ޕިއްޒާ ބޯނާގެ އަލްޓިމޭޓް ޕިއްޒާ ޗެލެންޖުގެ އެއްވަނަ އަބާން އަށް

ޕިއްޒާ ޗެލެންޖުގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ވަގުތުން ދިން. -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޕިއްޒާ ޗެލެންޖުގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ވަގުތުން ދިން. -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޕިއްޒާ ބޯނާއިން އިއްޔެ ހުޅުމާލޭގައި ބޭއްވި "އަލްޓިމޭޓް ޕިއްޒާ ޗެލެންޖް 2025" މުހައްމަދު އަބާން ހުސެއިން ކާމިޔާބުކޮށްފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ފުޑް އެންޑް ބެވަރޭޖު ޝޯގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި މި ޗެލެންޖުގައި 30 މީހުން ބައިވެރިވި އެވެ. އެ މީހުންގެ މަސައްކަތަށް ޕިއްޒާ ބޯނާގެ 18 އިންޗީގެ ޕިއްޒާއެއް 18 މިނެޓު ހަމަވުމުގެ ކުރިން ކައި ހުސްކުރުމެވެ. އެއްވަނަ ލިބެނީ އެންމެ އަވަހަށް ކައި ހުސްކުރި މީހަކަށެވެ.

މުބާރާތުގެ އެއްވަނަ އަބާން ހޯދީ 12.44 މިނެޓުން މުޅި ޕިއްޒާ ހުސް ކޮށްގެންނެވެ. ދެވަނަ 13.18 މިނެޓުން ޕިއްޒާ ކައި ހުސް ކޮށްގެން ނިރުޖާލް ކުމާރު ހޯދިއިރު، ތިންވަނަ ހަސަން ޝިފާއު ހޯދީ 14.51 މިނެޓުން ޕިއްޒާ ކައި ހުސް ކޮށްގެންނެވެ.

އެއްވަނައަށް 5،000ރ. ގެ ފައިސާގެ އިނާމެއް ދިންއިރު، ދެވަނައަށް 2،500ރ. އަދި ތިންވަނައަށް ދިނީ 1،000ރ. އެވެ.

ޕިއްޒާ ބޯނާއިން ބޭއްވި ޕިއްޒާ ކެއުމުގެ މުބާރާތުގެ ތެރެއިން: މުބާރާތުގެ އެއްވަނަ ހޯދި މިހާ ވަނީ 18 އިންޗީގެ ޕިއްޒާއެއް 12 މިނެޓުން ކައި ހުސްކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ޕިއްޒާ ބޯނާއިން ބޭއްވި ޕިއްޒާ ކެއުމުގެ މުބާރާތުގެ ތެރެއިން: މުބާރާތުގެ އެއްވަނަ ހޯދި މިހާ ވަނީ 18 އިންޗީގެ ޕިއްޒާއެއް 12 މިނެޓުން ކައި ހުސްކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޕިއްޒާ ބޯނާއިން ބޭއްވި ޕިއްޒާ ކެއުމުގެ މުބާރާތުގެ ތެރެއިން: މުބާރާތުގެ އެއްވަނަ ހޯދި އަބާން ވަނީ 18 އިންޗީގެ ޕިއްޒާއެއް 12 މިނެޓުން ކައި ހުސްކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މީގެއިތުރުން މުބާރާތުގައި ބައިވެރިވި 30 މީހުންނަށް ޕިއްޒާ ބޯނާއިން ވަނީ ހާއްސަ ވައުޗަރެއް ދީފަ އެވެ.

މުބާރާތުގެ އެއްވަނަ ހޯދި އަބާން ބުނީ އޭނާ އެ ޗެލެންޖުގައި ބައިވެރިވީ ރަށްޓެހިންނާ އެކު މަޖާ ކޮށްލުމުގެ ގޮތުން ކަމަށާއި އެއްވަނަ ލިބިދާނެ ކަމަށް އުންމީދު ވެސް ނުކުރާ ކަމަށެވެ.

"އިންސްޓަގްރާމުން ފެނުނީ ޕޯސްޓެއް ޗެލެންޖު އޮތްކަން. ރަށްޓެހިންނާ އެކު މަޖާކޮށްލަން ބައިވެރިވެލީ. އެއްވަނަ ހޯދޭނެ ކަމަށް އުންމީދެއް ވެސް ނުކުރަން. ވަރަށް އުފަލުން މިހުރީ،" އޭނާ ބުންޏެވެ.

ޕިއްޒާ ބޯނާގެ ޑިރެކްޓަރު ހުސެއިން ހާލީ ވިދާޅުވީ މުބާރާތަށް ބޮޑު ތަރުހީބެއް ލިބުމުން، އެފަދަ މުބާރާތްތައް ކުރިއަށް އޮތްތަނުގައި ވެސް ބޭއްވުމަށް ވިސްނަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox