ދަ ބާބާގެ ސްޕެންޑް އެންޑް ވިން ޕްރޮމޯޝަންގައި އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ދަ ބާބާގެ ސްޕެންޑް އެންޑް ވިން ޕްރޮމޯޝަންގައި އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ފިރިހެނުންނަށް ހާއްސަކޮށްގެން ހިދުމަތް ދެމުން އަންނަ "ދަ ބާބާ ސެލޫން" އަށް ދެ އަހަރު ފުރިގެން ކުރިއަށް ގެންދާ "ސްޕެންޑް އެންޑް ވިން" ޕްރޮމޯޝަންގެ ދަށުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ހިނގާ ޖެނުއަރީ މަސް ނިމެންދެން ކުރިއަށްދާ އެ ޕްރޮމޯޝަންގައި 250ރ. ހަރަދުކޮށްގެން ބައިވެރިވެވޭއިރު، ލަކީޑްރޯގެ ތެރެއިން ނަސީބުވެރިން ހޮވަނީ ކޮންމެ ހަފްތާއަކު އެވެ.

ޕްރޮމޯޝަންގެ ދަށުން ކުރިއަށް އޮތް ތިން ހަފްތާގައި ދަ ބާބާގެ 1،500ރ. ގެ ގިފްޓް ކާޑު، މާޑޮކް ލަންޑަން ބްރޭންޑްގެ ކޮލޯން އަދި ސީ ސޯލްޓް ސްޕްރޭ ފުޅިއެއް ހޯދުމުގެ ފުރުސަތު އޮތީ ހުޅުވާލެވިފަ އެވެ.

ހުސްނުހީނާ މަގުގެ ގ. ޗޭނުގެއާގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ދަ ބާބާއިން ދޭ ހިދުމަތްތަކުގެ ތެރޭގައި ބޯކޮށުމާއި، ބޯ ދޮވެދިނުމުގެ އިތުރުން ކުލަ ޖެއްސުމާއި، ތުނބުޅި ޓްރިމް ކުރުމާއި ބޭލުން ހިމެެނެ އެވެ. އަދި ކުޑަކުދިންގެ ބޯކޮށުމުގެ ހިދުމަތް ވެސް އެތަނުން ދެ އެވެ.

މީގެއިތުރުން މެނިކުއާ، އެކްސްޕްރެސް ޕެޑިކިއާ އަދި ސްޕާ މެޑިކިއާގެ ހިދުމަތް ވެސް ދަ ބާބާއިން ދެ އެވެ. އެތަނުން ދޭ ހިދުމަތްތަކަށް ކުރީބައިގައި 9403434 ނަންބަރަށް ގުޅައިގެން އަދި ވެބްސައިޓު މެދުވެރިކޮށް ކުރެވެ އެވެ.

ދަ ބާބާގެ ތަފާތު ކަމަކީ އެތަނުން ސާފުތާހިރު ކަމަށް ދޭ ސަމާލުކަމެވެ. އެގޮތުން އެ ތަނުން ކޮންމެ މީހަކަށް ވެސް ހިދުމަތް ދިނުމަށްފަހު، ހިދުމަތް ދޭ ތަކެތި ސްޓެރެލައިޒް ކުރެ އެވެ.

ދަ ބާބާއަކީ އިނގިރޭސިވިލާތުގައި ސެލޫން ހިންގާ ބްރޭންޑެއް ކަމަށްވާ މާޑަކް އާއި މޯގަންސްއާ ގުޅިގެން ހިންގާ ސެލޫންއެކެވެ. އަދި އެ ބްރޭންޑުގެ އުފެއްދުންތައް ދަ ބާބާއިން ލިބެން ހުންނައިރު، އެ އުފެއްދުންތައް ބާބާގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުން އޯޑަރު ކުރުމުން ގެއާ ހިސާބަށް ޑެލިވާކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox