ޓްރަމްޕަށް ޖިންސީ ގޯނާގެ ތުހުމަތުކުރި ކެރޯލްއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށައިފި

May 29, 2026, 2:30 AM
ކެރޯލް

ކެރޯލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކުރި ލިޔުންތެރިޔާ އީ ޖީން ކެރޯލްގެ މައްޗަށް ޖިނާއީ ތަހުގީގެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ފަށައިފި އެވެ.

މި ތަހުގީގު ކުރިއަށް ގެންދަނީ ޓްރަމްޕާ ދެކޮޅަށް ކެރޯލް ކުރި މަދަނީ ދައުވާތަކާ ގުޅިގެން އޭނާ ކޯޓުގައި ދޮގު ހެކިބަސް ދީފައިވޭތޯ ބެލުމަށެވެ.

މި މައްސަލައިގެ ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުވެފައި ވަނީ 2023 ވަނަ އަހަރު ކެރޯލް ދީފައިވާ ބަޔާނަކަށެވެ.

އެ ބަޔާނުގައި އޭނާ ބުނެފައިވަނީ ޓްރަމްޕާ ދެކޮޅަށް ކުރާ ދައުވާތަކަށް ބޭރުގެ އެއްވެސް ފަރާތަކުން މާލީ އެހީތެރިކަން ލިބިފައިނުވާ ކަމަށެވެ. ނަމަވެސް، ލިންކްޑިންގެ ކޯ-ފައުންޑަރު ރީޑް ހޮފްމަން، ކެރޯލްގެ ގާނޫނީ ފީތައް ދެއްކުމުގައި އެހީތެރިވެފައިވާކަން ފަހުން ވަނީ ހާމަވެފަ އެވެ.

ކެރޯލް ވަނީ މީގެ ކުރިން ޓްރަމްޕާ ދެކޮޅަށް ކުރި ދެ މަދަނީ ދައުވާއެއް ކާމިޔާބުކޮށްފައެވެ. 2023 ވަނަ އަހަރު ޖޫރީއަކުން ނިންމީ ޓްރަމްޕް، ކެރޯލަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށާއި، އަދި އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށެވެ.

މި މައްސަލައިގައި ޓްރަމްޕްގެ މައްޗަށް 5 މިލިއަން ޑޮލަރު ދެއްކުމަށް ހުކުމް ކުރިއެވެ. އަދި ދެވަނަ ދައުވާގައި ޓްރަމްޕްގެ މައްޗަށް 83 މިލިއަން ޑޮލަރު ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ. ޓްރަމްޕް ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށް، މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

ޖިނާއީ ތަހުގީގާ ގުޅޭގޮތުން ގާނޫނީ މާހިރުން ބުނަނީ، ތަހުގީގެއް ފެށުމަކީ ކެރޯލްގެ މައްޗަށް ދައުވާ އުފުލުން ނުވަތަ އޭނާ ހައްޔަރުކުރުން ނޫން ކަމަށެވެ. މަދަނީ މައްސަލައަކުން އުފަންވާ ދޮގު ހެކިބަހުގެ މައްސަލައެއްގައި ފެޑަރަލް ސަރުކާރުން ދައުވާ ކުރުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށްވެސް މާހިރުން ފާހަގަކުރެއެވެ. މި މައްސަލައިގައި ކެރޯލް ގަސްތުގައި ދޮގު ހެދިކަން ސާބިތުކޮށްދިނުމަކީ ތަހުގީގީ އިދާރާތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

މި ތަހުގީގު ހިންގަމުންދަނީ އިލިނޯއިގެ ނޮދަން ޑިސްޓްރިކްޓްގެ ޔޫއެސް އެޓަރނީގެ އޮފީހުންނެވެ. މި މައްސަލައިގައި މިހާރުގެ އެކްޓިން އެޓަރނީ ޖެނެރަލް ޓޮޑް ބްލާންޗް ބައިވެރިވެވަޑައިނުގަންނަވާނެއެވެ. ސަބަބަކީ އޭނާއަކީ މީގެ ކުރިން ޓްރަމްޕްގެ ވަކީލެއްގެ ގޮތުގައި މި މައްސަލަތަކުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީއެވެ.

ޓްރަމްޕް އަލުން ވެރިކަމަށް ވަޑައިގަތުމަށްފަހު، އޭނާގެ އިދިކޮޅު ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް ތަކުރާރުކޮށް ދަނީ ގޮވާލަމުންނެވެ. ހަމައެއާއެކު، ކުރީގެ ސަރުކާރުތަކުން ނާއިންސާފުން ތަހުގީގު ހިންގާފައިވާ ފަރާތްތަކަށް ބަދަލު ދިނުމަށް ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ބޮޑު ފަންޑެއްވެސް ގާއިމުކޮށްފައެވެ. ނަމަވެސް މި ނިންމުމަށް ޑިމޮކްރެޓުންނާއި ބައެއް ރިޕަބްލިކަނުންވެސް ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox