ދިވެހި ޔޫތު ލީގު: މާޒިޔާ ބަލިކޮށް ވިކްޓަރީ ކުރިއަށް

Jan 17, 2025, 7:07 AM
ދިވެހި ޔޫތު ލީގު: މާޒިޔާ ބަލިކޮށް ވިކްޓަރީ ކުރިއަށް

ދިވެހި ޔޫތު ލީގުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ މުބާރާތުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.

އެ ގޮތުން، ރޭ 12 އަހަރުން ދަށުގެ ލީގުގައި މާޒިޔާ އަތުން ވިކްޓަރީ 1-0 އިން މޮޅުވިއިރު، 14 އަހަރުން ދަށުގެ ލީގުގައި ވިކްޓަރީން މާޒިޔާގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ.

ރޭގެ ނަތީޖާ ތަކަށް ފަހު، 12 އަހަރުން ދަށުގެ ލީގުގެ އެއް ވަަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނަ އަށް ޖެހިލި، ވިކްޓަރީ އަށް ހަ މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އޮތީ ހަ މެޗުން 12 ޕޮއިންޓާ އެކު އެވެ. އަދި 14 އަހަރުން ދަށުގެ ލީގުގެ އެއް ވަނަ އަަށް ވިކްޓަރީ ޖެހިލީ، ހަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސަސް އަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

ބާރަ އަހަރުން ދަށުގެ މެޗުގައި، މާޒިޔާ ކޮޅަށް ވިކްޓަރީގެ ލަނޑު ޖެހީ، އަހުމަދު ލަސަން އިސްމާއިލް އެވެ. އަދި 14 އަހަރުން ދަށުގެ މެޗުގައި ވިކްޓަރީގެ ލަނޑުތައް ޖެހީ، މުހައްމަދު ޔަޒްދާން އަހުމަދު ދެ ގޯލާއި މުހައްމަދު ނީލް ބިން ޒަހީން އެވެ. އަދި މާޒިޔާގެ ލަނޑު ޖެހީ، ޔޫސުފް ޔުއާން އެވެ.

މުބާރާތުގައި އިއްޔެ ހަވީރު، 12 އަހަރުން ދަށުގެ މެޗުން، ވެލެންސިއާ އިން 2-0 އިން އީގަލްސް ބަލިކުރިއިރު، 14 އަހަރުން ދަށުގެ މެޗުން ވެސް ވަނީ 2-0 އިން އީގަލްސްގެ މައްޗަށް ކުރިހޯދައިފަ އެެވެ. ބާރަ އަހަރުން ދަށުގެ މެޗުގައި ވެލެންސިއާގެ ލަނޑުތައް ޖެހީ، މުހައްމަދު ލީވާން އަލީ އާއި އަހުމަދު އާލް މުހައްމަދު އެވެ. އަދި 14 އަހަރުން ދަށުގެ މެޗުގައި، ވެލެންސިއާގެ ލަނޑުތައް ޖެހީ، ނަހީކް އަހުމަދު ނިޔާޒް ދެ ގޯލެވެ.

ބާރަ އަހަރުން ދަށުގެ ލީގުގެ ފުލުގައި އީގަލްސް އޮތީ ކުޅުނު ހަތް މެޗުން ވެސް ބަލިވެގެންނެވެ. ވެލެންސިއާ ފަސް ވަނައިގައި އޮތީ ހަ މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. އަދި 14 އަހަރުން ދަށުގެ ލީގުގެ ފުލުގައި އީގަލްސް އޮތީ ހަތް މެޗުން ތިން ޕޮއިންޓާ އެކު އެވެ. އީގަލްސް އަތުން ހޯދި ތިން ޕޮއިންޓާ އެކު، ވެލެންސިއާ އިން ހަތަރު ޕޮއިންޓް ހަމަކޮށް އޮތީ ތާވަލުގެ ފަަސް ވަނައިގަ އެވެ.

މުބާރާތުގައި މިއަދު އޮތީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ މެޗުތަކެވެ. އެ ގޮތުން، ހަވީރު ކުޅޭނީ މި ދެ އުމުރުފުރާގެ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އާއި ހުރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އެވެ. އަދި މިރޭ ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާއި ސަސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox