ހުލާސާކޮށް އިއްޔެ: މިނިސްޓަރު އިހުސާންގެ އިތުބާރު ގެއްލުން

Jan 16, 2025, 1:24 AM
ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިންގާ ޑިޕާޓްމެންޓު ނޭޝަނަލް ރެޖިސްޓްރޭޝަންގައި، ޕީއެންސީގެ ފޯމުތައް ފުރަމުންދާއިރު މިނިސްޓަރު އިހުސާން އެ ތަނުގައި.

ހޯމްލޭންޑް ސެކިއުރިޓީގެ ދަށުން ހިންގާ ޑިޕާޓްމެންޓު ނޭޝަނަލް ރެޖިސްޓްރޭޝަންގައި، ޕީއެންސީގެ ފޯމުތައް ފުރަމުންދާއިރު މިނިސްޓަރު އިހުސާން އެ ތަނުގައި.

ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް މެންބަރު އިތުރުކުރަން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ވަގު ފޯމުތައް ކަމަށް ބެލެވޭ ފޯމުތަކުގެ މަސައްކަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ފާސްކުރި އެވެ.

ލީކުވެފައިވާ ފޮޓޯތަކުން ފެންނަނީ ޕީއެންސީގެ ފޯމުތަކެއް ފުރުމުގެ މަސައްކަތް އެ ވުޒާރާގެ މުވައްޒަފުން ކުރަމުންދިޔައިރު އިހުސާން އެ ކޮޓަރީގައި ހުންނަވާ ތަނެވެ. އިހުސާނުގެ އިތުރުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ ވެސް އެ ތަނުގައި އިންނެވި އެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ މަޖިލީހުގެ 10 މެންބަރުންގެ ސޮޔާއެކު ކަމަށްވާއިރު އެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ތިއްބަވަނީ 12 މެންބަރުންނެވެ.

ޕީއެންސީގެ މެންބަރަކަށް ވުމަށް ބޭނުންވާ ގިނަ އަދަދެއްގެ ފޯމުތަކުގެ އިތުރުން، އެ ފޯމުތަކަށް ބޭނުންވާ އާންމުންގެ ޕާސްޕޯޓު ސައިޒު ފޮޓޯތަކެއް ކަފާ މަންޒަރު ވެސް އެ ފޮޓޯތަކުން ބުނެ އެވެ. މީގެ ކުރިން ހޯމް މިނިސްޓްރީ ތެރޭގައި މި މަސައްކަތް ކުރާތަން ފެންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން އިހުސާން ވިދާޅުވީ މިއީ މިނިސްޓްރީ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ނޫން ކަމަށެވެ. އިތުރަށް ސުވާލުކުރުމުން އެއީ ވެލާނާގެ އިމާރާތް ނަމަވެސް ހޯމް މިނިސްޓްރީގެ ފްލޯ ނޫން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ދުވަހަކު އަޅުގަނޑު އެތަނަށް ދިޔައިން. އެއީ އޮފީހުގެ ރަސްމީ ގަޑިއަކުވެސް ނޫން،" އިހުސާން ވިދާޅުވި އެވެ.

ފޯމު ފުރުމުގައި ޑީއެންއާރްއިން އާންމުންގެ މައުލޫމާތު ނަގާފައިވާނެތޯ ސުވާލު ކުރުމުން އިހުސާން ވިދާޅުވީ، ޑީއެންއާރްއިން މިހާރު މައުލޫމާތު ނުނެގޭނެ ކަމަށެވެ. ނަމަވެސް ޑީއެންއާރުގެ ޑޭޓާބޭސް ކުރިން ލީކުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ބޭނުން ކުރީ ޑީއެންއާރް ޑޭޓާބޭސްގެ މައުލޫމާތުކަން އިހުސާން ދޮގެއް ނުކުރެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox