އިމިގްރޭޝަނަށް 30،000 ރުފިޔާ ދައްކަން ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ހުކުމްކޮށްފި

Jan 11, 2025, 2:50 PM
އިމިގްރޭޝަނަށް 30،000 ރުފިޔާ ދައްކަން ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ހުކުމްކޮށްފި

ފުރަތަމަ ޑިވިޝަންގެ ކްލަބް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ހަތް ދުވަހުގެ ތެރޭގައި އިމިގްރޭޝަން އަށް 30،000 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މި މަހު ނުވަ ވަނަ ދުވަހު، ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް މި ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވަނީ، ޔުނައިޓެޑް ވިކްޓަރީން ބިދޭސީ ކުޅުންތެރިން ބިޒްނަސް ވިސާގައި ރާއްޖެ އަށް ގެނައުމަށް ފަހު، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން، އެ އާ ކުރަން ހުށަހަޅާފައިނުވާތީ އެވެ. އަދި މި ދައުވާގައި، އެ ބިދޭސީ ކުޅުންތެރިން، ފުރުވާލުމުގައި ވެސް އެންމެ ރަނގަޅަށް ޔުނައިޓެޑް ވިކްޓަރީން އަމަލުކޮށްފައިނުވާކަން ހުށަހަޅާފައި އޮތް ލިޔުންތަކުން އެނގޭ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.

އެ ގޮތުން، ކޯޓުން ޔުނައިޓެޑް ވިކްޓަރީގެ ގައިރުހާޒިރުގައި ހުކުމްކޮށްފައިވަނީ، މި މަހު ނުވަ ވަނަ ދުވަހުން ފެށިގެން ހަތް ދުވަސް ތެރޭ އިމިގްރޭޝަނަށް 30،000 ރުފިޔާ ދެެއްކުމަށެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު ސާބިއާގެ މިލޯސް ކޮވަސިޗް އާއި ބެލަރޫސްގެ އިވާން ވެރާސް އަށް އެ ކްލަބުން ދޭން ޖެހޭ މުސާރަ އާއި ފައިސާގެ އެހެނިހެން ކަންކަން ހަމަޖައްސައިނުދޭތީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ގަލޮޅު ދަނޑުގެ ރޮސްޓްރަމްގައި ހަޅުތާލެއްކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ފަހުން، މިލޯސް ބުނީ ހަޅުތާލު ހުއްޓާލީ އެފްއޭއެމް އިން ޔުނައިޓެޑް ވިކްޓަރީއާ ވާހަކަދައްކައިގެން ކަންކަން ހައްލުކުރާނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށެވެ.

މުސާރައިގެ ކަންކަން ހަމަނުޖެހޭތީ، ކްލަބް ލައިސަންސިން ކަންކަން ފުުރިހަމަ ނުވެ އޮތް ކްލަބްތަކުގެ ތެރޭގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox