ބަހުގެ ރަދީފުން ހަތެއްގެ ބަސްތައް

ބަހުގެ ރަދީފުން ހަތެއްގެ ބަސްތައް

ވިޔަ އަކުރުގެ ހަތެއް އަކީ އެކި ދީންތަކާއި، ސަގާފަތުތަކުގައި ހާއްސަ ދައުރެއް އަދާކުރާ މުގައްދަސް ނަންބަރެކެވެ. ދީނީ ގަބޫލުކުރުންތަކާއި، އާލަމީ އެކިއެކި އިލްމުތަކުގައިވެސް ހަތެއްގެ ދައުރު ބޮޑެވެ. އިންސާނީ އެންމެ އަސާސީ ފިކުރުތަކުގައި ހަތެއްގެ ނުފޫޒު ހިމެނޭތީ، ވާހަކަ ދައްކައި އުޅޭ ބަސްތަކަށްވެސް އެ އަދަދުގެ ނުފޫޒު ވަދެފައިވަނީ އިންތިހާއަށެވެ.

ހަތެއް އެއީ ނުފޫޒު ހުރި އަދަދަކަށް ވުމުގައި އެންމެ އަސާސީ ސަބަބެއް ކަމަށް ގަބޫލުކުރެވެނީ ދީނީ ގަބޫލުކުރުންތަކެވެ. މިސާލަކަށް، ކްރިސްޓިއަން ދީނުގައި، ހަތެއް އަކީ އިލާހީ ފުރިހަމަކަން ރަމްޒުކޮށްދޭ ނަންބަރެކެވެ. ބައިބަލްގައި ނަންބަރު ހަތެއް ވަރަށް ގިނައިން ބޭނުންކޮށްފައިވެ އެވެ. އެއް މިސާލަކީ ހަ ދުވަހުން ދުނިޔެ ހެއްދެވުމަށް ފަހު، އެކަލާނގެ އަރާމު ކުރެއްވީ ހަތް ވަނަ ދުވަހު ކަމަށް އޮންނަ އޮތުމެވެ. ބައިބަލްގެ އެކި ފޮތްތަކުގައި ހަތް ފައްޅިއާއި، ހަތް ސިއްކަ އާއި، ހަތް ތާޅަފިލީގެ ވާހަކަ އައިސްފައި ވެއެވެ. މިކަންކަމުގެ ސަބަބުން ނަސާރާއިންގެ މެދުގައި ހަތެއް އެއީ ހާއްސަ އަދަދަކަށް ވެއެވެ.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައިވެސް ހަތެއް އަށް ވަނީ ހާއްސަ ސަމާލުކަމެއް ދެވިފަ އެވެ. ހަތް އުޑާއި، ހަތް ބިމުގެ ވާހަކަ އާއި، ތަވާފުގެ ހަތް ބުރެވެ. ޔަހޫދީ ދީނުގައި ވެސް މި ނަންބަރު ފާހަގަކޮށްލެވެ އެވެ. މިސާލަކަށް، ޔަހޫދީން ގެންގުޅޭ، އެބައިމީހުންގެ ދީނީ ފޮތުގައި ތަފްސީލުކޮށްދީފައިވާ މެނޯރާ ނުވަތަ އުއްބައްތި ހަރުގައި ހުންނަނީ ހަތް ގޮފި އެވެ. އަދި ޝައްބާތު ނުވަތަ އަރާމު ކުރުމުގެ ދުވަސް ފާހަގަކުރަނީ ހަފުތާގެ 7 ވަނަ ދުވަހު އެވެ.

އިންސާނުން ވާހަކަ ދައްކައި އުޅޭ ބަސްތަކަށް އެމީހުންގެ ގަބޫލުކުރުންތަކުގެ އަސަރު ފޯރަ އެވެ. ދީނީ ގަބޫލުކުރުންތަކުގައި ހަތެއް އެއީ ހާއްސަ އަދަދަކަށްވުމުން ދިވެހި ބަހުގައިވެސް އޮތީ ހަތެއްގެ ރަދީފެއް އުފެދިފަ އެވެ. ދީނީ ގޮތުން ބޭނުންކުރާ ބަސްބަހުގެ އިތުރުން، އާންމު ބަސްމަގުގައިވެސް، ބުނާ ބަސް ގަދަކުރުމަށްޓަކައި ހަތެއްގެ ބޭނުން ހިފަ އެވެ. ހަތެއް ހިމެނިގެން އުފެދިފައި ހުރި ބައެއް ބަސްތަކަށް ބަލާލާނަމެވެ.

ހަތްނަރަކަ

މިއީ ނަރަކައިގެ ހަތް ބައެވެ. މި ބަސް އުފެދިފައި މިއޮތީ ދިވެހިންގެ ދީނީ ގަބޫލުކުރުންތަކުންނެވެ. ކީރިތި ގުރުއާނުގެ އަލްޙިޖްރު ސޫރަތުގެ 44 ވަނަ އާޔަތުގެ މާނައިގައި އޮތީ "އެ ނަރަކައަށް ހަތް ދޮރު ވެ އެވެ. އެއިން ކޮންމެ ދޮރަކަށް ކަނޑައެޅިގެންވާ ބައެއް ވެއެވެ." މިހެންނެވެ. އެބައިތަކަކީ ޖަހައްނަމު، ޖަޙީމު، ސަޤަރު، ސަޢީރު، ލަޡާ، ޙުޠަމާ، ހާވިޔާ އެވެ.

ހަތްތަރި

ހަތްތަރީގެ ދެ މާނައެއް އެބައޮތެވެ. އެއް މާނައަކީ ހަތްދިހަ އެވެ. އަނެއް މާނައަކީ ގުރަހައިގެ ހަތްތަރި އެވެ. އެއީ ޒުހުލު، މުޝްތަރީ، މިއްރީޙު، ޝަމްސު، ޒުހުރަތު، އަތާރިދު، އަދި ގަމަރު އެވެ.

ހަތްމުދި

ހަތްމުންޖަކީ، އަލަށް ވިހާ ކުއްޖާއަށް ހަތް ދުވަސް ފުރޭ ދުވަހު ފައްޓަރު ފަށެއްގައި ނުވަތަ ރޮއްޖެއްގައި ލާފައި ކަރުގައި އަޅާ ރަންރިހީގެ ހަތް ބޮޅެވެ. ކުއްޖާގެ އުމުރުން ހަތް ދުވަސް ފުރޭ ދުވަހަކީ ހާއްސަ ދުވަހެކެވެ. އެއްޗެއް ކަތިލުމާއެކު ކުއްޖާއަށް ނަމެއް ކިޔުމާއި ބޯ ބޭލުމަކީ ދީނީ އާދަ އެވެ. އޭގެ ތެރެއަށް 'ރުކުނެއް' އިތުރުކޮށް، ހަތްމުދި އަޅުވާނީ ފޯރާ މީހުންނެވެ.

ހަތްމީރު

މިއީ ގަސްގަހާގެހިން ކެއުންބުއިމުގެ ހަތްބާވަތެވެ. އެއީ މަލާއި، މަދާއި، ގޮނޑިއާއި، ފަތާއި، މުލާއި، މޭވާއާއި، ތޮށްޓެވެ. ގޮނޑިއަކީ ބައެއްކަހަލަ ގަސްގަހާގެހީގެ މައިމުލާ ގުޅިގެން ބިމުގެ އަޑިޔަށް ފައިބާ ބައެވެ. މިއީވެސް ގަސްގަހާގެހިން ކެއުމުގައި ބޭނުންކުރެވޭ ބާވަތެކެވެ. ދިވެހިންގެ މައިގަނޑު ކާނާގެ ގޮތުގައި އިހަށް ކައިއުޅުނީ ހަތްމީރުންނެވެ.

ހަތްހެއްތި

ހެއްތި އަކީ ދެކުނުގައި ވާހަކަ ދައްކައި އުޅޭ ބަހުރުވަތަކުގައި 'ކުރާތި' އޭ ބުނެ ކުރާ އަމުރުގެ ބަހެވެ. އެހެންވީމާ ހަތްހެއްތި އަކީ ހަތް އަމުރެވެ. މިއީ އިހުޒަމާނުގައި ކޮންމެ ހުކުރު ދުވަހަކު ހުކުރުން ފޭބުމަށް ފަހު ވެރީންގެ ފަރާތުން ރައްޔިތުންނަށް ކުރާ ހަތް އަމުރެވެ. ފުރަތަމަ އަމުރަކީ، މާތްކަލާނގެއަށް ކިޔަމަންތެރިވާ ހެއްތި އެވެ. ދެވަނަ އަމުރަކީ ޒިނޭނުކުރާ ހެއްތި އެވެ. ތިންވަނަ އަމުރަކީ ވައްކަން ނުކުރާ ހެއްތި އެވެ. ހަތަރު ވަނަ އަމުރަކީ ދޮގުނުހަދާ ހެއްތި އެވެ. ފަސްވަނަ އަމުރަކީ ނަމާދުކުރާ ހެއްތި އެވެ. ހަވަނަ އަމުރަކީ ރޯދަހިފާ ހެއްތި އެވެ. އެންމެ ފަހު އަދި ހަތްވަނަ އަމުރަކީ ވެރިންނަށް ކިޔަމަންގަންނަ ހެއްތި އެވެ. އަޅުގަނޑުމެންގެ ވަރަށް ގިނަ މީހުން މިހާރު ކިޔަމަން ގަންނަނީ މިއިން މަދު ހެއްތި އަކަށެވެ.

ހަތްދުން

މިއީ ފަންޑިތަވެރިކަމާއި ބޭސްވެރިކަމުގެ ބަހެކެވެ. ކަމެއްގެ އެންމެ އާހިރު ފަރުވާއަކީ ހަތްދުން އެޅުމެވެ. އެއީ ބޮކަރު، މާވަހަރު، މަސްތަކާ، ކުމުންޒާނި، ހުއިސުން، ލާދަން އަދި ހަބަރުން އަޅާ ހަތް ދުމެވެ.

ހަތްމޮރު

ހަތްމޮރަކީ ޖިމާއުވުމުގެ ހަތް ވައްތަރެވެ. މި ބަސް ރަދީފުގައި އޮންނާނީ މިއީ ވެސް ދިވެހިންގެ ތެރޭގައި އޮތް އިލްމަކަށްވީތީ އެވެ. އަޅުގަނޑަކަށްވާ މި ވައްތަރެއް ނުއެއް އެނގެ އެވެ. ރަދީފުގައިވެސް ބުނެދީފައެއް ނެތެވެ. އެކަމަކު އިންޓަނެޓުގެ މަންސަތަކުގައި އިނގިރޭސި ބަހުން ބަލާލުމުން އާންމު ހަތްމޮރެއް ދައްކަ އެވެ. ކާބަފައިންގެ ކިބައިގައި ހުރި މި އިލްމުގެ ތެރެއިން އަޅުގަނޑުމެންނަށް ވާރުތަވީ ބަސް އެކަންޏެވެ. އިލްމު އޮތީ ފޮރުވިފަ އެވެ.

ހަތްފުކުދިއްލުން

މިއީ ހާއްސަ މުނާސަބަތުތަކާ ގުޅިގެން ވޮށުގައި ހަތްފުއް ރޯކުރުމެވެ. މި ކަންކޮށް އުޅުނީ ރާއްޖޭގައި ވޮށްދިއްލި ޒަމާނުގަ އެވެ. އެންމެ އާންމުކޮށް މިކަން ކޮށްއުޅުނު ކަމަށްވަނީ ރޯދަމަހުގެ ފެށުން ފާހަގަކުރުމަށްޓަކައި މުލަރޯދަވިލޭރޭ އެވެ. އޭގެ އިތުރުން ބައެއް ހާއްސަ ރޭރޭ ވެސް މިކަން ކޮށްއުޅުނެވެ.

ހަތްބޯރާހި

ހިޔާލީ ދެވިތަކުން ބިރު ދެއްކުމަކީ ދިވެހި ސަގާފަތުގައި އޮތް ބައެކެވެ. ހަތްބޯރާއްސަކީ މިގޮތުން ދިވެހިން އުފެއްދި ހިޔާލީ ފުރޭތަ އެކެވެ. އެ ފުރޭތައިގެ ހާއްސަ ކަމަކީ އޭގައި ހަތްބޯ ހުންނަ ކަމެވެ.

ހަތްހާއްޔަށްލުން

ހަތްހާއްޔަށް ލުމަކީ ބަފާ ބުޅަލަށް ފޮރުވާން މައި އެތި ޅަ ބުޅާތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމެވެ. ކޮންމެހެން ގުނައިގެން ހަތް ހާއްޔަށް ބަދަލުކުރަނީކީ ނޫނެވެ. އެކަމަކު ބަދަލު ކުރާ ތަންތަނުގެ އަދަދު ނޭނގިފައި ހަތެއް އެއީ ހާއްސަ އަދަދަކަށްވުމުން، ޅަބުޅާ ގެންދެވެނީ ހަތްހާއްޔަށް ކަމަށް ވީ އެވެ.

ހަތެއް އެއީ ހާއްސަ ނަންބަރަކަށްވަނީ ހަމައެކަނި ދިވެހި ނުވަތަ އިސްލާމީ މުޖުތަމައުގައެއް ނޫނެވެ. ދުނިޔޭގެ މައިގަނޑު ހުރިހާ ދީންތަކާއި، ފަލްސަފާތަކާއި، ސަގާފަތުތަކުގައިވެސް ހަތެއްގެ ނުފޫޒު ބޮޑެވެ. އެހެންވެ ބަސްބަހަށްވެސް ހުރީ ހަތެއްގެ ނުފޫޒު ފޯރާފަ އެވެ. މި ލިޔުމުގައި މި ފާހަގަކުރީ ދިވެހިބަހުގެ ހަތެއްގެ ރަދީފުން މިންވަރެކެވެ. ހަތެއްގެ ލަފުޒެއް އެނގިވަޑައިގަންނަވާނަމަ ހިއްސާކޮށްދެއްވާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox