އަލްހިޖްރަ ގްރޫޕަށް ދެއްކި ފައިސާ ބޭނުންކުރުމުން، 24 އުމުރާވެރިއަކު ރާއްޖެ ނާދެވި ސައުދީގައި ތާށިވެއްޖެ

ދިވެހިންތަކެއް އުމްރާއަށް ފުރަނީ: އަލްހިޖްރަ ގްރޫޕުން ފައިސާ ބޭނުން ކޮށްލުމުން، 24 އުމްރާވެރިއަކު ރާއްޖެ ނާދެވި ސައުދީގައި ވަނީ ތާށިވެފައި -

ދިވެހިންތަކެއް އުމްރާއަށް ފުރަނީ: އަލްހިޖްރަ ގްރޫޕުން ފައިސާ ބޭނުން ކޮށްލުމުން، 24 އުމްރާވެރިއަކު ރާއްޖެ ނާދެވި ސައުދީގައި ވަނީ ތާށިވެފައި -

އަލްހިޖްރަ ޓްރެވަލްސް އެންޑް ޓުއާސް ގްރޫޕުން ފައިސާ ބޭނުން ކުރުމުން، 24 ދިވެހި އުމްރާވެރިއަކު ރާއްޖެ ނާދެވި ސައުދީ އަރަބިއްޔާގައި ތާށިވެއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަލްހިޖްރަ ގްރޫޕުގެ ހަވާލުގައި ޑިސެމްބަރު 25، އަދި 26 ގައި ސައުދީއަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ދިޔަ ދިވެހިން އެ ގައުމުގައި ތާށިވީ ރިޓާން ޓިކެޓު ނަގަން އޮތް ފައިސާ އެހެން ކަމަކަށް އެ ގްރޫޕުން ބޭނުން ކުރުމުންނެވެ.

އަލްހިޖްރަ އުމްރާ ގްރޫޕުގެ ހަވާލުގައި ދިޔަ 18 އުމްރާވެރިއަކު ދިޔައީ އެ ގްރޫޕަށް ފައިސާ ދައްކައިގެންނެވެ. އަދި އޭގެ ތެރެއިން ބާކީ ހަ މީހުންނަކީ އެހީތެރިންނާއި ސްޕޮންސާގެ ގޮތުގައި ފޮނުވި މީހުންނެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ 24 އުމްރާވެރިން އަނބުރާ ރާއްޖެ ގެނައުމަށް ޓިކެޓަށް 180،000ރ. ހަރަދުވެ އެވެ. އެ ފައިސާ ހޯދުމަށް އަލްހިޖްރަ ގްރޫޕުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މި ނޫހަށް މައުލޫމާތު ލިބެ އެވެ.

އޭގެއިތުރުން އަލްހިޖްރަ ގްރޫޕުން އުމްރާވެރިން ސައުދީއަށް ގެންދަން ވެސް ޓިކެޓު ފައިސާ ހަމަނުޖެހިގެން އުޅުނު ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް ފަހުން އުމްރާއަށް މީހުން ގެންދާ ވަރަށް ފައިސާ ހަމަޖެހުމުން އެ ގްރޫޕުން އުމްރާވެރިން ގެންދިޔައީ އެވެ.

އަލްހިޖްރަ ގްރޫޕުން އުމްރާއަށް މީހުން ފޮނުވުމުގެ އުސޫލުގެ ދަށުން އުމްރާ ދަތުރުގެ ރިޕޯޓު މީހުން ހައްޖަށް ގެންދިޔުމުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅާފައި ވެސް ނުވެ އެވެ.

އެ ރިޕޯޓާ އެކު އުމްރާއަށް ދާ މީހުންގެ ޓިކެޓާއި، ވިސާ އާއި މައްކާ އާއި މަދީނާގައި ހުރުމާއި ކެއިން ބުއިން އަދި ހުރުން ހަމަޖެހިފައިވާ ކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހެ އެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް "އަދަދު" އަށް ވިދާޅުވީ އަލްހިޖްރަ ގްރޫޕުން އުމްރާއަށް ގެންދިޔަ ބަޔަކު ރާއްޖެ ނާދެވި ތާށިވެފައިވާތީ އެކަން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައިވަނީ ތިކަން. މިނިސްޓްރީން އުމްރާވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ހަމަ ގަދަޔަށް މަސައްކަތް ކޮށްދޭނަން އިރާދަކުރެއްވިއްޔާ. ގްރޫޕުން އެމީހުންގެ ކަންތައްތައް ގެންދާ ގޮތް އަޅުގަނޑުމެން ވަރަށް ގާތުން މިދަނީ ބަލަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އަލްހިޖްރަ ގްރޫޕުން އުމްރާވެރިން އަތުން ނެގި ފައިސާ އެހެން ކަންކަމަށް ބޭނުން ކޮށްފައިވާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި އެފަދަ ކަންކަން ހިނގުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

"އުމްރާވެރިން އަތުން ފައިސާ ނަގައިގެން، އެ ފައިސާ އެހެން ކަންތައްތަކަށް ހަރަދު ކޮށްފައި ހުރި ކަމަށް މިނިސްޓްރީއަށް މައުލޫމާތު ލިބެނީ. އެއީ ހަގީގަތުގައި ވަރަށް ބޮޑު މައްސަލައެއް. ހެދިފައި އޮންނަ އުސޫލުތަކާއި ގަވާއިދުތަކަށް އިހުތިރާމު ކުރަން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

އަލްހިޖްރަ ގްރޫޕްގެ ޑިރެކްޓަރު މުސްތަފާ މުހައްމަދު "އަދަދު" އަށް ވިދާޅުވީ އުމްރާއަށް މީހުން ދޭ ފައިސާއިން އެއްވެސް އިތުރު ކަމެއް ނުކުރާ ކަމަށާއި ބަޖެޓުގެ ތާށިކަން ބޮޑަށް ދިމާވީ އަންނަ ރޯދަ މަހަށް އުމްރާ ދަތުރެއް ވެސް ނުނެގުމާ އެކީގައި ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"އުމްރާގެ ލާރިން އުމްރާގެ ދަތުރުތައް ފިޔަވައި އިތުރު އެއްވެސް ކަމަކަށް އަޅުގަނޑުމެން ހަރަދެއް ނުކުރަން އާންމުކޮށެއް. ހަމަ އުމްރާގެ ކަންތައްތަކަށް މި ހަރަދު ކުރަނީ. އެކަމަކު އެހެންޏާ ރޯދަ މަހަށް ނަގަން. އެކަމަކު މިފަހަރު ރޯދަ މަހަށް ނުނަގަން. އެހެންވީމަ ރޯދަ މަހަށް ނުނަގަންޏާމުންނެއް އަޅުގަނޑުމެން އަތުގައި ބަޖެޓެއް ވެސް ނެތީ އިތުރަށް،" އޭނާ ވިދާޅުވި އެވެ.

ރިޓާން ޓިކެޓު ނުނަގައި އުމްރާވެރިން ސައުދީއަށް ފޮނުވީ މާލީ ގޮތުން ތަނަވަސްކަން އެވަގުތު ނެތިގެން ހަމަ އެކަނި ބުކިން ހެއްދުމަށް ފަހު ކަމަށް މުސްތަފާ ވިދާޅުވި އެވެ.

އޭގެއިތުރުން މުސްތަފާ ވިދާޅުވީ ކައްކަން ބޭނުންކުރާ ސާމާނު ދެ ފަހަރެއްގެ މަތިން ގެއްލުމާއި މިފަހަރު އުމްރާއަށް ގެންދަން ބުކިން ހެއްދި ހޮޓާ ބަންދު ކުރުމުގެ ސަބަބުން ވެސް އިތުރު ހަރަދުތަކެއް ހިނގި ކަމަށެވެ.

މިނިސްޓްރީއާ ވާހަކަ ދައްކައިގެން ވެސް އުމްރާއަށް ގެންދިޔަ މީހުން އަނބުރާ ގެނެވޭނެ ގޮތެއް ބަލަމުންދާކަން ފާހަގަކޮށް މުސްތަފާ ވިދާޅުވީ މިނިސްޓްރީން ބޭނުންވާ ލިޔުމެއް ލިބުމުން އަމިއްލަ ފަރާތަކުން އުމްރާވެރިން އަނބުރާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox