ޕީއެންސީއަށް މީހުން ވައްދަން ގާނޫނާ ހިލާފަށް ފޯމު ފުރި ކަމަށް އިހުސާން އެއްބަސްވެއްޖެ

ހޯމް މިނިސްޓަރު، އަލީ އިހުސާން: ޕީއެންސީގެ ފޯމުތައް ފުރީ ހެކިވެރިންގެ ގައިރު ހާޒިރުގައި ކަމަށް އިހުސާން އިއުތިރާފުވެވަޑައިގެންނެވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޯމް މިނިސްޓަރު، އަލީ އިހުސާން: ޕީއެންސީގެ ފޯމުތައް ފުރީ ހެކިވެރިންގެ ގައިރު ހާޒިރުގައި ކަމަށް އިހުސާން އިއުތިރާފުވެވަޑައިގެންނެވި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރު ކުރުމަށް ފުރި ފޯމުތަކުގެ ތެރެއިން ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ފޯމު ފުރީ ގާނޫނާ ހިލާފަށް ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން އެއްބަސްވެވަޑައިގެންފި އެވެ.

އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންވަމުން, އިހުސާން ވިދާޅުވީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ފުރައިގެން ގެނައި ފޯމުތަކުގައި ހެކިވެރިޔާގެ ބައި ހުރީ ފުރިހަމަ ނުކޮށް ކަމަށާއި އެ ބައި ފުރިހަމަ ކުރީ ޑީއެންއާރުގެ އޮފީސް ތެރޭގައި ކަމަށެވެ. ފޯމުގައި ބުނެފައިވާ ގޮތުން ހެކިވެރިޔާ ސޮއި ކުރަންޖެހެނީ ޕާޓީއަށް ވަންނަ މީހާގެ ހާޒިރުގަ އެވެ.

"މީގެ ތެރޭގައި އަޅުގަނޑު ފަހުން ސާފުކޮށްލި އިރުގައި މި ބޭފުޅުން ކުރަމުން ގެންދާ މަސައްކަތަކީ ފޯމުތައް ފުރައިގެން އަންނައިރުގައި އޭގެ ވިޓްނެސްގެ [ހެކިވެރިޔާގެ] ބައި މި އިންނަނީ ފިލް [ފުރިހަމަ] ނުކޮށް، އެ ބޭފުޅެއްގެ ފޯމުގެ ވިޓްނެސްގެ ބައި އެ ބޭފުޅަކު ފިންގަޕްރިންޓު ޖެހުމާއި ސޮއި ކުރުމާއި އެ އެއްޗެހީގައި ތަފުސީލު ލިޔުމާއި މި ކަންކަން އެ ތަނުގެ ތެރޭގައި ހިނގައިދިޔަ ކަމަށް އަޅުގަނޑަށް ފަހުން މައުލޫމާތު ލިބިފައިވޭ،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި ތިބި ސިޔާސީ މުވައްޒަފުން ޕީއެންސީއަށް ފޯމު ފުރުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ އޭނާ އަންގަވައިގެން ކަމަށެވެ. އެ ގޮތުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއައްސަސާތަކުގައި މަސައްކަތް ކުރާ ކޮންމެ ސިޔާސީ މުވައްޒަފަކު 15 ފޯމު ހަމަ ކުރަން އެންގެވި ކަމަށް އިހުސާން އިއުތިރާފުވެވަޑައިގެންނެވި އެވެ.

ހޯމް މިނިސްޓްރީން ހުށަހެޅި ފޯމުތައް ފުރީ ހެކިވެރިންގެ ގައި ހާޒިރުގައި ކަމަށް އިހުސާން އެއްބަސްވެވަޑައިގެންނެވިއިރު، ޕީއެންސީގެ ކޮންމެ މެންބަރު ފޯމެއްގައި ވެސް ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދި އެ ފޯމެއްގައި ސޮއި ކޮށްފައި ވަނީ ހެކިވެރިންގެ ހާޒިރުގައި ކަމަށް ލިޔެފައި އޮވެ އެވެ.

އެ ބައިގައި ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއި ކުރާ ބަޔަކު ސޮއި ކުރަން އޮންނަނީ، އެ ފޯމު ފުރީ އެ މީހެއްގެ ހާޒިރުގައި ކަމަށް ހެކިވުމަށެވެ.

އެހެން އެކަން އޮތްއިރު، ރަސްމީ އިދާރާއަކަށް ދޮގު ހެކިބަސް ދިނުމާއި ދޮގު މައުލޫމާތު ދިނުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 520 ވަނަ މާއްދާ އާއި 521 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހާއި ހަތަރު މަހާއި 24 ދުވަހާ ދެމެދުގެ ޖަލު ހުކުމެކެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ސިޔާސީ މަސައްކަތް ކުރުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"ހާއްސަކޮށް ޑީއެންއާރު ފަދަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ އޮފީހެއްގެ ތެރޭގައި މިފަދަ ކަންތައްތައް ކުރުމަކީ ކުރެވިގެން ދިޔުމަކީ ރައްޔިތުންގެ އިތުބާރު އެކަމަށް ގެއްލިދާފަދަ ސުވާލު އުފެދިދާނެ ފަދަ ކަމެއް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ ސަބަބާ ހުރެ މީގެ ފަހުން ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް މުއައްސަސާއެއްގައި އެފަދަ މަސައްކަތެއް ނުކުރުމަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ ވަގު ފޯމު މައްސަލައިގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމަށް މެލޭޝިއާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ބެސްޓިނެޓާ ހަވާލު ކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އިދިކޮޅުން ފާހަގަކޮށްފައި ހުރި ކަންކަމުން ދިފާއުވުމުގެ ބަދަލުގައި މިއަދު އިހުސާން މުޅީންހެން ވެސް ދެއްކެވީ ކުރީ ސަރުކާރުގެ ވާހަކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox