ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް: އެންމެ މޮޅު ބެޑްމިންޓަން އެކެޑަމީގެ ޓްރޮފީ އޭދަފުށްޓަށް

Feb 2, 2025, 7:36 AM
ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް: އެންމެ މޮޅު ބެޑްމިންޓަން އެކެޑަމީގެ ޓްރޮފީ އޭދަފުށްޓަށް

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް 2025 ގެ އެންމެ މޮޅު އެކެޑަމީ އަށް ދޭ ޓްރޮފީ ރިވައިވަލް އޭދަފުށި އެކެޑަމީން ހޯދައިފި އެވެ.

މުޅި ރާއްޖެ ހިމެނޭގޮތަށް 10 އަކަށް ވުރެ ގިނަ އެކެޑަމީ ވާދަކުރި ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުން އޭދަފުށީ އެކަޑަމީ އަށް މޮޅު އެކަޑަމީގެ މަގާުމު ލިބުނީ 23 މެޑަލް ހާސިލްކޮށްފައިވާތީވެ އެވެ.

ރިވައިވަލް އިން އޭދަފުށީގައި ގާއިމްކޮށް ވަރުގަދަކޮށް ހިންގަމުން އަންނަ މި އެކަޑަމީން މޮޅު އެކަޑަމީ ޓްރޮފީ ހާސިލުކުރީ ތިން ރަން މެޑަލް، ހަ ރިހި އަދި 14 ލޯ މެޑަލް ހާސިލްކޮށްގެންނެވެ.

ރަން މެޑަލް ހާސިލްކުރީ 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިން އަވްފް ބިން ފަޒުލޫން އާއި 17 އަހަރުން ދަށުގެ ޑަބަލްސް ބައިން އިލާން ރިލްވާން އާއި ޔޫސުފް ޒީކް ޒުހާންގެ ޕެއާ އިންނެވެ.

ރިހި މެޑަލް ހޯދާފައިވަނީ، 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ބައިން، ރިޝާމް އަބްދުލް ފައްތާހު، މި އުމުރުފުރާގެ އަންހެން ސިންގަލްސް އިން އަޒްކާ ރިލްވާން، މި އުމުރުފުރާގެ ފިިރިހެން ޑަބަލްސް އިން ޔޫސުފް ޝައިލް އިސްމާއިލް މައީޝް މުހައްމަދުގެ ޕެއާ އަދި މި އުމުރުފުރާގެ އަންހެން ޑަބަލްސް އިން އަޒްކާ އާއި ހައްވާ ނައުރީން މުހައްމަދުގެ ޕެއާ އިންނެވެ.

ލޯ މެޑަލް ހާސިލްކޮށްފައިވަނީ 11 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ބައިން ތިލާލް މުހައްމަދު ވަހީދު، 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިން އީރަމް އަބްދުލް މަތީން، 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް ބައިން އިލީނީ އަލީ ޝަފީގު، 15 އަހަރުން ދަށުގެ ފިރިހެން ޑަަބަލްސް އިން އަވްފް ބިން ފަޒުލޫން އާއި ރިޝާމް އަބްދުލްފައްތާހުގެ ޕެއާ އާއި އިލާފް މުހައްމަދު އިކްރާމް އާއި ޔޫސުފް އީތަން ބިން ޝިފާޒްގެ ޕެއާ އިންނެވެ.

އަދި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް އިން ލާރާ މުހައްމަދު ލަތީފް އާއި އައިޝަތު ރައިޝާ ޒާކިރުގެ ޕެއާ އާއި 17 އަހަރުން ދަށުގެ ސިންގަލްސް ބައިން، މުހައްމަދު ހައްޔާނު ބިން އަބްދުލް ހަންނާން އާއި ޔޫސުފް ޒީކް ޒުހާން، 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިން މަރިޔަމް ނައުރީން ނާޝިދު އަދި 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިން މުހައްމަދު އަލޫފް ރިފާއު އެެވެ.

މީގެ އިތުރުން، ސީނިއާ ޑަބަލްސް ބައިން، މުހައްމަދު އިކްރާމް ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެެވެ. އެއީ، ޝިފާއު އަބްދުﷲ އާ އެއް ޕެއާއެއްގައި ކުޅެގެންނެވެ.

އެގާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ރަން މެޑަލް ހޯދީ އިޒް އަލް ދިން އެވެ. ދެ ވަނަ އަށް ދިޔައި ނޫރު ރޫދު އުސައިދު މޫސާ އެވެ. މި އުމުރުގެ އަންހެން ސިންގަލްސް ޗެމްޕިއަނަކީ، މީފާ ބިންތު މޫސާ އެވެ. އެއީ ފައިނަލުގައި ލުޔޫނާ ވާސިއު ބަލިކޮށްފަ އެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އިން މައީޝް މުހައްމަދު އެއް ވަނަ ހޯދީ ފައިނަލުގައި މުހައްމަދު ޔުއާން އަރަފާތު ސައީދު ބަލިކޮށްފަ އެވެ. ތޭރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން، ލައިބާ އަހުމަދު މަހުލޫފް (އެލީ) ހޯދީ ފައިނަލުގައި ލައިސާ ޝަޒްވާން އަހުމަދު ބަލިކޮށްފަ އެވެ.

ފަނަރަ އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަނަކީ، ޔަލްވީ ހުސެއިން ޒުހުރީ އެވެ. މި އުމުރުފުރާގެ ޑަބަލްސް ޗެމްޕިއަަނަކީ، ލައިބާ އާއި ޔަލްވީގެ ޕެއާ އެވެ.

ސަތާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން، އަހުމަދު ފަލާހު ފަރޫޒާން ހޯދީ ފައިނަލުގައި އިބްރާހިމް ނާޝިތު ހަމްދީ ބަލިކޮށްފަ އެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަނަކީ، ސާރާ ޖަލާލް އަތުން ފައިނަލުގައި މޮޅުވި ކިޔާން އާދިލް މުހައްމަދު އެވެ. މި އުމުރުފުރާގެ ފިރިހެން ޑަަބަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު އިލާން ބިން ރިލްވާން އާއި ޒީކްގެ ޕެއާ އެެވެ.

ނަވާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން، ރިވައިވަލްގެ އާދަމް މަހީން މުހައްމަދު ހޯދީ ފައިނަލުގައި އަހުމަދު އަޔާން ބިން މުހައްމަދު ސޮލާހު ބަލިކޮށްފަ އެވެ. ޑަބަލްސް ބައިން ޗެމްޕިއަނަކީ މަހީން އާއި މުހައްމަދު އަހުސަން އަހުމަދުގެ ޕެއާ އެެވެ. މި އުމުރުފުރާގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން، އައިޝަތު ޒޯޔާ ހުސެއިން ހޯދީ ފައިނަލުގައި އައިޝަތު އަދްވާ މުހައްމަދު ބަލިކޮށްފަ އެވެ. އަދި އަންހެން ޑަބަލްސް ޗެމްޕިއަަނަކީ، ޒޯޔާ އާއި އައިޝަތު ޔަސްނާ އަތޫފްގެ ޕެއާ އެވެ.

އޯޕަން ބައިގެ އަންހެން ޑަބަލްސް ޗެމްޕިއަނަކީ، ގައުމީ ޓީމުގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) އެވެ. އެއީ ފައިނަލުގައި ބުސައިނާ އަހުމަދު ރިޒާ އާއި މަދީހާ އަބްދުލް ގާދިރު ބަލިކޮށްފަ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ނަޝީއު ޝަަރަފުއްދީން އާއި ރިއާޒް މުހައްމަދުގެ ޕެއާ އޮން ހޯދީ ފައިނަލުގައި ދަންކަރު އަޖޭ އާއި މުހައްމަދު ހިޝާމް ލަތީފްގެ ޕެއާ ބަލިކޮށްފަ އެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) އެވެ. މި މުބާރާތުގައި 330 އަށް ވުރެ ގިނަ އެތުލީޓުން ވާދަކުރުމުން އެކަމަށްޓަކައި މިނިސްޓަރު ވަނީ އިންތިޒާމްތައް ކުރި ރިވައިވަލް އަށް ޝުކުރު އަދާކޮށްފަ އެެެވެ.

މީގެ އިތުރުން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ވެސް ވަނީ މުބާރާތުގައި އެ ދެ ކެޓަގަރީ އޮތުމުން އެކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox