ބޭހުގެ މައްސަލައަށް ހައްލު ހޯދުމަށް ހާއްސަ ކޮމިޓީއެއް އެސްޓީއޯއިން އެކުލަވާލައިފި

މާލޭގައި ހިންގާ ބޭސްފިހާރައެއް: ގިނަ ބޭސްފިހާރަތަކުން މިހާރު މުހިންމު ބޭސްތަކެއް ނުލިބޭ -- ފޮޓޯ: އަދަދު ފައިލް

މާލޭގައި ހިންގާ ބޭސްފިހާރައެއް: ގިނަ ބޭސްފިހާރަތަކުން މިހާރު މުހިންމު ބޭސްތަކެއް ނުލިބޭ -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ހިމެނޭ ކޮމިޓީއެއް އުފައްދައި އެސްޓީއޯއިން ލިބެން ހުރި ބޭސްތައް ވަގުތުން ޑޮކްޓަރުންނަށް ބަލައިލެވޭ ގޮތަށް އޮންލައިން ޕްލެޓްފޯމެއް ގާއިމު ކޮށްފި އެވެ.

އެސްޓީއޯއިން ބުނީ އެ ނިންމުން ނިންމީ އެ ކުންފުންޏާއި މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެއްގައި ކަމަށެވެ.

އެ ގޮތުން ރާއްޖެއަށް އެތެރެ ކުރާ ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެކުލަވައިލި ކޮމިޓީގައި އެސްޓީއޯގެ އިތުރުން އާސަންދަ އާއި މޯލްޑިވްސް ޑޮކްޓާސް ޔޫނިއަންގެ އިތުރުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކޮމިޓީގެ ސަބަބުން ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ދިމާވާ ދަތިތަކާމެދު މަޝްވަރާ ކުރެވި އެ ލިބޭ މައުލޫމާތުގެ އަލީގައި ބޭހުގެ މައްސަލައަށް ހޯދަން ޖެހޭ ހައްލު އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އޭގެ އިތުރުން ބަލި މީހާއަށް ބޭނުންވާ ބޭސް ލިޔެ ދިނުމުގެ ކުރިން މިއަދު ގާޢިމު ކުރަން ނިންމި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބެން ހުރި ބޭސް ބަލައިލެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ނިންމުންތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާއި އެކި ފަރާތްތަކުން ފާހަގަ ކުރާ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox