ގޯތި މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތް ބަލައިދޭން އަކްރަމް އިންޓެގްރިޓީއަށް ހުށަހަޅައިފި

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: ގޯތި މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހި އަކްރަމް އިންޓަގިރިޓީއަށް ވަނީ ހުށަހަޅާފައި -- ފޮޓޯ؛ އެމްޑީޕީ

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން: ގޯތި މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތާ މެދު ހިތްހަމަ ނުޖެހި އަކްރަމް އިންޓަގިރިޓީއަށް ވަނީ ހުށަހަޅާފައި -- ފޮޓޯ؛ އެމްޑީޕީ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި ފުލުހުން އަމަލުކުރި ގޮތުގެ މައްސަލަ ބަލައި ދިނުމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އިއްޔެ މައްސަލަ ހުށަހަޅައިފި އެވެ.

ފުލުހުން މިދިޔަ ޑިސެންބަރު 19، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޯތި ވައްކަމުގެ ތަހުގީގުގައި ސުވާލުކުރި މީހުންނަށް ލިޔުން ލިބުނީ ކުރީ ސަރުކާރުން ކަމަށާއި ގޯއްޗަށް ޝަރުތު ހަމަނުވެގެން ތުހުމަތު ކުރެވޭ އެކަކު އަކްރަމްއާ ކުރިން ބައްދަލު ކޮށްފައިވާކަން ހާމަކުރި އެވެ.

އަކްރަމް އިންޓަގްރިޓީއަށް ހުށަހެޅުއްވި މައްސަލައިގައި ފުލުހުންގެ އެ ނޫސްވެރިންގެ ބައްދަލުވުމަކީ އެޗްޑީސީން ގޯތިތަކެއް ދޫކުރި މައްސަލަ ކަމަށްވާއިރު، އެ މައްސަލައިގެ ތެރެއަށް ކުރީ ސަރުކާރުގެ އިސްވެރިންގެ މައުލޫމާތު ހިއްސާ ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކޮށްފައިވެ އެވެ.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ކުރީގެ ސަރުކާރުން ކަމެއް ކޮށްގެން އުޅޭ ކަމުގެ ތުހުމަތެއް ނެތްއިރު، އެ މައުލޫމާތު އެގޮތަށް ހިއްސާ ކުރުމުގެ ބޭނުމަކީ ކުރީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުގެ ނަން ކިލަނބުކޮށް، މި ސަރުކާރުގެ ތެރޭގައި ފެންމަތިވެގެން އުޅޭ ކޮރަޕްޝަންގެ މައްސަލައިގެ ހަގީގަތް އޮޅުވާލައި، އާންމުންގެ މެދުގައި ކުރީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުން ކަމަށް އަކްރަމް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ފާހަގަކުރެއްވި އެވެ.

އެއްވެސް މީހަކަށް ތުހުމަތު ނުކުރާކަމަށް ފުލުހުން ތަކުރާރުކޮށް ބުނި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާގެ ނަން ފިޔަވައި އިތުރު މީހެއްގެ ނަން ފާހަގަ ނުކުރާކަން އަކްރަމް ފާހަގަކުރި އެވެ. އަދި ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ފުލުހުން އާންމުކޮށް އަމަލުކުރަމުންދާ އުސޫލުތަކާ ހަމަތަކާވެސް ހިލާފަށް އެ މައްސަލައިގައި އަމަލުކުރިކަން ފާހަގަކުރި އެވެ.

ފުލުހުންގެ އަމަލުގެ ސަބަބުން އެކި ގޮތްގޮތުން ގެއްލުންވަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އެއީ:

1. އަކްރަމްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވިފައި ނުވަނީސް އަދި އޭނާއާ ގުޅުމެއް ނެތް މައްސަލައެއްގެ މައުލޫމާތު ހިއްސާކުރުމުގެ ތެރޭގައި އޭނާގެ ނަން ވަކިން ފާހަގަކޮށް، ތުހުމަތު އަމާޒުވާ ގޮތަށް މައުލޫމާތު ފެތުރުމަކީ، އޭނާގެ ނަމާއި އަބުރަށް ހުތުރުވާ ގޮތަށް ފުލުހުންގެ ހިދުމަތުގެ އޮފިސަރަކު ހިންގި އަމަލެއް ކަމާއި، އޭގެ ސަބަބުން ސޯޝަލް މީޑިއާގައި އަކްރަމާ މެދު ތުހުމަތުތައް އަމާޒުވެ، އެކި އެކި ގޮތްގޮތުން ފުރައްސާރަތަކާ ކުރިމަތިވަމުން ދާކަން.

2. ގާނޫނުއަސާސީގައި ބަޔާންކުރާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި އެއްވެސް މީހެއްގެ މެދުގައި ތަފާތުނު ކުރުމާއި، ވަކިން ހާއްސަކޮށް އެމީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި ތަފާތުނުކުރުމަކީ ވެސް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގަކަށްވާއިރު، ފުލުސް އޮފިސަރުގެ އަމަލުތައް ހުރިގޮތުގެ ސަބަބުން، އެ ހައްގަށް ވެސް އުނިކަން އައިސްފައިވާކަން.

3. ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ، ކޮންމެ މީހަކަށް ލިބިދޭ އަސާސީ ހައްގުތަކެއް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އޮތުމާއި އަދި ގާނޫނުއަސާސީގައި ނިޔާކުރާ ގޮތުން، މީހަކު ކުށެއް ކޮށްފިކަން، ޝަރީއަތުގައި ސާބިތުވުމާ ހަމައަށް، އެމީހަކީ ކުށެއް ނެތް މައުސޫމު މީހެއްކަމުގައި ބެލުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިދޭކަން.

4. ކުށްކުށުގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ގާނޫނުގައިވާ ގޮތުގެމަތީން ތަހުގީގު ހިންގުމުގައްޔާއި، ޝަރީއަތް ކުރުމުގައްޔާއި، ކުށް ސާބިތުވެގެން ޙުކުމް ތަންފީޒު ކުރުމުގައި އެނޫން މީހެއްގެ ގާނޫނީ ހައްގަކަށް ނުވަތަ ގާނޫނީ ވާޖިބަކަށް ހުރަސް އަޅައިގެނެއް ނުވާނެ ކަމަށްވެސް ގާނޫނުއަސާސީގައި ބަޔާންކުރާ ކަމާއި، އޭގެ މާނައަކީ، ކުށެއް ސާބިތުނުވާހާހިނދަކު، ގާނޫނީ ގޮތުން ލިބިގެންވާ އެންމެހައި ހައްގުތައް ފުރިހަމައަށް ލިބިގެންވާނެކަން ކަމަށް.

5. އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އަމަލުކޮށްފައިވަނީ، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަށް އުނިކަން އަންނަ ގޮތަށް، އަދި އަކްރަމްގެ ހައްގުތަކާއި މިނިވަންކަމަށް ފަރުވާލެއް ބެހެއްޓުމެއް ނެތިކަން.

6. ފުލުހުންގެ ފަރާތުން އެ ބައްދަލުވުމުގައި އަކްރަމަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން، މުޖްތަމައުގެ ތެރޭގައި އަކްރަމްގެ ނަން ކިލަނބުވެ، އޭނާއަކީ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހެއްގެ ގޮތުގައި މުޖްތަމައުގެ ތެރޭގައި ބެލެވެން ފެށުމުގެ އިހްތިމާލު އޮތްކަން.

ގޯތި ވައްކަމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ ސޯޝަލް މީޑިއާގައި އާންމުވި މައުލޫމާތުތަކާ ގުޅިގެންނެވެ. އެގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން އެންމެ ފަހުން ބުނީ ގޯތި ވައްކަމާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް މިހާތަނަށް ޖިނާއީ އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ.

އެޗްޑީސީން ބުނާ ގޮތުން ގޯތިތަކުގެ މައްސަލަ ފުރަތަމަ ފެންމަތިވީ ޖުލައި މަހު އެވެ. ދެ މީހަކަށް އެއް ބިމެއް ދީފައި އޮތްކަން އެނގިގެން އެކަމުގައި އެޗްޑީސީ އާއި ހައުސިން މިނިސްޓްރީއާ ދެމެދު މުއާމަލާތް ކުރި އެވެ. ނަމަވެސް އެ މައްސަލަ އޭރު ތަހުގީގީ އިދާރާއަކަށް ހުށަހައެއް ނާޅަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox