުމުން މެސީ އަށް އަދަބުދީފި

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ފެބްރުއަރީ 26) - މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ އާ ސީޒަނުގައި ކުުޅުނު ފުރަތަމަ މެޗުގައި ނިއު ޔޯކް ސިޓީގެ އެސިސްޓަންޓް ކޯޗު، މެހެދީ ބަލޫޝީ ކަރުގައި ހިފުމުން، އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ އަށް ފިޔަވަޅު އަޅައިފި އެވެ.

ނިއު ޔޯކް ސިޓީއާ 2-2 އިން އެއްވަރުވި މެޗަށް ފަހު، މެސީ ގޮސް ބަލޫޝީގެ ކަރުގައި ހިފުުމުން ރައްދުގައި އޭނާ އެއްވެސް ކަމެއް ކޮށްފައިނުވެ އެވެ. މި މަހު 22 ވަނަ ދުވަހު ހިނގި މި މައްސަލަ އެމްއެލްއެސްގެ ޑިސިޕްލިނަރީ ކޮމީޓީން ބަލާފައި ނިންމީ މެސީ ޖޫރިމަނާ ކުރުމަށެވެ. އެކަމަކު، ޖޫރިމަނާ ކުރި ސީދާ އަދަދެއް ހާމަކޮށްފައެއްނުވެ އެވެ. ރިޕޯޓްތައް ބުނާގޮތުން، އެ ޖޫރިމަނާ އެއް ލައްކަ ޑޮލަރަށް އަރާނެ އެވެ.

ހަމަ މި މެޗުގައި، މިއާމީގެ ފޯވާޑް، ލުއިސް ސުއަރޭޒް، ނިއު ޔޯކްގެ ކުޅުންތެރިއެއްގެ ކަރުގައި ހިފާފައިވާތީވެ، އޭނާ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ.

މި ކަންތައްތަކާ ބެހޭގޮތުން، ސުވާލުކުރުމުން މިއާމީގެ ކޯޗު، ހަވިއޭ މަޝެރާނޯ ބުނެފައިވަނީ، ޖަޒުބާތުގައި ޖެހިގެން މެސީ އާއި ސުއަރޭޒަށް ހެދުނީ ގޯހެއް ކަމަށާއި ޗޭންޖިން ރޫމަށް އައުމަށް ފަހު އެ ދެ ކުޅުންތެރިން ދެއްކި ވާހަކަތަކަށް ބަލާއިރު، ކުރެވުނު ކަންކަން ގޯސްކޮށް ދެ ކުޅުންތެރިންނަށް ވެސް ވިސްނިފައިވާ ކަމަށެވެ.

އިންޓަ މިއާމީން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިއުސްޓަން ޑިނަމޯއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox