ދިވެހި ޔޫތު ލީގު: ސަސް އިން ރެކޯޑް ދަމަހައްޓައިފި، ވިކްޓަރީ އަށް ބޮޑު މޮޅެއް

Jan 8, 2025, 5:05 AM
ސަސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް

ސަސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް

ދިވެހި ޔޫތު ލީގުގެ 16 އަހަރުން ދަށުގައި އެންމެ ފަހުން ކުޅުނު މެޗުތަކުން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން 1-0 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ފުރިހަމަ ރެކޯޑް ދެމެހެއްޓިއިރު، ވިކްޓަރީ ސްޕޯޓްސް ކްލަބުން 9-0 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާތަކާ އެކު، 16 އަހަރުން ދަށުގެ ލީގުގައި ކޮންމެ ޓީމެއް ވަނީ، ތިން މެޗު ކުޅެފަ އެވެ. އެއް ވަނައިގައި އޮތް ވެލެންސިއާ އާއި ދެ ވަނައިގައި އޮތް ސަސް އިން ކުޅުނު ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދާފައިވާއިރު، ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ހަތަރެއްގައި އޮތް މާޒިޔާ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓް ލިބިފައިވާއިރު، ވިކްޓަރީ ވަނީ ތިން ޕޮއިންޓާ އެކު ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

ހަ ވަނައިގައި އޮތް ކްލަބް އީގަލްސް އާއި ހަތް ވަނައިގައި އޮތް ހުރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ޔުނައިޓެޑް ވިކްޓަރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ސަސްގެ ހަމައެކަނި ލަނޑު ޖެހީ، އަބްދުﷲ އައިދާން ސާޖިދު އެެވެ.

ރޭ ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ވިކްޓަރީގެ ލަނޑުތައް ޖެހީ، އިބްރާހިމް އަރުޝާން ނަޝާދު ދެ ގޯލާއި މުހައްމަދު ސާއީން ޝަހީން މަހުމޫދު ހެޓްރިކެއްގެ އިތުރުން ނައްވާފު އަބްދުﷲ ނަޝީދު، އަދްހަމް އަދާން އިބްރާހިމް އަދި ޖުމާން އަބްދުﷲ ޖަމީލް އެވެ.

ޔޫތު ލީގުގެ މެޗުތައް ދެން އޮންނާނީ މާދަމާ އެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ލީގުގެ މެޗުތަކެވެ. އެ ގޮތުން، ހަވީރު ކުޅޭނީ ޔުނައިޓެޑް ވިކްޓަރީ އާއި މާޒިޔާ އެވެ. އަދި ރޭގަނޑު ކުޅޭނީ، ޓީސީ އާއި އީގަލްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox