ކުޅިވަރު އެސޯސިއޭޝަންތައް އޮޑިޓްކުރުން މުހިންމު: ސައްތާރު

Feb 20, 2025, 4:43 AM
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ސައްތާރު.--- ފޮޓޯ: އަދަދު ސްޕޯޓްސް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން ސައްތާރު.--- ފޮޓޯ: އަދަދު ސްޕޯޓްސް

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ގަވާއިދުން އޮޑިޓްކުރުން ވަރަށް މުހިންމު ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

ސައްތާރު މި ގޮތަށް ވިދާޅުވީ، ރޭ ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ގޮތުން، އޮލިމްޕިކް ކޮމިޓީގެ މިދިޔަ އަހަރުގެ އޮޑިޓް މި އަހަރުގެ ޖެނުއަރީ ތެރޭ ނިންމާފައިވާނެ ކަމަށާއި އޭގެ އެންމެ ބޮޑު ބޭނުމަކީ، ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް މި ކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން މުހިންމު ކަމެއްގެ ގޮތުގައި ފުރިހަމަ ކުރުމަށް ކަމަށް ސައްތާރު ވިދާޅުވި އެވެ.

"ސަބަބަކީ އިންޓަނޭޝަނަލީ މިހާރު ހުރިހާ ޕޭރެންޓް ބޮޑީސްތައް ބޭނުންވޭ ކޮންމެ އެސޯސިއޭޝަނެއްގެ ވެސް މާލީ ހިސާބުތައް އެ އަހަރެއްގެ ތެރޭގައި ނިންމަން، އެސޯސިއޭޝަންތަކުން ވެސް އެބަދައްކަން ޖެހޭ އެ ބޭފުޅުންގެ ކްލަބްތަކަށް ނޫނީ އެ ބޭފުޅުންގެ ވޯޓުލާ ބޭފުޅުންނަށް އެ ބޭފުޅުން މި ހިންގާ އިރުގައި ދެފުށް ފެންނަ ކަން ވެސް، މިއަދު، އޮޑިޓަކީ އަހަރު ތެރޭ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ސްޕޯޓްސް މިިނިސްޓްރީން ވެސް ވަނީ ނިންމައިފައި. އެކަންކަން އެއީ ކޮންމެ ހެން ވެސް ކުރަން ޖެހޭ،" ސައްތާރު ވިދާޅުވި އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމު ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ސައްތާރު ވިދާޅުވީ، އޮޑިޓާ ގުޅޭގޮތުން ބައެއް އެސޯސިއޭޝަންތަކުގައި މައްސަލަ ހުރިކަން ހުރިހާ ފަރާތަކަށް ވެސް އެނގޭ ކަމަށާއި އެކަން އެ ގޮތަށް ދިއުމަކީ ކުޅިވަރަށް އޮތް ގެއްލުމެއް ކަމަށެވެ.

"ބައެއް އެސޯސިއޭޝަންތަކުގައި އިޝޫސްތަކެއް ވެސް ދިމާވެފައި އެބަހުރި، މި ކަހަލަ އިޝޫސްތައް ވެސް ދިމާނުވާނެ ގޮތަކަށް މި ކަންކަން ކުރަންވީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ ދެ ދުވަހުން އެއް ދުވަހު އަޅުގަނޑުމެންގެ އެއްވެސް އެސޯސިއޭޝަނެއް އެއްވެސް ކަހަލަ އިޝޫއެއް ދިމާވެގެން، އެ ބޭފުޅުންނާ އެހެން ބޭފުޅުންތަކެއް ހަވާލުކޮށްގެން ކަންތައްތަކެއް ދާކަށް. އަޅުގަނޑުމެން ބޭނުންވަނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް ވަރަށް ހަރުދަނާ އުސޫލުތަކަކަށް އަޅުގަނޑުމެންގެ އެސޯސިއޭޝަންތައް ހިންގަން،" ސައްތާރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީން ދެ ގޮތަަކަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ވަނީ މާލީ އެހީތެރިކަން ދީފަ އެވެ. އެއީ، އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅައިގެން، އަތޮޅު ތެރޭގައި ޕްރޮގްރާމް ހިންގާ ތިން އެސޯސިއޭޝަނަކަށް ތިން ލައްކަ ރުފިޔާ ދޭ ގޮތަށާއި ކުޅިވަރުގެ މުހިންމު ކަންކަން ފުރިހަމަކުރަން 11 އެސޯސިއޭޝަނަކަށް ދޫކުރި 77،100 ރުފިޔާ އެވެ.

އެ ގޮތުން، އަތޮޅުތެރޭގައި ކުޅިވަރު ފުޅާކުރަން ޕްރޮޕޯސަލް ހުށަހަޅައިގެން، އެހީތެރިކަން ހޯދަމުން ދަނީ، ސްވިމިން އެސޯސިއޭޝަން، އެތުލެޓިކްސް އެސޯސިއޭޝަން އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނުންނެވެ.

"ފުރަތަމަ 50 ޕަސެންޓް ދީފައި ނިންމާވަރަކުން، އެ ގޮތަށް ފޯރުކޮށްދީގެން ތިން ލައްކަ ހަމަކުރަނީ. މައިގަނޑު ކަމަކީ، އަތޮޅަށް ފޯކަސްކުރަން، ދެން، ބޭނުންވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ހިނގާނެ ކުޅިވަރުތަކަކަށްވުމަށް،" ސައްތާރު ވިދާޅުވި އެވެ. "އެގާރަ އެސޯސިއޭޝަނަކަށް އެހީތެރިކަން ފޯރުކޮށްދެން ނިންމިން ބައެއް ކަހަލަ އިޖުރާއަތްތައް ފުރިހަަމަ ކޮށްފައި ހުރިއްޔާ. 77،100 ރުފިޔާ، އެއީ، އެސޯސިއޭޝަނަކަށް ކުރަން ބޭނުންވާ މުހިންމު ކަންކަމަށް ދެވޭ އެހީއެއް،"

އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ސަބަބަކީ އެތުލީޓުންނަށް އަދި ރާއްޖޭގެ ކުޅިވަރުގެ މުސްތަގުބަލަށް ކުރަން ޖެހޭ މުހިންމު ކަންކަން ކުރުމަށް ފަސޭހަކޮށްދިނުމަށެވެ.

ކުޅިވަރު އެސޯސިއޭޝަން ހިންގުމުގެ ކަންކަން ރަނގަޅުކުރުމުގެ ގޮތުން، އެހީތެރިވުމަށް، މެނޭޖްމަންޓް ކޯސްތަކެއް ކުރިއަށްގެންދަން ވެސް އޮލިމްޕިކް ކޮމިޓީން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން، މީގެ ކުރިން ދެމުން އައި ސްކޮލަޝިޕް ފުރުސަތު ވެސް ލިބުނުހާ އަަވަހަށް ފޯރުކޮށްދޭނެ ކަމަށް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ސަރުކާރުން އެތުލީޓުންނަށް ދޭ އަރުތަ ޕްރޮގްރާމްގެ ސަބަބުން ވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ސައްތާރު ވިދާޅުވި އެވެ.

"އަރުތަ ޕްރޮގްރާމަކީ އޮލިމްޕިކް ކޮމިޓީއާ ސީދާ ގުޅިގެން ކުރިއަށްދާ ޕްރޮގްރާމެއް ނޫން، އެކަމަކު، މިހާރު އަރުތަ ޕްރޮގްރާމް ގެންދާނެ ގޮތުގެ ގައިޑްލައިންތަކެއް ހެދިގެން އެސޯސިއޭޝަންތަކާ ގުޅިގެން ކުރިއަށްދާނީ. މި ޕްރޮގްރާމްގެ ފަރާތުން ވެސް އެތުލީޓުންނަށް ކުރިއެރުން ލިބިގެންދިޔަ، މިނިސްޓްރީން މައުލޫމާތު ދެނީ، މިހާރު މި ޕްރޮގްރާމްގެ އެހީ ލިބެމުން ދާ އެތުލީޓުންނަށް އެ ކުރިއަށްދާނެ ކަމަށް، ދެން އަޅުގަނޑުމެން އޮލިމްޕިކްސް އަށް ދޭ ސްކޮލަޝިޕްތައް ވެސް ލިބުނުހާ އަަވަހަކަށް އެވޯޑް ކުރެވިގެންދާނެ،" ސައްތާރު ވިދާޅުވި އެވެ.

އޮލިމްޕިކް ކޮމިޓީން މި އަހަރަށް ފާސްކުރީ 63 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެއިން، 50 މިލިއަން ރުފިޔާ އަކީ، ސަރުކާރުން އެކިއެކި ކަންކަމާ ގުޅޭގޮތުން، ލިބޭ ގޮތަށް ހިމަނާފައިވާ ބަައެވެ. އެއީ، ގޭމްސްތަކުގައި ބައިވެރިވުމަށް ހިނގާ ހަރާދާއި އެހެނިހެން ކުޅިވަރުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ފައިސާ އެވެ.

ސައްތާރު ވިދާޅުވީ، މި އަހަރު ރާއްޖޭން ބައިވެރިވާ، ގޭމްސްތަކަށް ދިއުމަށް ހިނގާނެ ހަރަދުތައް ވަނީ ސްޕޯޓްސް މިނިސްޓްރީ އަށް ބަޖެޓެއް ފޮނުވާފައި ކަމަށެވެ. އަދި އެކަމުގެ މައުލޫމާތުތައް މިނިސްޓްރީން ނުލިބޭކަން ސައްތާރު ވަނީ ފާހަގަކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox