އާސެނަލް ދޫކޮށްލަން ޖޯޖީނިއޯ ޑިމާންޑްކޮށްފި

Jan 25, 2025, 4:45 AM
އާސެނަލް ދޫކޮށްލަން ޖޯޖީނިއޯ ޑިމާންޑްކޮށްފި

ލަންޑަން (ޖެނުއަރީ 25) - އާސެނަލަށް ކުޅެމުން އަންނަ އިޓަލީ ގައުމީ ޓީމުގެ މިޑްފީލްޑަރު، ޖޯޖީނިއޯ އެ ކްލަބް ދޫކޮށްލުމަށް ޑިމާންޑްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޖޯޖީނިއޯ، 33، އާސެނަލާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އާސެނަލުން ޖޯޖީނިއޯ އަށް އިތުރު އެއް އަހަރުގެ އެއްބަސްވުމެއް ދީފައިވީނަމަވެސް ފަހަކަށް އައިސް އޭނާ އަށް އާސެނަލްގައި އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ.

އެހެންވެ، ޖޯޖީނިއޯ އަންނަނީ މި މަހުގެ ޓްރާންސްފާތެރޭގައި އާސެނަލް ދޫކޮށްލަން ވިސްނަމުންނެވެ. އަދި އެކަން ދާދި ފަހުން މެޗެއްގެ ފަހުން، މީޑިއާ އިންޓަވިއުއެއްގައި ވެސް ޖޯޖީނިއޯ ބުނެފައިވެ އެވެ. ނޫސްވެރިއެއްގެ ސުވާލަށް މުސްތަގުބަލާ ގުޅޭގޮތުން ދިން ޖަވާބުގައި ޖޯޖީނިއޯ ބުނީ، އޭނާގެ އުފަން ގައުމު ބްރެޒިލްގެ ކްލަބަކަށް ކުޅުމަކީ އެދޭ ކަމެއް ކަމަށެވެ.

Advertisement

އީއެސްޕީއެން ބްރެޒިލް އިން ރިޕޯޓްކުރާގޮތުގައި، ބްރެޒިލްގެ ކްލަބް ޕަލްމެއިރާސް އިން ވަނީ ޖޯޖީނިއޯ އަށް ހުށަހަޅައިފަ އެވެ. އެކަމަކު، ޖޯޖީނިއޯ އަށް އެ ކްލަބަށް ބަދަލުވެވެން އޮތީ މިހާރު ލިބެމުން އަންނަ މުސާރަ ކުޑަކޮށްގެންނެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޖޯޖީނިއޯ ވަނީ އާސެނަލުން އޭނާ އަށް މުސްތަގުބަލު އޮތްގޮތެއް މެޗުތަކުގައި ކުޅުމުގެ ފުރުސަތު ލިބޭނެ ގޮތަކަށް ބުނެނުދެވިއްޖެނަމަ، އޭނާ ކްލަބް ދޫކޮށްލަން ފުރުސަތު ދިނުމަށެވެ.

ދާދި ފަހުން، ޔުއެފާ ކޯޗިން ބީ ލައިސަންސް ހާސިލްކުރި ޖޯޖީނިއޯ، މީގެ ދެ އަހަރު ކުރިން ޗެލްސީ ދޫކޮށް އާސެނަލަށް ބަަދަލުވީ 12 މިލިއަން ޕައުންޑް (15 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީ އަކަށެވެ. އިޓަލީގެ ނަޕޯލީން 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ޖޯޖީނިއޯގެ ސޮއި ހޯދަން އެ ފަހަރު މެންޗެސްޓާ ސިޓީން ވެސް މަސައްކަތްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox