ޔޫއެސްއެއިޑުގެ އެހީއާއެކު ރާއްޖޭގައި ހިންގާ ޕްރޮގްރާމުތައް ވެސް ހުއްޓާލުމުން ގިނަ ބައެއްގެ ވަޒީފާ ގެއްލިއްޖެ

Feb 3, 2025, 7:59 AM
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޫގޯ ޔެން ޔޫއެސްއެއިޑުގެ ޕްރޮގްރާމެއްގެ ހަފުލާގައި: މަދުވެގެން 11 ޖަމިއްޔާއެއްގެ މަސައްކަތްތައް ވަނީ ހުއްޓާލަންޖެހިފައި -- ފޮޓޯ: ޔޫއެސްއެއިޑް މޯލްޑިވްސް

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޫގޯ ޔެން ޔޫއެސްއެއިޑުގެ ޕްރޮގްރާމެއްގެ ހަފުލާގައި: މަދުވެގެން 11 ޖަމިއްޔާއެއްގެ މަސައްކަތްތައް ވަނީ ހުއްޓާލަންޖެހިފައި -- ފޮޓޯ: ޔޫއެސްއެއިޑް މޯލްޑިވްސް

ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީތައް މެދުކަނޑާލުމުން ރާއްޖޭގައި އެ އެޖެންސީއިން ހިންގާ ހުރިހާ ޕްރޮގްރާމުތަކެއް ހުއްޓި، ގިނަ ބައެއްގެ ވަޒީފާ ގެއްލިއްޖެ އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި، ޔޫއެސްއެއިޑުގެ އެހީތައް ކަނޑާލުމުން މަދުވެގެން 11 އިދާރާއެއްގެ މަސައްކަތްތަކަށް ވަނީ ބުރޫއަރައިފަ އެވެ. އަދި އެތަންތަނުގެ ވަރަށް ގިނަ ބައެއްގެ ވަޒީފާ ވެސް ވަނީ ގެއްލިފަ އެވެ.

ޔޫއެސްއެއިޑުގެ ޕްރޮގްރާމުތައް މެދުކަނޑާލިއިރު، އެ އެޖެންސީން އަދި އެ އެޖެންސީއިން ފަންޑު ކުރާ ޖަމިއްޔާތަކުން ދަނީ ރާއްޖޭގައި ވަރަށް ގިނަ ޕްރޮގްރާމުތައް ހިންގަމުންނެވެ. ޑިމޮކްރަސީ އާއި ތިމާވެށި އަދި ހެޔޮވެރިކަމާ ގުޅޭ ގިނަ ޕްރޮގްރާމުތަކެއް އޭގެ ތެރޭގައި ހިމެނެ އެވެ.

ޔޫއެސްއެއިޑު މެދުވެރިކޮށް މިދިޔަ އަހަރު މަދުވެގެން 12 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމަށް ވެސް އެމެރިކާއިން އޮތީ ނިންމައިފަ އެވެ. އެ ފައިސާ ހަވާލު ކުރިކަމެއް ނޭނގެ އެވެ. ޔޫއެސްއެއިޑުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އެކައުންޓުތައް އެމެރިކާގެ ސަރުކާރުން ބަންދު ކުރުމުން އޭގެ ތަފުސީލު މިވަގުތު ނުހޯދުނެވެ.

ޔޫއެސްއެއިޑުން އެހީ ލިބިގެން އެންމެ ގިނަ ޕްރޮގްރާމުތައް ހިންގާ އެއް ޖަމިއްޔާއަކީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އެވެ. އެ ޖަމިއްޔާއަށް ލިބޭ ފައިސާގެ ތެރެއިން 80 ޕަސެންޓަކީ ޔޫއެސްއެއިޑުން ލިބޭ ފައިސާކަން މި ނޫހަށް އެނގިފައިވެ އެވެ.

ޓްރާންސްޕޭރަންސީގެ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު ބާތިލުކޮށް މިހާރު ވަނީ ނޯޓިހެއް ދީފަ އެވެ. އަދި ޔޫއެސްއެއިޑުގެ އެހީ ލިބިގެން ހިންގާ ބައެއް އެހެން ޖަމިއްޔާތަކުގެ މުވައްޒަފުންތަކެއް ކަނޑާލުމަށް ވެސް ވަނީ ނޯޓިސް ފޮނުވައިފަ އެވެ. އޭގެ

ޔޫއެސްއެއިޑުގެ އެހީ ލިބެމުން އައި ބައެއް މުއައްސަސާތައް

  1. ފުލުހުންގެ ހިދުމަތް
  2. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް
  3. ލޯކަލް ގަވަމަންޓް އޮތޯރިޓީ
  4. ބައެއް ރަށްރަށުގެ ލޯކަލް ކައުންސިލްތައް
  5. މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން
  6. ޓްރާންސްޕޭރަންސީ މޯލްޑިވްސް
  7. ބާ ކައުންސިލް އޮފް މޯލްޑިވްސް
  8. އިންޓަނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް
  9. އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް
  10. އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް މޯލްޑިވްސް
  11. ނެޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް މޯލްޑިވްސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު ޔޫއެސްއެއިޑުގެ ފަންޑު މެދުކަނޑާލީ 90 ދުވަހަށެވެ. އެމެރިކާއިން އެހެން ގައުމުތަކަށް ދޭ މުހިންމު ހުރިހާ އެހީއެއް ވަނީ ކަނޑާލައިފަ އެވެ. ޔޫއެސްއެއިޑުން ދޭ އެހީތަކާމެދު ހާއްސަކޮށް ސަރުކާރުގެ ވެރިން އަންނަނީ ޝައްކު އުފައްދަމުންނެވެ.

އެގޮތުން، ޔޫއެސްއެއިޑަކީ ކުށްކުރާ އެޖެންސީއެއް ކަމަށާއި އެ އެޖެންސީ "މަރާލަން ޖެހޭ" ކަމަށް ޓްރަމްޕުގެ ސަރުކާރުގައި އިސް ރޯލެއް އަދާ ކުރާ މަހުޖަނު އީލޯން މަސްކު ވަނީ އިއްޔެ ބުނެފަ އެވެ. އެހެންކަމުން، 90 ދުވަހުގެ މެދުކެނޑުމަށްފަހު ޔޫއެސްއެއިޑުގެ ޕްރޮގްރާމުތައް އަލުން ފަށާނެ ގޮތުގެ ތަފުސީލެއް އަންދާޒާ ކުރާކަށް ވެސް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox