ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމުގައި އޮތް ސިޔާސީ ނުފޫޒު ފޮހެލުމަށް މިނިވަން އިދާރާއެއް އުފައްދަން ފައްޔާޒުގެ ހިޔާލު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު. ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ވިދާޅުވެ ގެނެވިދާނެ ބައެއް ބަދަލުތައް ހިޔާލުތަކެއްގެ ގޮތުގައި އޭނާ ވަނީ ހުށަހަޅުއްވާފައި --- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު. ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރި ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ވިދާޅުވެ ގެނެވިދާނެ ބައެއް ބަދަލުތައް ހިޔާލުތަކެއްގެ ގޮތުގައި އޭނާ ވަނީ ހުށަހަޅުއްވާފައި --- ފޮޓޯ: އެމްޑީޕީ

ދައުލަތުން މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަން ހިންގާ ކަމުގެ ތުހުމަތުތަކާއި އެފަދަ މައްސަލަތައް ފެންމަތިވުން ހުއްޓުވުމަށް ދައުލަތުގެ ޕްރޮކިއުމަންޓާއި ގުޅޭ މިނިވަން އިދާރާއެއް އުފައްދައި އެ އިދާރާގެ ދަށުން ދައުލަތުގެ ޕްރޮކިއުމަންޓާ ގުޅޭ ކަންކަން ކުރިއަށްގެންދެވޭނެ ގޮތަށް ނިޒާމީ އިންތިޒާމަށް ބަދަލު ގެނައުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ހުށަހަޅުއްވައިފި އެވެ.

ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިއުމަންޓާ ގުޅޭ ގިނަ މައްސަލަތަކެއް ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ތިލަވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދައުލަތަށް ބޮޑެތި އަދަދުން ފައިސާ ގެއްލި ފޫނުބެއްދޭނެ ވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވެސް އެބަހުއްޓެވެ.

ދައުލަތުގެ ނިޒާމީ އިންތިޒާމަށް ގެނެވިދާނެ ބައެއް ބަދަލުތަކަށް އަލިއަޅުވާލައި "އަދަދު" ނޫހުގައި ލިޔުއްވި ކޮލަމެއްގައި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ވަނީ ސަރުކާރު ހިންގާ މީހުން ޕްރޮކިއުމަންޓު ނިޒާމުން ބޭރު ކުރުމަށް ހިޔާލު ހުށަހަޅުއްވާފަ އެވެ.

Advertisement

"ސަރުކާރު ހިންގާން ހިދުމަތްކުރާން ތިބޭ މީހުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުން އެއްކޮށް ބޭރުކުރުމަކީ، ތުހުމަތުތަކުން ބަރީއަވެތިބެ، އެ މީހުންގެ މަގާމުގެ ހަގީގީ މަސްއޫލިއްޔަތު އަދާކުރުމަށް ބާރު އެޅޭނޭ ކަމެއް،" އޭނާ ލިޔުއްވި އެވެ.

މިކަން ކުރުމުގެ ގޮތުން ޕްރޮކިއުމަންޓަށް ހާއްސަ މިނިވަން މުސްތަގިއްލު އިދާރާއެއް އުފެއްދުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ. އެ އޮފީސް ހިންގާނީ ސަރުކާރުގެ ނިޒާމާއި، ސިޔާސީ ގުޅުންތަކުން އެކަހެރިވެފައިވާ ބައެއް ގޮތަށް ކަނޑައެޅިދާނެ ކަމަށް ފައްޔާޒު ލިޔުއްވި އެވެ.

"އެ އިދާރާ ހިންގާނީ، ރައްޔިތުންގެ މަޖިލީހުން އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލައި، ރައްޔިތުންގެ ވޯޓުން ހޮވާ ބައެއް. އެއީ ތިން މެންބަރުންތޯ ފަސް މެންބަރުންތޯ ނުވަތަ އެގާރަ މެންބަރުންތޯ އަޅުގަނޑުމެން ބަހުސްކޮށް ނިންމާނީ،" އެ ބަހުސަށް ދައުވަތު ދެއްވައި ފައްޔާޒު ލިޔުއްވި އެވެ.\

މިގޮތަށް ޕްރޮކިއުމަންޓުގެ ކަންކަން ބަދަލުކުރެވުމުން ސަރުކާރުތަކަށް އަމާޒުވާ ތުހުމަތުތަކުން ބަރީއަވެ، އެފަދަ ތުހުމަތެއް ކުރެވިއްޖެނަމަ އެ މައްސަލަތައް ބެލުމަށްވެސް ސަރުކާރުގެ ފަސްޖެހުމެއް ނޯންނާނެ ކަމަށް ފައްޔާޒު ލިޔުއްވި އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ދައުލަތުގެ ޕްރޮކިއުމަންޓުގެ ކަންކަން ބެލެހެއްޓުމަށް މިނިވަން އިދާރާތައް އުފައްދައި ހިންގަމުންދެ އެވެ. މިފަދަ އިދާރާތަކާ ގުޅޭ ގާނޫނީ އޮނިގަނޑުތައް އެކުލަވާލާފައި ވަނީ ވާދަވެރިކަމާއި، ޖަވާބުދާރީވުމާއި، ދެފުށް ފެންނާނެ ގޮތަށް ކޮންޓްރެކްޓުތައް އެވޯޑު ކުރެވޭނެ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox