ހުރިހާ ބޭސްތަކެއް މެދުނުކެނޑި އެސްޓީއޯއިން ލިބޭނެ ގޮތް ހަމަޖައްސަނީ

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރަ: މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިހެން އެސްޓީއޯގެ ބޭސްފިހަރާތައް ހުރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރަ: މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިހެން އެސްޓީއޯގެ ބޭސްފިހަރާތައް ހުރޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އެޕްރޫވްޑް ޑްރަގު ލިސްޓުގައި ހިމެނޭ ހުރިހާ ބޭސްތަކެއް މެދުނުކެނޑި އެސްޓީއޯގެ ފާމަސީތަކުން ލިބޭ ގޮތް ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް މި ގޮތަށް ނިންމެވީ އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދައްޗެއް އަދި މާލީ ދަތިކަމެއް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި, އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ކަނޑައަޅުއްވަމުންނެވެ.

ހުރިހާ ބޭހެއް އެސްޓީއޯގެ ފާމަސީތަކުން ލިބޭ ގޮތަށް ހަދަން ސަރުކާރުން ނިންމާފައި މި ވަނީ ބޭސް ސިޓީގައި ބުނާ ބޭސްތައް ލިބުމުގައި އާންމުންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް, ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މީހުން ލިޔެފައިވާ ގޮތުގައި ބައެއް ބޭސްތައް އެއްގޮތަކަށް ވެސް ނުލިބެ އެވެ. އަނެއް ބައި ބޭސްތަކަށް އާސަންދަ ނުލިބޭ ކަމަށް ފާމަސީތަކުން ބުނަމުން އަންނައިރު, އާސަންދަ ނުލިބޭ ކަމަށް ބުނާ ބޭސްތައް ބޮޑު އަގުގައި ގަންނަން މަޖުބޫރުވެފައިވާ ކަމަށް ވެސް މީހުން އަންނަނީ ބުނަމުންނެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމަށް އެސްޓީއޯއާ ހަވާލުކުރާ އެހެން ޒިންމާތަކުގެ ތެރޭގައި:

  • މާލޭގައި ގާއިމުކުރާ ޖެނެރަލް ޕްރެކްޓިޝަނާޒް ކްލިނިކުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި އެސްޓީއޯގެ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  • ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސްޓީއޯ އިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން
  • އާސަންދަ ލިބޭ ބޭރުގެ ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް އެތެރެކުރުމުގެ ހުއްދަ އެސްޓީއޯއަށް ލިބޭނެ ގޮތް ހެދުން
  • އެސްޓީއޯއިން ސީދާ ބޭސް އުފައްދާ ތަންތަން މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން
  • އެސްޓީއޯއިން ލިބެން ހުރި ބޭސް ފެންނާނެ ގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރަން އެސްޓީއޯއިން ވަނީ މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭ ކޮމިޓީއެއް ވެސް އުފައްދާފަ އެވެ.

އެމްއެފްޑީއޭގެ ޑްރަގު ލިސްޓުގައި 2200 އާ ގާތްކުރާ އަދަދަކަށް ބޭސް ހިމެނޭއިރު, މީގެ ތެރެއިން މަދު ބޭހެއް ފިޔަވައި އެހެން ބޭސްތައް އިމްޕޯޓުކުރުމުގެ ފުރުސަތު ބޭސް އެތެރެކުރާ ވިޔަފާރިތަކަށް އޮވެ އެވެ. އެސްޓީއޯއަކީ މިހާރު ވެސް އެ ލިސްޓުގައި ހިމެނޭ ގިނަ ބޭސްތަކެއް އެތެރެކުރާ ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox