ޔުނައިޓެޑުން އަމަދުގެ ކޮންޓްރެކްޓް 2030 އާ ހަމައަށް އާކޮށްފި

Jan 10, 2025, 4:30 AM
ޔުނައިޓެޑުން އަމަދުގެ ކޮންޓްރެކްޓް 2030 އާ ހަމައަށް އާކޮށްފި

މެންޗެސްޓާ (ޖެނުއަރީ 10) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ ވިންގް، އަމަދު ޑިއާލޯގެ ކޮންޓްރެކްޓް 2030 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފި އެވެ.

އަމަދު، 22، ޔުނައިޓެޑާ އެކު، ހަދާފައި އޮތް އެއްބަސްވުން އޮތީ މި ސީޒަނުގެ ނިޔަލަށެވެ. އެ ކޮންޓްރެކްޓްގައި އޮތް މާއްދާއެއްގެ ތެރެއިން އިތުރު އެއް އަހަރަށް އަމަަދުގެ އެއްބަސްވުން އާ ކުރެވެން ވެސް އޮތެވެ. އެކަމަކު، ޔުނައިޓެޑުން ނިންމީ މި ވަގުތު އެ ޓީމުގައި އެންމެ މޮޅަށް ކުޅެމުން އަންނަ އެއް ކުޅުންތެރިޔާ، އަމަދު އަށް ދިގު މުއްދަތެއްގެ ކޮންޓްރެކްޓެއް ދިނުމަށެވެ.

އެ ގޮތުން، ޔުނައިޓެޑުން އަމަދުއާ އެކު، ސޮއިކުރި ފަސް އަހަރާއި ބައިގެ މި ކޮންޓްރެކްޓް އޮތީ، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަަލަށެވެ. މި ސީޒަނުގައި ޔުނައިޓެޑަށް 27 މެޗު ކުޅެދީ ހަ ގޯލު ޖަހާފައިވާ އަމަދު ބުނީ، ޔުނައިޓެޑާ އެކު، އިތުރު އަހަރުތަކެއް ހޭދަކޮށް، މަތީ ފެންވަރުގައި ކުޅެލަން ލިބުމަކީ ބޮޑު ހިތްހަަމަޖެހުމެއް ކަމަށެވެ.

އިޓަލީގެ އެޓަލަންޓާ ދޫކޮށް، 2021 ވަނަ އަހަރު އަމަދު ޔުނައިޓެޑާ ގުޅުނީ، ފުރަތަމަ 22 މިލިއަން ޑޮލަރު ދީފަ އެވެ. އެކަމަކު، އެ ޑީލްގެ ޖުމްލަ އަކު، 35 މިލިއަން ޑޮލަރަށް އަރާ ކަމަށް އިޓަލީގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޔުނައިޓެޑާ ގުޅުނު ފަހުން، އަމަދު ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ސަންޑަލެންޑަށް ކުޅެފަ އެވެ. މި ސީޒަނުގައި، ލޯނަކަށް އެހެން ޓީމަކަށް ބަދަލުނުވެ، ޔުނައިޓެޑަށް ކުޅެމުން ރަނގަޅު ފޯމެއްގައި ހުރި، އަމަދު ވަނީ، ލީގުގައި ޔުނައިޓެޑުން މެންޗެސްޓާ ސިޓީ ދަނޑުގައި މޮޅުވި މެޗުގައި ފަހު ގޯލާއި ލިވަޕޫލް ދަނޑުގައި އެއްވަރުކުރި ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox