ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖް: ނަބާ އާއި ނަބީ އަދި ޒަޔާން އާއި ނިބާލް ކުއާޓާ އަށް

Feb 21, 2025, 2:42 AM
ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖް: ނަބާ އާއި ނަބީ އަދި ޒަޔާން އާއި ނިބާލް ކުއާޓާ އަށް

މިހާރު ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ޗެލެންޖް 2025 ގެ ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލުން ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ޖާހަ ހޯދިއިރު، އަންހެން ޑަބަލްސްގެ ކުއާޓާ އިން އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ޖާގަ ހޯދައިފި އެވެ.

ނަބާ އާއި ނަބީގެ ޕެއާ ގަދަ 16 ބުރުގައި ވާދަކުރީ، އިންޑިއާގެ ޕްރަނީކާ ހޯލްކަރު އާއި މަނީޝާގެ ޕެއާއާ އެވެ. އެ މެޗުން ނަބާ އާއި ނަބީގެ ޕެއާ މޮޅުވީ، 21-17، 21-19 އިންނެވެ. ކުއާޓާ ފައިނަލުގައި ނަބީ އާއި ނަބާގެ ޕެއާ ވާދަކުރަނީ، ސްވިޒަލެންޑްގެ ލޫސީ އަމިގޭ އާއި ކެރޮލީން ރަކްލޯޒްއާ އެވެ.

ފިރިހެން ޑަބަލްސްގައި، ޒަޔާން އާއި ނިބާލްގެ ޕެއާ ވަނީ ގަދަ 16 ބުރުގައި، ސައުދީ އަރަބިއްޔާގެ ގަހުތާން އަލަބީދީ އާއި ޔަޒާން ސައިގްގެ ޕެއާ އަތުން 21-16، 21-16 އިން މޮޅުވެފަ އެވެ. ކުއާޓާ ފައިނަލުގައި ޒަޔާން އާއި ނިބާލްގެ ޕެއާ ބައްދަލުކުރާނީ، އިންޑިއާގެ ޑިންކޫ ސިންގް އާއި އަމާން މުހައްމަދުގެ ޕެއާއާ އެވެ.

ފިރިހެން ސިންގަލްސްގެ ކޮލިފިކޭޝަން ބައިގައި، ހަސަން ޒަޔާންގެ ފުރަތަމަ މެޗު ވޯކްއޯވާ ވިއިރު، ދެ ވަނަ މެޗުން އޭނާ ވަނީ ތިން ސެޓު ކުޅެގެން، ޒެމްބިއާގެ ޗޮންގޯ އެޒްރާ އަތުން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ، 23-25، 21-06 އަދި 21-10 އިންނެވެ. ފިރިހެން ސިންގަލްސް ކޮލިފިކޭޝަންގައި، ޒަޔާން ޒަކީ ވަނީ ޔޫގާންޑާގެ ގުނަ ކުޝަލް އަތުން ތިން ސެޓު ކުޅެގެން، 14-21، 21-14 އަދި 21-11 އިން ބަލިވެފަ އެވެ. އަދި، ނިބާލް ވަނީ ފުރަތަމަ މެޗުން ޑެނިސް މުކާސާ އަތުން 21-14، 21-10 އިން މޮޅުވެފަ އެވެ. އެކަމަކު، ދެން ކުޅުނު މެޗުން، ޔޫއޭއީގެ ދޭވް ވިޝްނޫ އަތުން 21-18، 21-18 އިން ބަލިވެފަ އެވެ.

އަންހެން ސިންގަލްސްގައި ނަބީ އަތުން ތުރުކީގެ ނެސްލިހާން އަރީން މޮޅުވީ، 21-10، 21-13 އިންނެވެ. އަދި ، ގަދަ 16 ބުރުގައި، އިންޑިއާގެ އިރާ ޝަރްމާ މޮޅުވީ، 21-13، 21-09 އިންނެވެ. ނަބާ ވަނީ ފުރަތަމަ މެޗުން، ޔޫގާންޑާގެ ވެރޯން ސަދާތު އަތުން 12-21، 03-21 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox