އެމްބާޕޭގެ ދެ ގޯލާ އެކު މޮޅުވެ ރެއާލް އެއް ވަނަ އަށް

Jan 20, 2025, 5:37 AM
އެމްބާޕޭގެ ދެ ގޯލާ އެކު މޮޅުވެ ރެއާލް އެއް ވަނަ އަށް

މެޑްރިޑް (ޖެނުއަރީ 20) - ކީލިއަން އެމްބާޕޭ ޖެހި ދެ ގޯލާ އެކު 4-1 އިން ލަސް ޕަލްމާސް އަތުން މޮޅުވެ، ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި ހަފްތާގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް އަތުން ޕޮއިންޓް ގެއްލުމުގެ ފައިދާ ރެއާލުން މި ވަނީ ރަނގަޅަށް ނަގައިފަ އެވެ. ރެއާލަށް 20 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް އަށް 20 މެޗުން ވަނީ 44 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 20 މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވެ.

ރެއާލް ދަނޑުގައި ލަސް ޕަލްމާސް އިން ވަނީ ފުރަތަމަ މިނިޓްގައި ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މިއީ، ސަންޑްރޯ ރަމިރޭޒް ދިން ބޯޅައަކުން ފަބިއޯ ސިލްވާ ޖެހި ގޯލެކެވެ.

ރެއާލުން ނަތީޖާ ހަމަހަމަކުރީ 18 ވަނަ މިނިޓްގައި އެމްބާޕޭ ޖެހި ޕެނަލްޓީ އަކުންނެވެ. މި ޕެނަލްޓީ އަކީ ލަސް ޕަލްމާސްގެ ރަމިރޭޒް އޭރިއާތެރެއިން ރެއާލްގެ ރޮޑްރީގޯ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މެޗުގެ 33 ވަނަ މިނިޓްގައި ރޮޑްރީގޯ ދިން ބޯޅައަކުން ބްރަހިމް ޑިއާޒް ރެއާލަށް ލީޑުހޯދައިދިންތާ ތިން މިނިޓް ފަހުން، އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި، ލީޑުފުޅާކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފުގައި ރެއާލުން ހަތަރު ވަނަ ގޯލު ޖެހީ، ފްރާން ގާސިއާ ދިން ބޯޅައަކުން ރޮޑްރީގޯ އެވެ.

ލަސް ޕަލްމާސް އިން މި މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 64 ވަނަ މިނިޓްގައި އެ ޓީމުގެ ބެނިޓޯ ރަމިރޭޒަށް ރަތް ކާޑެއް ދެއްކުމުންނެވެ. ރެއާލްގެ ލޫކަސް ވަޒްކޭޒަށް ބެނީޓޯ ކުރި ފައުލަށް ފުރަތަމަ ދެއްކި ރީނދޫ ކާުޑު ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox