ގުލާ އަށް މުސްތަގުބަލު އެބައޮތް: އޮޒިލް

Feb 19, 2025, 6:29 AM
ގުލާ އަށް މުސްތަގުބަލު އެބައޮތް: އޮޒިލް

އިސްތަންބޫލް، ތުރުކީ (ފެބްރުއަރީ 19) - ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާން ތަރި، އާޑާ ގުލާ އަށް މުސްތަގުބަލު އެބައޮތް ކަމަށް ރެއާލް އާއި އާސެނަލްގައި މީގެ ކުރިން ވިދާލި، ޖަރުމަނު ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު، މެސުޓް އޮޒިލް ބުނެފި އެވެ.

ފެނަބާޗޭގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ގުލާ، 19، 2023 ވަނަ އަހަރު، 25 މިލިއަން ޑޮލަރަށް އަރާ ޑީލެއްގައި ރެއާލުން ސޮއިކޮށްފަ އެވެ. އެކަމަކު، ތުރުކީ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ގުލާ އަށް ރެއާލުގައި އެންމެ އެކަށީގެންވާ މިންވަރަށް ކުޅެން ފުރުސަތު ނުލިބޭތީ، އެ ވާހަކަތައް ތުރުކީ މީޑިއާގައި އަންނަނީ ގެނެސްދެމުންނެވެ.

ތުރުކީ ދަރިކޮޅަށް ނިސްބަތްވާ އޮޒިލް އަކީ ވެސް ކެރިއަރުގެ މުހިންމު އުމުރެއްގައި ރެއާލަށް ދިއުމަށް ފަހު، ފަހުން އާސެނަލްގައި ތަފާތު ދެއްކި ކުޅުންތެރިއެކެވެ. ތުރުކީ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި އޮޒިލް ބުނީ، އޭނާ އާއި ގުލާ އަށް ދިމާވެފައި ހުރި ހާލަތާ އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށެވެ.

"އަހަރެން ރެއާލުގައި ހުރިއިރު ވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތިބި، ފުރުސަތުތައް އެ ކަހަލަ ކްލަބްތަކުގައި އަންނާނީ އެކި ގޮތަށް، ރަނގަޅު ވިސްނުމުގައި ހުރެފިއްޔާ، ގުލާ އަށް ވެސް މުސްތަގުބަލު އެބައޮތް،" އޮޒިލް ބުންޏެވެ.

"ގުލާ އާއި ކެނާން (ޔުވެންޓަސް އަށް ކުޅެމުން އަންނަ ކެނާން ޔިލްޑިޒް) އަކީ ތުރުކީ ފުޓްބޯޅައިގެ މުސްތަގުބަލު އެ މީހުންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ،"

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގުލާ އަންނަނީ މި ސީޒަނަށް ފަހު ރެއާލް ދޫކޮށްލަން ވާހަކަ ދައްކަމުންނެވެ. އޮޒިލް އެކޭ އެއްގޮތަށް ގުލާ ވެސް ރެއާލް ދޫކޮށްލުމަށް ފަހު ފެނުން ގާތީ ޕްރިމިއާ ލީގުގެ ކްލަބަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox