300 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާ ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ބޮޑު ތަރުހީބަކާ އެކު ކުރިއަށް

Jan 30, 2025, 6:27 AM
300 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާ ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ބޮޑު ތަރުހީބަކާ އެކު ކުރިއަށް

ޖުމްލަ އެކު، 300 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާ ރިވައިވަލް ބެޑްމިންޓަން ޗެލެންޖް 2025 ބޮޑު ތަރުހީބަކާ އެކު އިއްޔެ ފަށައިފި އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި، މި މުބާރާތުގެ މެޗުތައް އިއްޔެ ފެށިއިރު މި އަހަރުގެ މުބާރާތުގައި ޖުމްލަ 332 އެތުލީޓުން ވާދަކުރެ އެވެ.

މި އަހަރުގެ މުބާރާތުގައި މުޅިން އަލަށް ރިވައިވަލް އިން ވަނީ ސްޕެޝަލް އޮލިމްޕިކް އެތުލީޓުންނާ ޕެރަލިމްޕިކް އެތުލީޓުންނަށް ފުރުސަތުދީފަ އެވެ.

އެ ގޮތުން، ސްޕެޝަލް އޮލިމްޕިކް ފިރިހެން ސިންގަލްސް ބައިގައި ނުވަ އެތުލީޓުން ވާދަކުރާނެ އެވެ. ސްޕެޝަލް އޮލިމްޕިކް އަންހެން ސިންގަލްސް ބައިގައި ފަސް އެތުލީޓުން ވާދަކުރާއިރު, ސްޕެޝަލް އޮލިމްޕިކްސް ފިރިހެން ޑަބަލްސް ބައިގައި ދެ އެތުލީޓުން ވާދަކުރާނެ އެވެ. އަދި ސްޕެޝަލް އޮލިމްޕިކް އަންހެން ޑަބަލްސް ކެޓަގަރީގައި ވެސް ދެ ޕެއާ ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީގެ ފަސް އެތުލީޓުން ބައިވެރިވާނެ އެވެ.

މި ފަހަރުގެ މުބާރާތުގެ 11 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ކެޓަގަރީގައި 11 އެތުލީޓުން ވާދަކުރާއިރު, މި ކެޓަގަރީގެ އަންހެން ސިންގަލްސްގައި 17 އެތުލީޓުން ވާދަކުރެ އެވެ. ތޭރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި އަށް އެތުލީޓުން ވާދަކުރާއިރު، މި ކެޓަގަރީގެ އަންހެން ސިންގަލްސްގައި ވާދަކުރަނީ 26 އެތުލީޓުންނެވެ. އަދި 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 32 އެތުލީޓުން ވާދަކުރާއިރު, މި ކެޓަގަރީގެ އަންހެން ސިންގަލްސްގައި 31 އެތުލީޓުން ވާދަކުރެ އެވެ.

ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ މެޗެއްގެ ތެެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް

ސަތާރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 37 އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ. އަދި މި ކެޓަގަރީގެ އަންހެން ސިންގަލްސްގައި 19 އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ. 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސްގައި 16 އެތުލީޓުން ވާދަކުރާނެ އެވެ. އަދި މި ކެޓަގަރީގެ އަންހެން ސިންގަލްސްގައި ހަތަރު އެތުލީޓުން ވާދަކުރެ އެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ކެޓަގަރީގައި 15 ޕެއާ ވާދަކުރާނެ އެވެ. އަދި މި ކެޓަގަރީގެ އަންހެން ޑަބަލްސްގައި 15 ޕެއާ ވާދަކުރެ އެވެ. 17 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގައި ވެސް 15 ޕެއާ ވަނީ ބައިވެރިވެފަ އެވެ.

އަދި މި ކެޓަގަރީގެ އަންހެން ޑަބަލްސްގައި 10 ޕެއާ ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގައި 10 ޕެއާ ވާދަކުރާއިރު, މި ކެޓަގަރީގެ އަންހެން ޑަބަލްސްގައި ތިން ޕެއާ ވާދަކުރާނެ އެވެ.

ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ސީނިއާ މެންސް އޯޕަން ޑަބަލްސްގައި 27 ޕެއާ ވަނީ ބައިވެރިވެފަ އެވެ. އަދި މި ކެޓަގަރީގެ އަންހެން ޑަބަލްސްގައި 13 ޕެއާ ވާދަކުރެ އެވެ.

މާލެ ސަރަހައްދުގައި ރަސްމީކޮށް ހުޅުވާލައިގެން ބެޑްމިންޓަން މުބާރާތެއް ކުޅިވަރު އެކުވެނީގައި ނުބާއްވާތާ ގާތްގަނޑަކަށް އަހަރެއްވެފައިވާތީވެ، ރިވައިވަލް އިން އިސްނަގައިގެން ބާއްވާ މި މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން، ވެސް މި މުބާރާތުގައި ބައިވެރިވުމަށް މާލެވަނީ އަތުވެފަ އެވެ.

މި މުބާރާތުގެ ޖުމްލަ އިނާމް ފައިސާ 90،000 ރުފިޔާ އަށް އަަރަ އެވެ. އެހެންކަމުން، މިއީ މި ގޮތަށް ބެލިކަމުގައި ވިޔަސް ވާދަވެރިކަން ބޮޑުވާނެ މުބާރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox