ބެޑްމިންޓަނަށް ދާއިމީ ހައްލެއް ވަރަށް އަވަހަށް ހޯދިގެންދާނެ: މިނިސްޓަރު

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖްގެ ތެރެއިން މިނިސްޓަރު ރާފިއު.---- ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖްގެ ތެރެއިން މިނިސްޓަރު ރާފިއު.---- ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އަށް ދިމާވެފައިވާ މައްސަލަތަކަށް ވަރަށް އަވަަހަށް ދާއިމީ ހައްލެއް ހޯދިގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ކޮމީޓީގެ ދައުރު، މިދިޔަ އަހަރުގެ މާޗް މަހުގެ 11 އަށް އޮތީ ހަމަވެފަ އެވެ. އެކަމަކު، މި ވަގުތު ވެސް ރަސްމީ ހައިސިއްޔަތުން ބެޑްމިންޓަން އެސޯސިއޭޝަނުން، އެންމެ އިސް ފަރާތެއްގެ ގޮތުގައި މުއާމަލާތު ކުރަމުން އަންނަނީ، އެ ހިންގާ ކޮމިޓީގެ ނައިބު ރައީސް އަހުމަދު ޝާކިރު މޫސާ އެވެ. ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްގެ ވެބްސައިޓް ބުނާގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކީ، ޝާކިރު އެވެ. އަދި، ޖެނެރަލް ސެކްރެޓަރީ އަކީ، މުހައްމަދު ނަސީރު އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ސްޕޯޓްސް ކައުންސިލް ދަށަށް ގެންނަން ނިންމައިފަ އެވެ. އެ މައްސަލައާ ދެކޮޅަށް ބެޑްމިންޓަން އެސޯސިއޭޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، ކޯޓުން ނިންމީ ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށެވެ. އެ ނިންމުން އިސްތިއުނާފުކުރަން ހައި ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން ހުށަހެޅިއިރު، ރާއްޖޭގެ ބެޑްމިންޓަނުގެ ކުރިމަގާ ގުޅޭގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ވެސް ބައިވެރިވާ ގޮތަށް އަންނަނީ ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފްއާ މަޝްވަރާކުރަމުންނެވެ.

"ރާއްޖޭގެ ބެޑްމިންޓަންގެ ހާލަތު އަޅުގަނޑުމެން އެންމެންނަށް ވެސް އެބައެނގޭ. މިނިސްޓްރީން ވެސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ހާލަތު ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް މި ދަނީ ކުރަމުން، ﷲ އިރާދަކުރެއްވިއްޔާ މި ކަމަށް ދާއިމީ ހައްލެއް ވަރަށް އަވަސް ފުރުސަތެއްގައި އަޅުގަނޑު ދަންނަވާނީ ހޯދިގެންދާނެ،" ދާދި ފަހުން ނިމުނު ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖްގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ރާފިއު ވިދާޅުވި އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ފަރާތުންނާއި ސަރުކާރުން ވެސް މި މަސައްކަތްކުރަނީ އިންޓަނޭޝަނަލް ޖަމިއްޔާތަކާ އެއްކޮށް، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއް ގޮތަށް ބެޑްމިންޓަންގެ މައްސަލަ ހައްލުކޮށްގެން، އެސޯސިއޭޝަން އިއާދަކުރުމަށްޓަކައި ކަމަށް ރާފިއުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވާނީ އެކަން މިހާރު މި އޮތީ، ވަރަށް އަވަސް ފުރުސަތެއްގައި އަޅުގަނޑުމެންނަށް ވަކި ގޮތަކަށް ބައްޓަން ކޮށްގެން އަޅުގަނޑުމެންނަށް އެސޯސިއޭޝަންގެ މަސައްކަތް އިއާދަކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް މި ދެކެނީ،" ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބެޑްމިންޓަންގެ ހާލަތު މި ގޮތަށް އޮއްވައި ވެސް އެންމެ މުހިންމު ކަމަކީ ރިވައިވަލް ސްޕޯޓްސް އިން ބޮޑު މުބާރާތެއް ގާތްގަނޑަކަށް 330 އަކަށް ކުދިން ހިމެނޭ ގޮތަށް ބޭއްވުން ކަމަށެވެ.

"އެގާރަ ވަރަކަށް އެކަޑަމީ ނުވަތަ ކްލަބްތައް ހިމެނިގެން މިހާ ބޮޑު މުބާރާތެއް ވަރަށް ފޯރިގަދަކޮށް މި ދިޔައީ ނިމިގެން، އަޅުގަނޑު ދަންނަވާނީ މި ފުރުސަތު މި ހާލަތު އޮތް ކަމުގައި ވިޔަސް އެހެން އެކެޑަމީތަކަށް ވެސް އަދި އެހެން ކްލަބްތަކަށް ވެސް އެބައޮތޭ، ބެޑްމިންޓަން އަޅުގަނޑުމެން ލޯކަލީ މިހާ ފޯރީގައި ކުރިއަށްގެންދެވޭނެ މަގު މިހާރު މި އޮތީ ތަނަވަސްވެފައި،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެހެން ކްލަބްތަކާއި އެކަޑަމީތަކަށް ވެސް ރިވައިވަލް އިން އިސްނަގައިގެން ކަން މި ކުރި ގޮތަށް މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ރިވައިވަލްގެ މި މުބާރާތް ވެގެން މިދިޔައީ ވަރަށް ފޯރިގަދަ ވަރަށް ޖޯޝާ އެކު، ބެޑްމިންޓަން އަނެއްކާ އަލުން އިއާދަވުމުގެ މަންޒަރުތައް ފެނިގެންދިޔަ މުބާރާތެއް ކަމަށެވެ.

އަދި މިނިސްޓަރު ވަނީ، ބެޑްމިންޓަން ކުޅުންތެރިންގެ މެދުގައި މި ވަރުގެ މުބާރާތެއް ބޭއްވުމަށް ރިވައިވަލް އިން އިސްނަގާފައިވާތީ އެ ކަމަށް ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox