ލިވަޕޫލްގެ ރެކޯޑް ނިމުމަކަށް، ބާސެލޯނާ އަށް ފައިދާ ނުނެގުނު

Jan 30, 2025, 8:26 AM
ލިވަޕޫލްގެ ރެކޯޑް ނިމުމަކަށް، ބާސެލޯނާ އަށް ފައިދާ ނުނެގުނު

ބާސެލޯނާ (ޖެނުއަރީ 30) - ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްވީ އައިންދޯވަން އަތުން 3-2 އިން ބަލިވެ، ލިވަޕޫލުން މުބާރާތުގައި ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑް ނިމުމަކަށް އައި ނަމަވެސް ދެ ވަނައިގައި އޮތް ބާސެލޯނާ އިން އެޓަލަންޓާއާ 2-2 އިން އެއްވަރުވެ، އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ލިވަޕޫލުން ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ނުލައި، ކުޅުނު ރޭގެ މެޗުގައި ލީޑުނެގީ ކުރިން ޕީއެސްވީ އަށް ކުޅުނު ގަކްޕޯ ޖެހި ޕެނަލްޓީންނެެވެ. ޕީއެސްވީން އެއްވަރުކުރީ ޔޯހަން ބަކަޔޯކޯ ޖެހި ގޯލުންނެވެ.

ހާވީ އެލިއަޓް އަލުން ލިވަޕޫލަށް ލީޑުނަގައިދިންއިރު، ޕީއެސްވީން އެއްވަރުކުރީ، އިސްމާއިލް ސައިބާރީ ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތު ރިކާޑޯ ޕެޕީ ގޯލު ޖަހައި ޕީއެސްވީ މޮޅުކޮށްދީފަ އެވެ.

ބާސެލޯނާ އިން ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ޖެހީ، ލަމީން ޔަމާލް އާއި ރޮނާލްޑް އަރައުހޯ އެވެ. އެޓަަލަންޓާގެ ގޯލުތައް ޖެހީ މާރިއޯ ޕަސާލިޗް އާއި އެޑަސަން އެވެ.

ޗެމްޕިއަންސް ލީގުގެ ލީގު ބުރު ނިމުނުއިރު، ލިވަޕޫލް އެއް ވަަނަ ހޯދީ 21 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނަ ހޯދި ބާސެލޯނާ އާއި ތިން ވަނަ އާސެނަލް އަދި ހަތަރު ވަނަ އިންޓަ މިލާނަށް ވެސް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ.

އާސެނަލުން ވަނީ ރޭ 2-1 އިން ޖިރޯނާ އަތުން މޮޅުވެފަ އެވެ. އަދި އިންޓަ މިލާނުން ވަނީ ރޭ މޮނާކޯ އަތުން 3-0 އިން މޮޅުވެފަ އެވެ. ބަޔާން މިއުނިކް ކުޅުނު މެޗުން ސްލޮވަން ބްރަޓިސްލާވާ އަތުން ވަނީ 3-1 އިން މޮޅުވެފަ އެވެ. ބްރެސްޓް އަތުން ރެއާލް މެޑްރިޑް ވަނީ 3-0 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox