ސިޓީބިޓީ: ޖާދޫގެ އެއް ބިލިއަން ރުފިޔާ

ސިޓީބިޓީ: ޖާދޫގެ އެއް ބިލިއަން ރުފިޔާ

"...ރަށްތަކުގެ ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގޭނެ ފަދަ ގޮތަކަށް ފާސްކުރި ބަޖެޓަކަށް [2024 ގެ ބަޖެޓު] ނުވާތީ، އެކަން އަޅުގަނޑު ވަރަށް ގިނަ ފަހަރު ދައްކައިފިން،"

ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އަނގޮޅިތީމު ރައްޔިތުންނާ އިއްޔެ ބައްދަލު ކުރައްވައި ވިދާޅުވި މި ވާހަކަ އަކީ، ވެރިކަމަށް ވަޑައިގެންނެވި ހިނދުން ފެށިގެން މިއަދާ ހަމައަށް އެންމެ ގިނައިން ތަކުރާރު ކުރެއްވި އެއް ވާހަކަ އެވެ.

ނިމިގެން ދިޔަ އަހަރަށް ބޭނުންވި ބަޖެޓު ދޫކޮށްފައި ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިރު، އިންތިގާލީ މަރުހަލާގައި ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައި ވަނީ ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

އެ ބަދަލުތަކުގެ ތެރެއިން އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ޖާގަ ނުދިނީ ހަމައެކަނި ރަސްމާލެ އަށް ކަނޑައެޅި 400 މިލިއަން ރުފިޔާ އަށެވެ. އެ ފައިސާ ބަދަލުކުރީ އެހެން ބައެއް ކަންކަމަށެވެ.

އެމްޑީޕީގެ ސަރުކާރުން، އެ ޕާޓީގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، ނިމިގެން ދިޔަ އަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ފައިސާ ހުސްވެގެން ފަސް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ރައީސް މުއިއްޒުގެ ފިނޭންސް މިނިސްޓަރު ހުށަހަޅައި ފާސްކުރުމާއެކު މިދިޔަ އަހަރުގެ ޖުމުލަ ބަޖެޓު 55 ބިލިއަން ރުފިޔާ އަށް އެރި އެވެ.

ރާއްޖޭގެ ތާރީހުގައި ފާސްކުރި އެންމެ ބޮޑު ބަޖެޓުން "މާގިނަ ކަންކަމެއް ނުވި،" ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވިއިރު، ބަޖެޓު އޮތީ ހުސްވެފަ އެވެ. ނަމަވެސް ކަމެއް ނުވި ކަމުގެ ބަހަނާއަކީ ވެސް ހަމަ އެ ބަޖެޓެވެ.

ފާސްކުރި ބަޖެޓާ އެއްގޮތަށް ސަރުކާރުގެ ހަރަދުތައް މެނޭޖުކުރުމަށް ބޭނުންވާ ފައިސާ ނުހޯދިއްޖެ ހާލަތެއްގައި ޕީއެސްއައިޕީގެ ބައެއް ޕްރޮޖެކްޓުތައް މަޑުޖައްސާލައި، ނުފަށައި ހުރި ބައެއް ޕްރޮޖެކްޓުތައް ރީޝެޑިއުލް ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޝަފީގު ނޮވެމްބަރު 20، 2023 ގައި މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.

"[ބަޖެޓު] ނުލިބިއްޖެ ހާލަތެއްގައި, މިހާރު ކުރިއަށްދާ ޕީއެސްއައިޕީގެ 1780 ޕްރޮޖެކްޓު އެބަހުރި. އަދި އަލަށް ފަށަން 317 ޕްރޮޖެކްޓު. މިހާރު ވެސް އެ ޕްރޮޖެކްޓުތައް ރިވިއު ކުރަން ފަށާފައިވާނީ. އޭގެތެރެއިން ހާލަތަށް ބަލާފައި އެންމެ މުހިންމު ޕްރޮޖެކްޓުތައް ކުރިއަށްދާނީ," ޝަފީގު ބަޖެޓު ކޮމިޓީގައި ވިދާޅުވި އެވެ.

ފައިސާ ހޯދަން ގައުމުތަކުގައި ސަލާން ޖަހައިގެން ވެސް މި ސަރުކާރަށް ބޭނުންވާ ފައިސާއެއް ނުހޯދުނެވެ. އަވަށްޓެރި އިންޑިއާއާ ރުޅި ހަދާލައިގެން، އަހަރުގެ ބޮޑުބައެއް ދުއްވާލަން ޖެހުމަކީ ބަޖެޓު ދެކޮޅު ޖައްސަން ދަތިވި ސަބަބެކެވެ.

މާލީ އަދި އިގުތިސޯދީ ހާލަތު ރަނގަޅަށް އެނގި ތިބެ، ކުރަން ނުޖެހޭ ހަރަދުތަކާއި، އިސްރާފު ގިނަވުމަކީ މިދިޔަ އަހަރު، ތަރައްގީގެ ކަމެއް ނުވި އެއް ސަބަބެވެ. އެފަދަ އެންމެ ރަނގަޅު މިސާލަކީ، އިންތިހާއަށް ސިޔާސީ މަގާމު ގިނަކޮށް، ބަޖެޓުގައި ހިމެނޭ މުސާރަ ކޯޑު ހުސްވުމެވެ. އެހެން ހަރަދުތައް ވެސް ކުޑަ ނުކުރެވުނެވެ.

ނަމަވެސް މި އަހަރަށް ރައީސް މުއިއްޒުގެ އުއްމީދުތައް ހުރީ މަތިކޮށެވެ.

"މި އަހަރުގެ ތެރޭގައި ކުރިއަށް މިއޮތް ދުވަސްތަކުގައި ތިޔަބޭފުޅުންނަށް ހަމަ ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން ފިނޭންސް މިނިސްޓްރީން ގެޒެޓް ކުރަމުންދާނެ، ޓެންޑަ ކުރަމުންދާނެ، އެކި މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް. އަދި ސަރުކާރުގެ އެކި ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރަމުންދާނެ. ކައުންސިލާ މަޝްވަރާ ކުރަންޖެހޭ ކަންކަމުގައި، ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަންކަމުގައި، އެކަންވެސް ހިނގަމުންދާ ތަން ފެނިވަޑައިގަންނަވާނެ، ކުރިއަށް އޮތް ދުވަސްތަކުގައި،" އަނގޮޅިތީމުގައި އިއްޔެ އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވާހަކައިން ދޭހަވާ ގޮތުން މި އަހަރު ރާއްޖޭގެ ކަންކޮޅުތަކުގައި މަޝްރޫއުތައް ޖާދުލެއް ފަދަ ގޮތެއްގައި ފެށިގެންދާ ތަން ރައްޔިތުންނަށް ފެންނާނެ އެވެ. އުމަގުވެފައި ހުރި ކަންކަމާއި، ހުއްޓިފައި ހުރި މަޝްރޫއުތައްހަލުއިކޮށް ކުރިއަށްދާތަން ދެކޭނެ އެވެ.

މި ވާހަކަ ނަންބަރުތަކުން ވިސްނާލަން ހިނގާށެވެ.

މިދިޔަ އަހަރު ރައީސް މުއިއްޒުއާ ހަވާލުކުރި 55 ބިލިއަން ރުފިޔާގެ ބަޖެޓުން ކަމެއް ނުވި ކަމަށް ވިދާޅުވިއިރު، އޮތީ ހުސްވެފަ އެވެ. މިއަހަރަށް ފާސްކުރީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ބަޖެޓަށް އިތުރުވީ 1.6 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު 55 ބިލިއަން ރުފިޔާ އިން އެއްވެސް ކަމެއް ނުވިއިރު، މިދިޔަ އަހަރަށް ވުރެ އިތުރުވާ 1.6 ބިލިއަން ރުފިޔާގެ ބަޖެޓަކުން އެ ބުނާ ހުރިހާ ކަމެއް ކުރެވޭނެތޯ އެވެ؟ ނުނިންމުނު ބަނދަރުތަކާއި، ނަރުދަމާ އާއި ފެނުގެ ނިޒާމާއި ހޮސްޕިޓަލްތަކާއި، ރަސްމާލެ އާއި ފްލެޓުތައް އަޅައި ނިންމޭނެތޯ އެވެ.

މިދިޔަ އަހަރުގެ ބަޖެޓުގައި ނެތަސް، ޑްރޯން ގަނެވުނެވެ. ބަޖެޓުކޮށްފައި ނެތަސް ރަސްމާލޭގެ މަޝްރޫއު ފެށި އެވެ. ބޭނުންވާ މިންވަރަށް ވުރެ ސިޔާސީން އިތުރުކޮށް، ބަޖެޓަށް ބުރަ ބޮޑުކޮށްލައި، މުސާރަ ކޯޑު ހުސްކޮށްލި އެވެ. އެހެންވެ، ކަމެއް ނުވީ ބަޖެޓު އޮތް ގޮތުންނޭ އެ ބުނަނީ ބަހަނާއެއްގެ ގޮތުގަވެ. ރައީސް މުއިއްޒު ބޭނުންވި ކަންކަން މިދިޔަ އަހަރު ވެސް ކުރި އެވެ. ނުކުރާނަމަ، ބަޖެޓު ހުހެއް ނުވާނެ އެވެ.

މި އަހަރަށް ވެސް އުއްމީދުތައް ކުރެވިދާނެ އެވެ. ނަމަވެސް ހަރަދު ކުޑަނުކޮށް ލިބޭނެ ފޮނިކަމެއް ނެތެވެ. "ޖާދޫގެ އެއް ބިލިއަން ރުފިޔާ" ވެސް ވާނީ މަދެވެ. އެހެންވެ، ދަސްކުރަންވީ ހަރަދު ކުޑަކުރުމަށެވެ. ހަރަދު މެނޭޖު ކުރާށެވެ. އުޒުރާއި ބަހަނާ ދެއްކުން އާދައަކަށް ހަދައިގެން ލިބޭނެ މޮޅެއް ނެތެވެ.

---

މި ލިޔުން ފޮނުވި ފަރާތުން އެދިފައި ވަނީ "އިގުތިސާދީ ސަމުގާ" ނަމުގައި މި ލިޔުން ޝާއިއުކޮށް ދިނުމަށެވެ.

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox