ލިވަޕޫލާއި ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ގަދަ 16 ޔަގީންކޮށްފި

Jan 22, 2025, 6:05 AM
ލިވަޕޫލާއި ބާސެލޯނާ އިން ޗެމްޕިއަންސް ލީގުގެ ގަދަ 16 ޔަގީންކޮށްފި

ލިވަޕޫލް (ޖެނުއަރީ 22) - ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުން މޮޅުވެ، ލިވަޕޫލާއި ބާސެލޯނާ އިން ވަނީ ގަދަ 16 ބުރުގެ ޖާގަތައް ޔަގީންކޮށްފި އެވެ.

ލިވަޕޫލުން އަމިއްލަ ދަނޑުގައި 2-1 އިން ފްރާންސްގެ ލިލް ބަލިކުރިއިރު، ބާސެލޯނާ އިން ވަނީ ފަހަތުން އަރައި، ރަށުންބޭރުގައި 5-4 ޕޯޗުގަލްގެ ބެންފީކާ ބަލިކޮށްފަ އެވެ.

ލިވަޕޫލުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނައިރު، ބާސެލޯނާ އިން ވަނީ ލީގު ބުރުގެ ގަދަ އަށެއްގެ ކަށަވަރުކޮށް، ގަދަ 16 އިން ސީދާ ޖާގައެއް ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ފޭސްގައި ގަދަ އަށް ޓީމަށް ގަދަ 16 ގެ ސީދާ ޖާގައެއް ލިބޭއިރު، 9-24 އާ ދެމެދުގެ ޓީމުތަކުގެ މެދުގައި ކުޅޭނީ ޕްލޭއޮފެކެވެ. އަދި 25-26 އަށް ނިންމާ ޓީމުތައް ކަޓާނެ އެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލުން ލީޑުނެގީ މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މިއީ ޔޫރަޕްގެ މުބާރާތްތަކުގައި ސަލާހު ލިވަޕޫލަށް ޖަހައިދިން 50 ވަަނަ ގޯލެވެ. ދެ ވަނަ ގޯލެއް ޖަހަން ލިވަޕޫލަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފިދިޔައިރު، ލިލް އިން ނަތީޖާ ހަމަހަމަކުރީ ޖޮނަތަން ޑޭވިޑް ޖެހި ގޯލުންނެވެ. ޑޭވިޑް މި ލަނޑު ޖެހީ ލިލްގެ އައިސާ މަންޑީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކިތާ އިރުކޮޅެއް ފަހުންނެވެ.

ލިލް އިން އެއްވަރުކުރިތާ މާގިނައިރެއްނުވެ، ލިވަޕޫލުން އަނެއްކާ ލީޑުނެގީ ހާވީ އެލިއަޓް ޖެހި ގޯލުންނެވެ. އޭރިއާބޭރުން އެލިއަޓް ޖެހި ބޯޅަ ގޯލަށް ވަނީ ލިލް ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ.

ގްރީސްގެ ފޯވާޑް، ވަންޖެލިސް ޕަވްލީޑީސް ހެޓްރިކެއް ހަދައި ފުރަތަމަ ހާފުގައި ބެންފީކާ އަށް ރަނގަޅު ލީޑެއް ނަގައިދިންއިރު، މި ހާފުގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ވެސް ލަނޑެއް ޖެހި އެވެ. ރަފީނިއާ، ދެ ވަނަ ހާފުގައި ބާސެލޯނާ އަށް ލަނޑެއް ޖަހައިދީފައިވަނިކޮށް ރޮނާލްޑް އަރައުހޯ އަތުން ބައިކޮޅަށް ވަން ގޯލުން ބެންފީކާ އިން ދެ ގޯލުގެ ލީޑެއް އަލުން ނެގި އެވެ.

ބާސެލޯނާ އިން ނަތީޖާ އަނބުރާލީ ފަހު ވަގުތު ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މި ލަނޑުތައް ޖެހީ، ލެވަންޑޯސްކީ، އެރިކް ގާސިއާ އަދި ރަފީނިއާ އެވެ. ރަފީނިއާ، މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގަ އެވެ.

މެޗުގެ ގިނަ ވަގުތު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް އެތުލެޓިކޯ މެޑްރިޑުން ވަނީ 2-1 އިން ބަޔާ ލެވަކޫސަން ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox