ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ ގެސްޓްހައުސްގެ ފާހާނާ ތެރޭގައި ވެއްޓިފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މެންދުރު 14:04 ހާއިރު ލިބުނު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
"އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނާ ގޮތުގައި މަރުވީ އައްޑޫ ސިޓީ ހުޅުދޫ، ބޮކަރުމާގެ، އަބްދުﷲ ޒަކީ، 59 އެވެ.
މީގެއިތުރުން އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންނެވެ.

މާލޭގައި އެކި ތަންތަނުގައި މަރުވެފައި އޮއްވާ ފެންނަ މީހުންގެ އަދަދު ދަނީ އިތުރުވަުންނެވެ. މިގޮތުން މި އަހަރު ތެރޭގައި ވެސް ހިނގި އެފަދަ މަރުތަކެއްގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.













