ދިވެހި ދައުލަތުގެ ރިޔާސީ ފެންތެލި

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ތަހުޒީބާއި ތަމައްދުނުގެ ގޮތުން ކުރިއަރަމުން ދިޔަ ސަހަރެއްގެ ރަށް ބޭރުގައި ކުޑަ އަވަށެއްގައި ނިކަމެތި އާއިލާއެއް އުޅެމުންދިޔަ އެވެ. ސަހަރުގެ ތަރައްގީއާއި މުއްސަނދިކަމުގެ އެއްވެސް މަންފާއެއް މި ނިކަމެތި އާއިލާއަކަށް ނުލިބެ އެވެ. އެކަނިމާއެކަނި ދިރިއުޅުނު އަންހެން މީހާ، އޭނާގެ ތިން ދަރިންނަށް ކާންދެނީ ރަށުގެ ތަނަވަސް ގޭގޭގައި ނޯކިރީކޮށްދީގެން ލިބޭ އެއްޗަކުންނެވެ. މަސައްކަތެއް ލިބޭ ދުވަހެއްނަމަ ތިން ވަގުތު ބަނޑުފުރާނަމުއްތި ކުރެވޭ ވަރު ވެއެވެ. އެ ނޫން ދުވަސް ދުވަހު ތިބެނީ ހުސްގޮހޮރާ އެވެ.

ތިން ކުދިން އެ ކުދިންގެ ހާލަށް ދޫކޮށްލާފައި ހެނދުނު ހެނދުނާ މި އަންހެންމީހާ މަސައްކަތަށް ނުކުމެއެވެ. އެނބުރި އަންނަނީ ރޭގަނޑު އެވެ. ގޭގައި ހުރި އެއްޗަކުން ދުވާލު ފުއްދައިގެން ތިބޭ މި ކުދިންނަށް ރޭގަނޑުގެ ކެއުން ނަސީބުވަނީ މި އަންހެން މީހާ އެނބުރި އަންނައިރު ގެންނަ އެއްޗެއް ރޯފިލުވައިދިނީމަ އެވެ. ކޮންމެ ދުވަހަކީ ނަސީބުވެރި ދުވަހަކަށް ނުވެ އެވެ. ބައެއް ދުވަސް ދުވަހު، މުޅި ދުވަހުގެ މަސައްކަތުންވެސް ރޭގަނޑު ކާނޭ އެއްޗެއް ލިބޭ ވަރެއް ނުވާނެ އެވެ.

ކުދިން ތިބެނީ އަމާ އަންނާނޭ ވަގުތެއްގެ އިންތިޒާރުގަ އެވެ. ކާއެއްޗެއް ނުލިބޭ ދުވަހެއްނަމަ، އެ ވާހަކަ ކުދިން ކައިރީގައި ބުނާކަށް މި އަންހެން މީހާއަކަށް ނުކެރެ އެވެ. ހާންތިވެފައި ތިބި ކުދިން ރުޅިއައިސް، ބޮޑާހާކަން ފަށައިފިނަމަ އެކުދިން މައިތިރި ކުރެވޭނޭ ގޮތެއްވެސް ނޯންނާނެތީ އެވެ. އެހެންވެ، އަމާ ހަދާގޮތަކީ އުނދުން ރޯކުރުމަށްފަހު އުދުން މައްޗަށް ފެން ތެއްޔެއް އުނދަނީ އެވެ. ކުދިން ހީކުރާނީ އެކުދިންނަށް ކާންދޭން އަމާ ކާ އެއްޗެއް ރޯފިލުވަނީ ކަމަށެވެ. އުނދުގައި ހުރީ ހުސް ފެން ކަން އެނގޭނީ އަމައަށެވެ. ލަސްވެގެން ކުދިން ރޮއިގަތީމާ އަމާ ބުނެ އެވެ. ކެތްތެރިވާށެވެ. މިހާރު އެހުރީ އުދާފަ އެވެ. ލިބޭނީ ކެކުނީމާ ނޫންހެއްޔެވެ؟ އުނދުން މަތީގައި ހުރި އެއްޗެއް ކެކޭނޭ ވަގުތެއްގެ އިންތިޒާރުގައި ތިއްބައި މި ކުދިން ވަރުބަލިވެގެން ނިދިދާނެ އެވެ.

މިއީ ވަރަށް ކުރިއްސުރެ އަޑުއަހަމުން އަންނަ ވާހަކަ އެކެވެ. މި ވާހަކައިން ކިޔައިދެނީ ގޮތްހުސްވެފައިވާ މަންމައެއްގެ ނިކަމެތި ކަމާއި، ކުދިން ލޮއްސުމަށް އޭނާ ގެންގުޅުނު މޮޅު އުކުޅެވެ. އެކަމަކު، ފެންނަ ފެނުމަށް މި ވާހަކައިން އެންމެ ބޮޑު އިބުރަތެއް ހޯދީ ސިޔާސީ ބޭބޭފުޅުންނެވެ.

މި ރިޔާސީ ދައުރަށް އެއް އަހަރު ފުރުނު ފަހުން، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް އެ ކުރައްވާ ދަތުރުފުޅުތަކުގައި ދެއްވާ ތަގުރީރުތައް އަޑުއައްސަވާށެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި މިރަށަށް ކޮށްދޭނޭކަމަށް ވައުދުވި ކަންކަން ކޮށްދެއްވާނޭކަމަށް އަލުން ވައުދުވެވަޑައިގަންނަވަނީ އެވެ. ރައްޔިތެއްގެ ފަރާތުން ކަމަކަށް އެދިއްޖެނަމަ ރައީސް ނޫނެކޭ ވިދާޅެއް ނުވާނެ އެވެ. ކޮށެއްވެސް ނުދެއްވަ އެވެ. ވެވަޑައިގަންނަވަނީ ވައުދެކެވެ. ތިޔަ މަސައްކަތް މި ގެންދަވަނީ ކުރައްވަމުންނޭ ވިދާޅުވާނެ އެވެ.

ހަގީގަތުގައި ރައީސް ކޮންމެ ރަށެއްގައިވެސް އެ ބަހައްޓަވަނީ މި ފެންތެއްޔެވެ. ތެލީގެ ބޮޑުކަމުން އެތެރޭގައި ހުރި އެއްޗެއް ރައްޔިތުންނަކަށް ނުފެނެ އެވެ. އެނގެނީ އެއްޗެއް ކައްކާން އުދާފައި ހުރިކަމެވެ. ރަށަށް ބޭނުންވެފައި ހުރި ކޮންމެ މަޝްރޫއަކާ ގުޅިގެން ރައްޔިތަކު ސުވާލުކުރިޔަސް ރައީސްގެ އިޝާރާތުން ދައްކަވަނީ މި ފެންތެއްޔެވެ. އެހުރީ އުދާފައޭ އިސާހިތަކު ކެކިދާނެއޭ ވިދާޅު ވެ އެވެ. ރައްޔިތުން ތިބެނީ ކެކޭނޭ އިރެއްގެ އިންތިޒާރުގަ އެވެ.

އުމަރު އައްޔާރުގެ ސުންބުއްޔާއި މި ތެއްޔާ ހުރީ ކުޑަކުޑަ ތަފާތެކެވެ. ހިތަށް އެރުވި ކޮންމެ އެއްޗެއް އެ ސުންބުލިން ވަގުތުން ނެގެ އެވެ. މި ތެލިން އެއްޗެއް ލިބޭނީ ކެކުނީމަ އެވެ. ނޭނގެނީ ކެކޭނޭ އިރެކެވެ.

ރިޔާސީ ހުވަޔާއެކު ސަރުކާރުން ކައްކާން އުނދި ތެލީގައި ހުރި އެއްޗެއް ކެކޭނޭ އިރެއްގެ އިންތިޒާރުގައި ރައްޔިތުން މިހާރުވެސް އެއް އަހަރު ހޭދަކޮށްފި އެވެ. އުދާފައި ހުރި ތެއްޔަށް ހޫނުކޮށްފައި ބަހައްޓާން އަންދަމުން ގެންދަނީ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައުލަތަށްދޭ ފައިސާ އެވެ. އެއްޗެއް ކެވޭނީ ކެކުނީމާކަން އެނގޭތީ، ފައިސާ އަންދަމުން ގެންދާއިރުވެސް ރައްޔިތުން އެތިބީ ކެތްތެރިކަމާއެކު ބަލަހައްޓައިގެންނެވެ. ލަސްވާތީ ހިތްހަމަނުޖެހިގެން ޝަކުވާކޮށްލަނީ މަދު މީހެކެވެ.

މި ތެލީގައި ކެކެމުންދާ އެއްޗެއްގެ އިންތިޒާރުގައި ރައްޔިތުން އިތުރަށް މާ ގިނަ ދުވަހަކު ނުގެންގުޅެވޭނޭކަން ސަރުކާރަށްވެސް އެނގޭނެ އެވެ. ހައްލަކީ އޮއްޓަރެއް ހުރި އެއްޗެއް ހޯދައި އެ ތެއްޔަށް އެޅޭނޭ އިންތިޒާމު ހަމަޖެއްސުމެވެ. ސަރުކާރުގެ އުމުރުން ހޭދަވަމުން މިދާ ދެވަނަ އަހަރުގެ ތެރޭގައި އޮއްޓަރެއް ހުރި އެއްޗެއް މި ތެއްޔަށް ލައި، ރޯފިލުވައިގެން ރައްޔިތުންނަށް ދިއްކޮށްނުލައިފިނަމަ، ހާންތިވެފައި ތިބި ރައްޔިތުން އަރައިގަނެ ފެންތެލި ބަންޑުން ޖަހާލީމާ ފިހޭނީ މި ސަރުކާރާއެކު މުޅި ދައުލަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox