ހުލާސާކޮށް އިއްޔެ: ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުން

Jan 11, 2025, 1:45 AM
ޗައިނާގެ ފޮރިން މިނިސްޓަރު: ރާއްޖެ ވަޑައިގަތީ އެފްރިކާގެ ހަތަރު ގައުމަކަށް ކުރެއްވި ދަތުރަށްފަހު އެނބުރި ޗައިނާއަށް ވަޑައިގަތުމުގެ ކުރިން -- ފޮޓޯ: ޗައިނާ ފޮރިން މިނިސްޓްރީ

ޗައިނާގެ ފޮރިން މިނިސްޓަރު: ރާއްޖެ ވަޑައިގަތީ އެފްރިކާގެ ހަތަރު ގައުމަކަށް ކުރެއްވި ދަތުރަށްފަހު އެނބުރި ޗައިނާއަށް ވަޑައިގަތުމުގެ ކުރިން -- ފޮޓޯ: ޗައިނާ ފޮރިން މިނިސްޓްރީ

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ދިވެހިރާއްޖެއަށް ވަޑައިގެންފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މިނިސްޓަރު ޔީ ރާއްޖެ ވަޑައިގަތީ އެފްރިކާގެ ބައެއް ގައުމުތަކަށް އޭނާ ކުރެއްވި ދަތުރަށްފަހު އެނބުރި ޗައިނާއަށް ވަޑައިގަތުމުގެ ކުރިންނެވެ.

ވާންގް ޔީ ވަޑައިގެންނެވީ ނެމީބިއާ، ކޮންގޯ، ޗާޑް އަދި ނައިޖީރިއާއަށެވެ. އެއީ ޗައިނާގެ ފޮރިން މިނިސްޓަރު ކޮންމެ އަހަރަކު ވެސް އެފްރިކާގެ ގައުމުތަކަށް ކުރައްވާ ދަތުރެކެވެ.

އޭނާ އިއްޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުން ބޭއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތައް އަވަސް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން ސޯޝަލް ހައުސިން ޕްރޮޖެކްޓުތަކާއި މަގުހެދުމުގެ މަސައްކަތްތައް އަވަސް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމުގެ މުހިންމުކަމާއި އެކަން ކުރުމަށް ޗައިނާއަށް ވެދެވޭނެ އެހީއާ ގުޅޭ ގޮތުން ވެސް ރައީސް މުއިއްޒު ވަނީ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވައިފަ އެވެ.

ޗައިނާއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތައް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އިއްޔެގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ވާންގް ޔީ ވަނީ ރައީސް މުއިއްޒަށް ދެއްވައިފަ އެވެ.

އިއްޔެ ވަގުތެއްގައި ވާންގް ޔީ ވަނީ އެނބުރި ގައުމަށް ފުރާވަޑައިގެންފަ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންނެވިއިރު، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވަނީ ދާދިފަހުން ޗައިނާއާ ވާދަވެރި އިންޑިއާއަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ގައްސާނުގެ ދަތުރުގެ ތެރެއިން އިންޑިއާއިން ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއަށް ހަތަރު މިލިއަން ޑޮލަރު ނުވަތަ 62 މިލިއަން ރުފިޔާގެ އަސްކަރީ އާލާތް ހަދިޔާކޮށްފަ އެވެ. އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރުމާއި އެ އޮޕަރޭޓު ކުރަން އިންޑިއާގެ މީހުން ބޭތިއްބުމަށް ހަދާފައިވާ އެގްރިމެންޓު އާ ކުރަން ވެސް އެ ދަތުރުގައި މަޝްވަރާ ކުރި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ކުރީކޮޅު، ލ. ގާދޫގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއެކު މެރިޓައިމް ހަބެއް ތަރައްގީ ކުރަން ޗައިނާގެ ކުންފުންޏަކާ އެކު އޭޕްރީލް 11، 2024، ގައި ސޮއި ކުރި އެވެ. ނަމަވެސް ފަހުން، ހަމަ އެ ޕްރޮޖެކްޓުތައް ހިންގަން އިންޑިއާ ސަރުކާރާއެކު ވެސް ރާއްޖެއިން އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

ގާދޫގައި ޓްރާންސްޝިޕްމަންޓު ބަނދަރެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއެކު ސޮއި ކުރީ ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެން އޮކްޓޯބަރު 7، 2024، ގަ އެވެ.

އޭގެ އިތުރުން، އިންޑިއާއިން އަސްކަރީ ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ކުރާ އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު ޕްރޮޖެކްޓަށް ހިންގަން ޗައިނާގެ ކުންފުންޏަކާ މާޗް 28، 2024، ގައި ސަރުކާރުން ހަވާލު ކުރި އެވެ. ނަމަވެސް އެ ޕްރޮޖެކްޓު ފަހުން ވަނީ ރަސްމާލެއަށް ބަދަލުކޮށްފަ އެވެ. އަދި އަސްކަރީ ބަނދަރުގެ މަސައްކަތް އަވަސް ކުރަން ސަރުކާރުން އެއްބަސްވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox