ރިވައިވަލް ސްޕޯޓްސްގެ މުބާރާތުން މުޅި ރާއްޖެ އަށް ވެސް ފުރުސަތު

Jan 31, 2025, 8:46 AM
ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް މުބާރާތުގެ ތެރެއިން ޕުޗު.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖް މުބާރާތުގެ ތެރެއިން ޕުޗު.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

މިހާރު ކުރިއަށްދާ ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މޮޅެތި ކުޅުންތެރިންނަށް ފުރުސަތު ފަހިވެގެން ގޮސްފައިވާ ކަމަށާއި ހުނަރުވެރި އެތައް ކުޅުންތެރިންނެއް މިހާތަނަށް ކުޅުނު މެޗުތަކުގައި ވެސް ފެނިފައިވާ ކަމަށް މުބާރާތުގެ އިސް ރެފްރީ، އަހުމަދު ޝިހާމް (ޕުޗު) ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް، މާލޭ ކުޅިވަރު އެކުވެނީ ބެޑްމިންޓަން ހޯލުގައި ކުރިއަށްދާ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގައި އެކި އުމުރުފުރާއިން އެއްކޮށް ޖުމްލަ 300 އަށް ވުރެ ގިނަ ކުޅުންތެރިން އަންނަނީ ބައިވެރިވަމުންނެވެ.

ދުނިޔޭގެ އެކި ފަންތީގެ މުބާރާތްތަކުގައި އޮފިޝަލްކުރުމުގެ އިތުރުން، ރާއްޖޭގައި ވެސް ގިނަ އަހަރުތަކެއްގެ ތަޖުރިބާ ރެފްރީކަން ކުރުމުގައި ހާސިލްކޮށްފައިވާ ޝިހާމް، "އަދަދު ސްޕޯޓްސް" އަށް ބުނީ، އެހާ ދުވަސްކޮށްފައި މުބާރާތެއް މި ގޮތަށް ބާއްވާތީވެ، ބައިވެރިވި ކުޅުންތެރިންގެ ނިސްބަތް ގިނަކޮށް ފެންނަ ކަމަށެވެ.

"އެ ގޮތަށް ބަލާއިރު، މިއީ އެއް އަހަރުކޮށްފައި ކުޅުންތެރިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކޭ އަޅުގަނޑު ބުނެލާނީ،" މާލެ ސަރަހައްދުގައި، މިހާ ބޮޑަށް ހުޅުވާލެވިގެން މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ބާއްވާ ފުރަތަމަ މުބާރާތާ ގުޅޭގޮތުން، ޝިހާމް ދެކޭ ގޮތް ހިއްސާކުރި އެވެ.

ޝިހާމް ބުނީ، އޭނާގެ ނަޒަރުގައި ރާއްޖޭގައި ބެޑްމިންޓަން ދިރުވައި އާލާ ކުރުމުގައި އެންމެ އިސް މަސައްކަތްތަކެއް ކުރާ ރަށްތަށް ރިވައިވަލްގެ މި މުބާރާތުން ފެނިގެން އެބަދެ އެވެ.

"ބެޑްމިންޓަންގައި ރާއްޖޭގައި ނަން ކިޔާ ހުރިހާ ރަށެއްގެ ކަހަލަ ގޮތަކަށް ޖޫނިއާ އޭޖުން ފަށައިގެން ސީނިއާ ކުޅުންތެރިން އެބަފެނޭ، އޯޕަން ކެޓަގަރީގައި ވެސް ޓީމުތަކެއް ބައިވެރިވެފައި މި އޮތީ، ކުޅުންތެރިންތަކެއް ބައިވެރިވެފައި މި އޮތީ،" ޝިހާމް ބުންޏެވެ.

އެ ގޮތުން، ރިވައިވަލްގެ މި މުބާރާތުގައި، ބ. އޭދަފުށި، ޅ. ނައިފަރު، ނ. ހޮޅުދޫ، އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ އިތުރުުން މާލޭގެ އެކަޑަމީތަކުގެ ކުޅުންތެރިންނާއި ގައުމީ ޖޫނިއާ ޕޫލުގައި ހިމެނޭ ކުޅުންތެރިންނާއި ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ވާދަކުރެ އެވެ.

ޝިހާމް އަށް މުބާރާތުގެ ފުރަތަމަ ދެ ދުވަހު ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންތައްތަކަށް ބަލައި، އޭނާ ހިއްސާކުރީ ކުރިއެރުމުގެ ވާހަކަ އެވެ.

"މިދިޔަ އަހަރު ބައެއް ރަށްރަށުގައި ހިންގި ބައެއް މުބާރާތްތަކުގައި އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން އޮފިޝިއޭޓްކުރި މީހެއްގެ ގޮތުގައި ފާހަގަކުރާނީ، ވަރަށް ބޮޑު ކުރިއެރުމެއް ކުދިންގެ ފަރާތުން ފެންނަކަން ހާއްސަކޮށް ފާހަގަކޮށްލަން. އަޅުގަނޑު އަނެެއްހެން ހީވެސް ނުކުރާހާ ސަޕްރައިޒިން މެޗުތަކެއް މުބާރާތުގެ މިހާތަނަށް ވެސް ފެނިއްޖެ. އަދި ކުއާޓާ ފައިނަލާ ހަމައަށް އަދި ކިރިޔާ މި ފޯރީ، ފޯރިއިރުގައި މީގެ ކުރިން އަޅުގަނޑުމެންނަށް ފައިނަލުން ފެންނަހާ ފޯރިގަދަ މެޗުތަކެއް މިހާތަނަށް ވެސް ފެނިއްޖެ،" މެޗުތަކާއި ކުޅުންތެރިންގެ ކުޅުމަށް އިޝާރާތްކޮށް، ޝިހާމް ބުންޏެވެ.

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިނގާ ކުޅިވަރު ކްލަބްތަކުގެ ތެރެއިން ވެސް ފާހަގަކުރެވޭ ރިވައިވަލް އިން މީގެ ކުރިން، ބ. އޭދަފުށީގައި ޖޫނިއާ މުބާރާތެއް ވެސް ފޯރިގަދަކޮށް ކުރިއަށްގެންދިޔަ އެވެ. މި ފަހަރު މާލޭގައި މުބާރާތެއް ބާއްވާއިރު، މިއީ މި ދަނޑިވަޅަށް ބަލާއިރު ވަރަށް މުހިންމު ފުރުސަތުތަކެއް ފަހިވި ކަމެއްގެ ގޮތުގައި ޝިހާމް ބުނެފައިވެ އެވެ.

"އަޅުގަނޑު ބުނާނީ ބެޑްމިންޓަން ގާތްގަނޑަކަށް މާލޭގައި ހާއްސަކޮށް ވަރަށް ބޮޑަށް އަޑިއަޅާލާފައި ވަނިކޮށް، ކުޑަކުޑަކޮށް ދިރުވާލައިދިނީޔޭ ރިވައިވަލް އިން. އަޅުގަނޑުމެންގެ އޮފިޝަލުން އެކަންޏެއް ނޫން ޕްލޭޔަރުންގެ ވެސް ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ވަގުތެއްގައި ބޭނުންވެފައި އޮތް ފުރުސަތެއް ރިވައިވަލް އިން މި ހުޅުވާލައިދިނީ މި ހަމަ އަޅުގަނޑުމެން ބުނަންޖެހޭނީ ގެއްލެމުންދަނިކޮށް، ރިވައިވަލް އިން ހުރިހާ ކުޅުންތެރިންނަށް ދިން ވަރަށް ރަނގަޅު ފުރުސަތެކޭ ބުނާނީ،" ޝިހާމް ބުންޏެވެ.

ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން ޗެލެންޖުގައި މިއަދު ކުރިއަށްދާނީ ކުއާޓާ ފައިނަލް މެޗުތަކުން ފެށިގެންނެވެ. މެޗުތައް ފަށާނީ 14:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox